ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ފަތުރުވެރިން. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ބޭރު ފައިސާގެ އުސޫލު ކަނޑައެޅީ ދިން ހިޔާލުތަކާ ދެކޮޅަށް؛ ކަންބޮޑުވުންތައް އަޑެއްނޭހި: މަޓީ
އިއްޔެ އަމަލުކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގަވައިދާއި މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވައިދު މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން އެކުލަވާލާފައި ވަނީ ޓޫރިޒަމް ވިޔަފާރިންގެ ޖަމްއިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ހިޔާލުތަކާ ދެކޮޅަށް ކަމަށް އެ އެސޯސިއޭޝަނުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ޓޫރިޒަމްް ވިޔަފާރިތަކުން އާމްދަނީގެ ގޮތުގައި ލިބޭ ޑޮލަރުން ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް، އަދި ކޮންމެ ފަތުރުވެރިއެއްގެ ބޮލަށް 500 ޑޮލަރުގެ ރާއްޖޭގެ ބޭންކުތަކަށް މާރު ކުރަން ޖެހޭ ގޮތަށް އިއްޔެ ގަވައިދު ތައާރަފު ކުރުމާއެކު ފަތުރުވެރިކަމުގެ ސިނާއަތުގެ އެކި ފަންތީގެ މީހުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ އެންމެ ބޮޑު އެއް ޖަމިއްޔާ ކަމަށްވާ މަޓީން މިއަދު ވަނީ އެކަމާ ގުޅިގެން ނޫސްބަޔާނެއް ނެރެފަ އެވެ.
މަޓީން ބުނާ ގޮތުގައި، އެ ގަވައިދުތައް އެކުލަވާލާފައިވަނީ ގުޅުންހުރި ސްޓޭކްހޯލްޑަރުންނާ މަޝްވަރާކުރެއްވުމަށް ފަހު ކަމަށް އެމްއެމްއޭ އިން ފާހަގަކުރެއްވި ނަމަވެސް، އެކަން ހިނގާފައިވަނީ އެގޮތަކަށް ނޫނެވެ.
ބުނީ ކީކޭ؟ - މަޓީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި:
-
އެމްއެމްއޭގެ އެދިވަޑައިގަތުމަށް މަޓީއާ އެކު ބޭއްވި ބައްދަލުވުމުގައި ބޭރު ފައިސާއާ ބެހޭ އާ ގަވައިދުގައި ހިމަނަން އެމްއެމްއޭއިން ހުށަހެޅި ކަންކަމަކީ މަޓީއަށް އެއްބަސްވެވޭ ކަންކަމެއް ނޫން ކަމަށް ބުނެފައިވާނެ
-
ނަމަވެސް ގަވައިދު ގެޒެޓު ކުރި އިރު މަޓީގެ ފަރާތުން ހުށަހެޅި އެއްވެސް ކަންބޮޑުވުމަކަށް އެމްއެމްއޭގެ ފަރާތުން އިޖާބަ ދީފައެއް ނުވޭ
އެނގުން މުހިއްމު - އިއްޔެ އެކުލަވާލި އެ ގަވައިދާ އެކު ޓޫރިޒަމް ދާއިރާއާ ގުޅުން ހުރި މުދަލާއި ހިދުމަތްތައް ފޯރުކޮށް ދޭ ފަރާތްތަކުން ވިއްކާ ހިދުމަތް ނުވަތަ މުދަލަށް ކޮންމެ މަހަކު ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީ ރާއްޖޭގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ޖަމާކުރަން ޖެހެ އެވެ.
މީގެ އިތުރުން، ފަތުރުވެރިންނަށް ހިދުމަތް ދޭ ތަންތަނުން، އެ ތަނަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ވަކި ރޭޓަކުން ރާއްޖޭގެ ބޭންކަކަށް ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ވެސް ވަނީ ހިމަނައިފަ އެވެ.
-
ކެޓަގަރީ އޭގައި ހިމެނޭ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުން މަހެއްގެ ތެރޭގައި އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ ރޭޓުން އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމްލަ ފަތުރުވެރިންނަށް ޖެހޭ އަދަދު، އެ މަހަށް ފަހު ހިނގާ ތިން ވަނަ މަހުގެ 28 ވަނަ ދުވަހު ކުރިން ބޭންކެއް މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރަން ޖެހޭނެ
-
ކެޓަގަރީ ބީގައި ހިމެނޭ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުން ވެސް ހަމަ މިގޮތަށް ބޭރު ފައިސާ މާރުކުރަން ޖެހޭނެ؛ ނަމަވެސް އެއީ ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން
ކެޓަގަރީ އޭގައި ހިމެނެނީ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ގްރީން ޓެކްސް ދައްކަން ޖެހޭ ފަތުރުވެރިން އަންނަ ތަންތަނުގެ ތެރެއިން ރިސޯޓު، އިންޓަގްރޭޓަޑް ރިސޯޓް، ރިސޯޓް ހޮޓާ، ސިޓީ ހޮޓާ، ޓޫރިސްޓް އުޅަނދު އަދި އެ ނޫނަސް އެފަދަ ތަންތަނެވެ.
ކެޓަގަރީ ބީގައި ހިމެނެނީ ގެސްޓުހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށް ވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީކޮށްފައިވާ ތަންތަނެވެ.
ފަތުރުވެރިންނަށް ހިދުމަތް ދޭ ތަންތަނުން، އެ ތަނަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ވަކި ރޭޓަކުން ރާއްޖޭގެ ބޭންކަކަށް ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ގަވައިދުގައި ބަޔާންކޮށްފައިވާތީ ޓޫރިޒަމް ސިނާއަތުގެ ބައެއް ބޭފުޅުންނާއި އިދިކޮޅުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އިތުރަށް ކިޔާލަން
'މާރުކުރާ ވަރަކަށް ނުލިބޭ؛ ދެން ކަޅު ބާޒާރުން ގަންނަންވީ؟'
2 އޮކްޓޯބަރު 2024
ބޮލަކަށް 500 ޑޮލަރު ބޮޑު، އާމްދަނީގެ ޕަސެންޓް ނެގިދާނެ: ފައްޔާޒު
2 އޮކްޓޯބަރު 2024
ރިސޯޓުތަކުގެ އާމްދަނީ ރާއްޖޭގެ އެކައުންޓަކަށް ޖަމާކުރަން ޖެހޭނެ
2 އޮކްޓޯބަރު 2024
'އާ ގަވާއިދާއެކު ބޭންކުތަކަށް ބޭރު ފައިސާގެ ބޮޑު ބައެއް ވަންނާނެ'
2 އޮކްޓޯބަރު 2024
ކޮމެންޓް (3)
ޑޮލަރ
ޝަރފު
ފެކްޓް