ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާއެއް ކުރިއަށް ދަނީ (ފޮޓޯ/ މަޖިލިސް)
ސުޕްރީމް ކޯޓުގެ ބެންޗު ކުޑަ ކުރާ ބިލު އިތުރަށް ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވައިފި
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކޮށް، އެ ކޯޓުގެ ބެންޗު ފަހަކަށް ކުޑަ ކުރުމަށް މަޖިލީހުން ފާސްކޮށްފައި އޮތް ބިލު އިތުރަށް ދިރާސާ ކުރުމަށް އަނބުރާ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.
ވީ ކިހިނެއް؟ - އެ ބިލު ގާނޫނުއަސާސީއާ ފުށުއަރާ ކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމް ދެއްވި ލަފައާ އެކު، ރައީސް މުހައްމަދު މުއިއްޒު ވަނީ މިދިޔަ ހަފްތާގައި ބިލު ތަސްދީގުނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވާލައްވާފަ އެވެ. އެއާ އެކު، މިއަދުގެ މަޖިލިސް ޖަލްސާގައި މި ބިލާ ގުޅޭ ގޮތުން ދެން އަމަލު ކުރާނެ ގޮތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އޮތީ ތާވަލުކޮށްފަ އެވެ.
އިތުރަށް ކިޔާލަން
ތަފްސީލު - މިއަދުގެ ޖަލްސާގައި، ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ހުށަހެޅުއްވީ ބިލު އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުމަށެވެ. އެ ހުށަހެޅުން ފާސްވީ 50 މެންބަރުންގެ ތާއީދާ އެކު އެވެ. ދެކޮލަށް ވޯޓު ދެއްވީ 7 މެންބަރުންނެވެ.
ތަފްސީލު - މިއަދުގެ ޖަލްސާގައި، ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ހުށަހެޅުއްވީ ބިލު އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުމަށެވެ. އެ ހުށަހެޅުން ފާސްވީ 50 މެންބަރުންގެ ތާއީދާ އެކު އެވެ. ދެކޮޅަށް ވޯޓު ދެއްވީ 7 މެންބަރުންނެވެ.
ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ގޮތުން ކަމަށް ވިދާޅުވެ ހުށަހަޅުއްވައި އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ވެސް މި ބިލު ފާސް ކުރުމަށް އޭރު ނެރުނެވެ. އަދި އެ ވިޕާ ހިލާފުވި މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފަލާހު ދެއްވާފައިވެ އެވެ. މި ބިލާ ގުޅިގެން ގިނަ ވަކީލުންނާއި ބާ ކައުންސިލް އަދި އިދިކޮޅު އެމްޑީޕީން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
އަވަސް އަރުވާލައިގެން އޭރު މަޖިލީހުން މި ބިލު ފާސްކޮށްފައި ވަނީ، މިކަމުގައި މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ދެއްވި ލަފައަށް ވެސް ރިއާޔަތް ކުރުމެއް ނެތި އެވެ. އެެހެންވެ، އެ ދުވަހުގެ މަޖިލިސް ޖަލްސާގައި އެމްޑީޕީ މެންބަރުން އެކަމާ އިހްތިޖާޖު ވެސް ކުރި އެވެ.
ގުޅުން ހުރި
ފާހަގަކޮށްލެވޭ ކަމެއް - މި ބިލު ފާސް ކުރިތާ މާ ގިނައިރުތަކެއް ނުވެ، ހަމަ އެ ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފަ އެވެ. އެއާ އެކު، މަޖިލީހުގެ މެންބަރުން ޕާޓީން ވަކިކޮށްފި ނަމަ، ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރުމަށް އެ ކޯޓުގައި އޮތް މައްސަލަ ވެސް ވަނީ ހުއްޓިފަ އެވެ. އެ މައްސަލަ ބަލަމުން ދިޔައީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.
ކޮމެންޓް (1)
ތެފައާސާ.