ބައްސާމްގެ ބެލުމުގެ ދަށުން 8 ފެބްރުއަރީގައި ބޭއްވި އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ރިޔާސަތު

އެފްއޭއެމް

ނޯމަލައިޒޭޝަން ކޮމިޓީއަކާ އެފްއޭއެމް ހަވާލުކުރަން ފީފާއިން ނިންމައިފި

މި ކޮމިޓީގެ ޒިންމާއަކަށް ވާނީ އެފްއޭއެމްގެ އަސާސީ ގަވާއިދަށް އިސްލާހު ގެންނަން ޖެހޭ ނަމަ އެކަން ކުރުމާ އެކު 31 ޖުލައި 2025ގެ ކުރިން އާ އިންތިހާބު ބޭއްވުން
23 ޖުލައި 2024
1

މައްސަލަގަނޑެއްގެ ތެރޭގައި ހުއްޓިފައި އޮތް އެފްއޭއެމްގެ ކަންކަން ހަމަޔަކަށް އަޅުވައި، އިސްލާހުތައް ގެނައުމުގެ ޒިންމާ ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރަން ފީފާއިން މިއަދު ނިންމައިފި އެވެ. 

ފީފާއިން ނެރުނު ބަޔާނެއްގައި ބުނީ މާލީ އަދި ހިންގުމުގެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައި އޮތް އެފްއޭއެމް، ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރަން ނިންމީ އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީއާ ވެސް މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

ނޯމައިލޭޝަން ކޮމިޓީއަކީ އުސޫލުތަކާ ހިލާފުވެ، މައްސަލަތައް ހައްލުނުކުރެވޭ ހާލަތުގައި ފީފާގެ މެމްބަރު އެސޯސިއޭޝަންތައް ހަމަޔަކަށް އަޅުވަން ފީފާއިން އެކުލަވާލާ ކޮމިޓީއެކެވެ. މި ކޮމިޓީގައި ހިމެނޭނީ އެ ގައުމަކުން ނަގާ ބައެކެވެ. އާ ކޮމިޓީން އެފްއޭއެމްގެ އިންތިހާބު އެންމެ ލަސްވެގެން ވެސް 31 ޖުލައި 2025ގެ ކުރިން ބާއްވަން ޖެހޭނެ އެވެ.

އެންމެ ފަހުން އޮތް ދެ ދައުރުގައި އެފްއޭއެމްގެ ރައީސްކަން ކުރެއްވި ބައްސާމް

'ދައުރު'އަށް އެނގިފައިވާ ގޮތުގައި ފީފާއިން ވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ތަޖުރިބާ ހުރި ބައެއްގެ ނަންތައް ހޯދައިފަ އެވެ.

ފީފާގެ ބަޔާނުގައި ބުނީ ކޮމިޓީއަށް ލާނެ ބަޔަކު ކަނޑައެޅުމުގެ ކުރިން ފީފާގެ ރިވިއު ކޮމިޓީން އެމީހުންގެ ގާބިލްކަން ވެސް ވަޒަންކުރާނެ ކަމަށެވެ. އޭގެ އިތުރުން އޭއެފްސީގެ މަޝްވަރާ ވެސް ބޭނުންކުރާނެ ކަމަށް ބުންޏެވެ.

އެފްއޭއެމްގެ އާ އިންތިހާބު ނުބޭއްވި ކުރީގެ އެގްޒެކްޓިވް ކޮމިޓީގެ މުއްދަތު ވެސް މިހާރު ވަނީ ހަމަވެފަ އެވެ. އެފްއޭއެމް ހުއްޓުމަކަށް އައީ އޭރުގެ ރައީސް ބައްސާމް އަަދީލް ޖަލީލު ބޭރުކުރަން ފެށި މަސައްކަތާއި އެފްއޭއެމްއަށް ބޭރުން ލިބޭ ފައިސާއަށް އޭނާ ހިޔާނާތްތެރިވާކަމުގެ ތުހުމަތު އެޅި، ޕީޖީގެ އެންގުމަށް ފުލުހުން ތަހުގީގު ފެށުމުންނެވެ.

ބައްސާމްގެ މައްޗަށް ދެ ދައުވާއެއް ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް އެބަ ދެ އެވެ. އޭގެ ތެރޭގައި މަނީ ލޯންޑަރިންގެ ކުށް ވެސް ހިމެނެ އެވެ.

ފީފާއިން ވަނީ ފުޓްބޯޅައިގެ ހަރަކާތްތަކުން ބައްސާމް ހަ މަސް ދުވަހަށް ސަސްޕެންޑް ވެސް ކޮށްފަ އެވެ.

މުއްދަތު ހަމަވި އެކްސްކޯގައި އޮތީ ބައްސާމްގެ ބާރެވެ. އެކަމަކު ބައްސާމާ ދެކޮޅަށް މަސައްކަތްކުރާ މީހުން ބުނާ ގޮތުގައި ނޯމަލައިޒޭޝަން ކޮމިޓީއަކުން އެފްއޭއެމް ހިންގަން ފީފާއިން ނިންމުމަކީ ލިބުނު ކާމިޔާބީއެއް ކަމަށެވެ. 

"ބައްސާމްގެ ކޮޅުން މަސައްކަތްކުރީ އެފްއޭއެމް ސަސްޕެންޑްކުރަން. އެކަމެއް ނުކުރެވުނު. އެހެންވީމާ އަސްލު މިއީ ކާމިޔާބީއެއް،" ބައްސާމާ ދެކޮޅަށް ހަރަކާތްތެރިވަމުން އަންނަ ގްރޫޕްގެ އިސް އެކަކު، މިހާރުގެ ހާލަތު އޮތް ގޮތުން ނަން ނުޖެހުމަށް އެދި، ބުންޏެވެ.

ނޯމަލައިޒޭޝަން ކޮމިޓީއާ އެކު އެފްއޭއެމްގެ ހުރިހާ ހަރަކާތްތަކެއް އަލުން ފެށޭނެ އެވެ. 

ކޮމެންޓް (1)

ދިސް އިޒ މޯލްޑިސް ބިލީވް މީ ސެންސް މޭކް

24 ޖުލައި 2024
"ބައްސާމްގެ މައްޗަށް ދެ ދައުވާއެއް ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް އެބަ ދެ އެވެ. އޭގެ ތެރޭގައި މަނީ ލޯންޑަރިންގެ ކުށް ވެސް ހިމެނެ އެވެ". ކުރިއަށް އޮތް ފަންސާސް އަހަރު ތިއިން މައްސަލައެއް ނިމިއްޖިއްޔާ ރަނގަޅު. ނިމުނަސް އޭނަ ކުއްވެރި ވާނެތަ؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް