ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
މިއީ ކުރީގެ އެންމެ ބޮޑު ޕާޓީ ޑީއާރުޕީ ދެބައިވެގެން އުފެއްދި ޕާޓީއެއް
2013ގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ރާއްޖޭގައި ވެރިކަންކުރި
މި ވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ދެ ވަނަ ޕާޓީ
މި ވަގުތު ރާއްޖޭގައި ދެ ވަނައަށް އެންމެ ބޮޑު ޕާޓީ، ޕީޕީއެމް ރަޖިސްޓްރީކުރީ، ކުރީގެ އެންމެ ބޮޑު އެއް ޕާޓީ ޑީއާރުޕީގެ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކުގެ ތެރޭގަ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ފަހަތްޕުޅުގައި ތިބި ޑީއާރުޕީގެ މެމްބަރުންގެ މައްޗަށް ބިނާވެ ޕީޕީއެމް ރަޖިސްޓްރީކުރީ 27 އޮކްޓޯބަރު 2011 ގަ އެވެ.
އޭގެ ދެ އަހަރު ފަހުން 2013ގައި ބޭއްވި ރިޔާސީ އިންތިހާބު، ޕީޕީއެމް އިސްކޮށް އޮތް ކޯލިޝަނުން ކާމިޔާބުކޮށް، ރައީސް އަބްދުﷲ ޔާމީން ރައީސަކަށް ވެވަޑައިގަތެވެ.
ފެބްރުއަރީ 2023އާ ހަމައަށް ޕީޕީއެމްގައި ތިބި މެމްބަރުންގެ އަދަދަކީ 38،704 އެވެ.
ރިޔާސީ ކެންޑިޑޭޓް: ކުރީގެ ރައީސް އަބްދުﷲ ޔާމީން