ގަވަރުނަރު އަހުމަދު މުނައްވަރު (ފައިލް ފޮޓޯ/ރައީސް އޮފީސް)

އެމްއެމްއޭ

އާ ގަވާއިދުގެ ބޭނުމަކީ ރާއްޖޭގެ ބޭންކިން ނިޒާމަށް ބޭރު ފައިސާގެ ބޮޑު ބައެއް ވެއްދުން: ގަވަރުނަރު

މުނައްވަރު ވިދާޅުވީ ރާއްޖޭގެ ބޭންކިން ނިޒާމަށް ބޭރު ފައިސާގެ ބޮޑު އިންސައްތައެއް ވަދެގެން ދިއުމުން ރާއްޖޭގެ އިގްތިސޯދު އެއަށް ބަރޯސާވާ ފަތުރުވެރިކަމުގެ ނަފާ ދިވެހިންނަށް އެންމެ އެދެވިގެންވާ ގޮތަށް ލިބިގެންދާނެ ކަމަށް

ފައިސާއާ ބެހޭ އާ ގަވާއިދުގެ މަގުސަދަކީ ރާއްޖޭގެ ބޭންކިންގެ ނިޒާމަށް ވަންނަ ބޭރު ފައިސާގެ މިންވަރު އިތުރުކުރުމާއި ދިވެހި ފައިސާގެ ޑިމާންޑް އިތުރުުކުރުން ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމްއެމްއޭއިން މިރޭ ވަނީ ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭ މުއާމަލާތްތައް ކަނޑައެޅުމަށްޓަކައި، ބޭރު ފައިސާއާ ބެހޭ ގަވާއިދެއް އާންމުކޮށްފަ އެވެ. އަދި މަނީ ޗޭންޖިން ވިޔަފާރިއާބެހޭ ގަވާއިދެއް ވެސް މިރޭ ނެރުނެވެ.

ތަފްސީލް - ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ އާ ގަވާއިދުގެ ބޭނުމަކީ ރާއްޖޭގެ އިގްތިސޯދު ހިނގައިގަންނާނެ ގޮތަކަށް މަސައްކަތްތައް ތަރުތީބު ކުރުން ކަމަށެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް އެންމެ ގިނަ ޑޮލަރު ވަންނަ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގެ ބޭންކިން ނިޒާމަށް މިހާރު ބޭރު ފައިސާގެ ބޮޑު ބައެއް ނުވަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ މި ގަވާއިދުގެ އެންމެ ބޮޑު މަގުސަދަކަށް ވާނީ މިކަމަށް ހައްލެއް ގެނައުން ކަމަށެވެ. އެގޮތުން ހާސިލުކުރަން ބޭނުންވާ މަގުސަދުތަކުގެ ތެރޭގައި ފާހަގަކުރެއްވީ:

  • ރާއްޖޭގެ ބޭންކިން ނިޒާމަށް ބޭރު ފައިސާގެ ބޮޑު އިންސައްތައެއް ވަދެގެންދާނެ ގޮތަކަށް ކަންކަން ތަރުތީބުކުރުން

  • ދިވެހި ރުފިޔާއަށް ޑިމާންޑް އިތުރުކުރުން

  • މަނީ ޗޭންޖިންގެ ވިޔަފާރި އުސޫލުތަކަށް ފެއްތުން

"އެހެންވީމާ މީގެ އެންމެ މުހިންމު ފައިދާއަކީ ރާއްޖޭގެ ބޭންކިން ނިޒާމަށް ބޭރު ފައިސާގެ ބޮޑު އިންސައްތައެއް ވަދެގެން ގޮސް ރާއްޖޭގެ އިގްތިސޯދު އެޔަށް ބަރޯސާވާ ފަތުރުވެރިކަމުގެ ނަފާ ދިވެހިންނަށް އެންމެ އެދެވިގެންވާ ގޮތަށް ލިބިގެން ދިއުން،" މުނައްވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ކޮވިޑަށް ފަހު ރާއްޖޭގެ ބޭންކިން ނިޒާމަށް ފަތުރުވެރިކަމުގެ ދާއިރާއިން ވަންނަ ބޭރު ފައިސާ ވަރަށް ބޮޑަށް ވަނީ މަދުވެފަ އެވެ. ތަފާސްހިސާބުތަކާ ހަވާލާދެއްވައި އޭނާ ވިދާޅުވީ:

  • 2019 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއަށް ސޭލްސްގެ ގޮތުގައި ލިބުނު 3 ބިލިއަން ޑޮލަރުގެ %74 ބޭންކިން ނިޒާމަށް ވަދެފައިވޭ

  • ނަމަވެސް މިހާރުގެ ހާލަތަކީ ފަތުރުވެރިކަމުގެ ދާއިރާއަށް 4.5 ބިލިއަން ޑޮލަރު ސޭލްސްގެ ގޮތުގައި ލިބޭއިރު ބޭންކިންގެ ނިޒާމުގެ ތެރެއަށް ވަދެފައިވަނީ އެންމެ %52

  • އެހެންކަމުން ގަވާއިދުގެ އަމާޒަކީ މި %52 މިއަށްވުރެ އިތުރުކުރުން

  • ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރޭގައި ފައިސާ ދައުރުކުރަން ފެށުމުން ރާއްޖޭގެ ބޭންކުތައް ކުރިއަރައިގެންދާނެ؛ އޭރުން އިތުރު ލޯނު ވެސް ދެވޭނެ

"މިހާރު ހިސާބުތަކުން ދައްކަނީ ބޭންކިން ނިޒާމުގައި 4 ބިލިއަން ޑޮލަރު، ގާތްގަނޑަކަށް 5 ބިލިއަން ޑޮލަރު ވަންނައިރު 1.8 ބިލިއަން މިއުޅެނީ ރާއްޖޭގެ ބޭންކިން ނިޒާމުގައި ޑިޕޮސިޓުގެ ގޮތުގައި. އަޅުގަނޑު ގަބޫލުކުރަނީ މި ޑިޕޮސިޓް އިތުރުވެގެންދާނެއޭ އޭރުން. އޭރުން ބޭންކުތަކުން ޑޮލަރުން ވެސް ލޯނު ދެވިގެންދާނެ،" މުނައްވަރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ގަވާއިދު މިއަދު ތަންފީޒުކުރަން ފެށި ނަމަވެސް، އެއީ މީގެ ކުރީގައި އެމްއެމްއޭގެ ގަވަރުނަރުންގެ ގޮތުގައި މަސައްކަތް ކުރެއްވި އެތައް ބޭފުޅުންނެއްގެ ވެސް ބުރަ މަސައްކަތް ކަމަށެވެ.

އެނގުން މުހިންމު - އާ ގަވާއިދުގައިވާ ގޮތުން ބޭރު ފައިސާ ލިބޭ އާމްދަނީގެ ވަކި މިންވަރެއް، ވަކި މުއްދަތެއްގެ ތެރޭގައި މާރުކުރަން ޖެހޭނެ އެވެ. އެގޮތުން:

  • ކެޓަގަރީ އޭގައި ހިމެނޭ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުން މަހެއްގެ ތެރޭގައި އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ ރޭޓުން އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމްލަ ފަތުރުވެރިންނަށް ޖެހޭ އަދަދު، އެ މަހަށް ފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހު ކުރިން ބޭންކެއް މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރަން ޖެހޭނެ

  • ކެޓަގަރީ ބީގައި ހިމެނޭ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުން ވެސް ހަމަ މިގޮތަށް ބޭރު ފައިސާ މާރުކުރަން ޖެހޭނެ؛ ނަމަވެސް އެއީ ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން

ކޮމެންޓް (2)

profile-image-placeholder

މިއަދު

2 އޮކްޓޯބަރު 2024
މިގަވާއިދު ހެއްދެވި ބޭފުޅަކު ހަންނެތުނީ ރާއްޖޭގައި ހުރި ލަގްޒަރީ ރިސޯރޓްތަކުން ރެއަކަށް 10،000 ޑަރަލުރައްވުން ބޮޑުކޮށް އެދެ ވިއްކާކަން. މިރިސޯރޓްތަކަށް އަންނަ ފަތުރުވެރިން މަދުވެގެން 20-30،000 ޑޮލަރު ހަރަދުކުރާނެ ރާއްޖޭގައި ޗުއްޓީ ހޭދަކުރަން. މިތަންތަނުން މިހަކަށް 500 ޑަލަރު ރާއްޖޭގެ ބެންކަކަށް މާރުކުރަން ބުނުމަކީ މިގަވާއިދުވެސް މިއޮތީ މިދާއިރާގައި މަސައްކަތްކުރާ ކުދި\ކުންފުނިތައް ތަޅުއެޅުމުގެ ނިޔަތް. މިގަވާއިދު އެކުލަވާލުމުގެ ނިޔަތް ރަގަޅު ނޫންކަން މިއޮތީ ފެންނަން.

ޙަސަން

2 އޮކްޓޯބަރު 2024
ވާނުވާ ނޭނގޭ ގަވަރުނަރު އިޒް ޑްރީމިންގ

އިތުރު އާޓިކަލް

އިތުރު އާޓިކަލް