ކިޔުންތެރިންގެ ހިޔާލު

ބޭރު ފައިސާއާ ގުޅުން ހުރި ގަވާއިދުތަކަށް ގެނައި އިސްލާހުތަކާ މެދު ޚިޔާލަކީ ކޮބާ؟

5 އޮކްޓޯބަރު 2024
0
އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވެފައިވާ ގޮތުގައި، ބޭރު ފައިސާއާ ގުޅުން ހުރި ގަވާއިދުތަކަށް ގެނައި އިސްލާހުތަކުގެ ހެޔޮ އަސަރު ފެންނަން ފަށާނީ މާލީ ސިޔާސަތުތަކަށް ވެސް ބަދަލު ގެނެސް، ސަރުކާރުން ރާވާފައިވާ ކަންތައްތައް ތަންފީޒުކުރަން ފެށުމުން

ޑޮލަރުގެ ދަތިކަން އިތުރުވެ ރާއްޖޭގެ ރަސްމީ ރިޒާވަށް ވެސް އޭގެ ނޭދެވޭ އަސަރުކުރަމުންދާތީ މި މައްސަލަ ހައްލުކުރުމަށްޓަކައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވަނީ 'ބޭރު ފައިސާއާ ބެހޭ ގަވާއިދު' ނަމުގައި އައު ގަވާއިދެއް މިދިޔަ އަންގާރަ ދުވަހު ގެޒެޓްކޮށް، އެދުވަހުން ފެށިގެން އަމަލުކުރަން ފަށައިފަ އެވެ.

ރިސޯޓު އަދި ގެސްޓް ހައުސްތަކުން ބޭރު ފައިސާ ބޭންކް މެދުވެރިކޮށް މާރުކުރަންޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައި. މި ފިޔަވަޅާމެދު ދެކެނީ ކިހިނެއް؟

Thank you for voting Poll closes on 09 Oct 2024 12:00 AM Final Results

މި ގަވާއިދުގެ ދަށުން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން ރިސޯޓްތަކުގައި މަޑުކުރާ ފަތުރުވެރިންގެ އަތުން 500 ޑޮލަރު އަދި ގެސްޓްހައުސްތަކުގައި މަޑުކުރާ ފަތުރުވެރިންގެ އަތުން 25 ޑޮލަރު ރާއްޖޭގެ ބޭންކެއް މެދުވެރިކޮށް މާރުކުރަން ޖެހެ އެވެ. ނަމަވެސް، މި ގަވާއިދުގައި ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް ލުއިދެވޭނެ ޚާއްސަ ހާލަތްތަކެއް ވެސް ވަނީ ހިމަނާފައެވެ.

  • ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނީ، ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން ލިބޭ 25 ޑޮލަރާއި 500 ޑޮލަރު ރާއްޖޭގެ ބޭންކަކަށް މާރުކުރަން މަޖުބޫރުކުރާތީ އެވެ. ނަމަވެސް ބައެއް ފަރާތްތަކުން ދެކޭގޮތުގައި މިއީ ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމަށް ސަރުކާރުން އަޅަން ޖެހޭ މުހިންމު ފިޔަވަޅެކެވެ.

  • އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވެފައިވާ ގޮތުގައި، ބޭރު ފައިސާއާ ގުޅުން ހުރި ގަވާއިދުތަކަށް ގެނެވުނު އިސްލާހުތަކުގެ ހެޔޮ އަސަރު ފެންނަން ފަށާނީ، މާލީ ސިޔާސަތުތަކަށް ވެސް ބަދަލު ގެނެސް، ސަރުކާރުން ރާވާފައިވާ ކަންތައްތައް ތަންފީޒުކުރަން ފެށުމުންނެވެ.

  • ސަރުކާރުން މި ތައާރަފްކުރި ބޭރު ފައިސާއާ ބެހޭ ގަވާއިދުތަކާ މެދު ކިއުންތެރިންގެ ޚިޔާލަށް މިއަދުގެ ފޯރަމް ހުޅުވާލަމެވެ.

ހިޔާލު ފޮނުވުމަށް ބާކީ

ދުވަސް

:

ގަޑި

:

މިނެޓު

ހިޔާލުތައް

އިތުރު އާޓިކަލް

އިތުރު އާޓިކަލް