އައްޑޫ ސިޓީ ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއް (ފައިލް ފޮޓޯ/ އައްޑޫ ލައިވް)

ޓައިމްލައިން: ރާއްޖޭގައި މިދިޔަ އޮކްޓޫބަރުން ފެށިގެން ހިނގާފައިވާ ބައެއް ޓްރެފިކް އެކްސިޑެންޓްތައް

ބައެއް އެކްސިޑެންޓްތަކުގައި މީހުން މަރުވެ ބޮޑެތި އަނިޔާތައް ލިބިފައިވޭ. އޮކްޓޫބަރުން ފެށިގެން މިއަދާހަމައަށް 10 އެކްސިޑެންޓް ހިނގާފައިވޭ.
29 ޖެނުއަރީ 2022
  • 27 ފެބްރުއަރީ، ހުޅުމާލެ - ހުޅުމާލޭ އުތުރުކޮޅުން ނިމޭ މަގު، ކުރެދިމާ ހިނގުމުގައި، ހަވީރު 4:30ގައި  ސައިކަލު އެކްސިޑެންޓް ހިނގި.  މި އެކްސިޑެންޓް ހިނގީ ދުއްވާފައިދިޔަ ސައިކަލް، ރަނގަޅަށް ފާހަގަކޮށްފައި ނެތް ބަމްޕަރެއްގެ މައްޗަށް އެރި ތަނުން ކައްސާލައިގެން. މި ހާދިސާގައި އަނިޔާވި އައިމިނަތު އީމާނަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ވަނީ 28 މާޗްގައި ވަނީ މަރުވެފައި.

  • 12 ފެބްރުއަރީ، ހުޅުމާލެ - މާލެއިން ހުޅުމާލެއަށް އަންނަން އޮންނަ ހައިވޭ ގައި އެކްސިޑެންޓެއް ހިނގި. މި އެކްސިޑެންޓުވީ ހައިވޭ އިން ހުުޅުމާލެ އަށް އަރާ ސަރަހައްދުގައި ހަތް ކާރު މުޑި އަރައިގެން.

  • 29 ޖެނުއަރީ، ހުޅުމާލެ - މާލެއިން ހުޅުމާލެއަށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް، ހައި ވޭ ފެންސްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިރޭ ހިނގި. މި އެކްސިޑެންޓުގައި ދެ މީހަކަށް ވަނީ އަނިޔާވެފަ.

  • 20 ޖެނުއަރީ، ހުޅުލެ - ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރޭމްޕްމަތީގައި ދުއްވާފައި ދިޔަ ވެހިކަލެއް ލައިޓް ޕޯސްޓެއްގައި ޖެހި އެކްސިޑެންޓެއް އޭގައި ތިބި ދެ މީހަކަށް އަނިޔާވި.

  • 19 ޖެނުއަރީ، މާލެ - ރޭގެ ވަގުތެއްގައި ސިނަމާލެ ބުރިޖުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކު މިއަދު މަރުވެއްޖެ. އެ އެކްސިޑެންޓުގައި މަރުވީ ސ. ހުޅުދޫ ހައިކަލް އިސްމާއިލް، 21.  އޭނާ މަރުވީ ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް.

  • 1 ޖެނުއަރީ 2022، މާލެ - ރޭ 10:45 އާއި ދަންވަރު 12އާ ދެމެދު ސިނަމާލޭ ބްރިޖު މަތީގައި ގަޑިއެއްހާއިރުގެ ތެރޭގައި ތިން އެކްސިޑެންޓު ހިނގިކަމަށް ފުލުހުން ބުނި. ފުރަތަމަ އެކްސިޑެންޓަކީ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއް. ދެން ހިނގި ދެ އެކްސިޑެންޓު ވެސް ހިނގީ ދެ ކާރު ޖެހިގެން. މި އެކްސިޑެންޓުތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވި ނަމަވެސް، އެކްސިޑެންޓުވި އުޅަނދުތަކަށް އެކި ވަރުގެ ގެއްލުންތައް ލިބުނު.

  • 17 ނޮވެމްބަރު 2021، މާލެ - ހިނގާފައި ނިކަގަސްމަގު ހުރަސް ކުރަން ދިޔަ އަންހެނެއްގެ ގައިގައި، ބާރު ސްޕީޑެއްގައި ދިޔަ ޕިކަޕަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ. އަނިޔާވި 47 އަހަރުގެ އަންހެން މީހާގެ ވާތުފައި ވަރަށް ބޮޑަށް ޗިސްވެ ފައި ބުރިކޮށްލަން ޖެހުނު.

  • 16 ނޮވެމްބަރު، މާލެ - ސިނަމާލޭ ބްރިޖުގައި މެންދުރެއްހާއިރު ދެ ސައިކަލެއް ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދިން.

އިތުރު އާޓިކަލް

އިތުރު އާޓިކަލް