މާލެއިން ހުޅުމާލެއަށް އަރަން އޮންނަ ސަރަހައްދުގައި އެކްސިޑެންޓުވެފައި (ދައުރު ފޮޓޯ)

ހުޅުމާލޭ ހައިވޭގައި 7 ކާރު ޖެގި އެކްސިޑެންޓެއް ހިނގައިފި

މާލެއިން ހުޅުމާލެއަށް އަންނަން އޮންނަ ހައިވޭ ގައި އެކްސިޑެންޓެއް ހިނގައިފި އެވެ.

ވީ ކިހިނެއް؟ - މަންޒަރު ދުށް "ދައުރު"ގެ ނޫސްވެރިޔާ ބުނީ އެކްސިޑެންޓުވީ ހައިވޭ އިން ހުުޅުމާލެ އަށް އަރާ ސަރަހައްދުގައި ހަތް ކާރު މުޑި އަރައިގެން ކަމަށެވެ.

ތަފްސީލް - އެ ސަރަހައްދުގައި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަން ފުލުހުން ޔަގީންކޮށްދިނެވެ. ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވީ ހައިވޭ އިން ހުޅުމާލެ އަށް އަރާ ސަރަހައްދުގައި އެކްސިޑެންޓެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެކަމުގެ އިތުރު ތަފްސީލެއް ނުދެ އެވެ.

އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވިކަމެއް އަދި ގެއްލުންވީ ކިތައް އުޅަނދަށް ކަމެއް ވެސް އަދި ސާފެއް ނުވެ އެވެ.

އެ ސަރަހައްދުގައި އެވަގުތު ގިނަ އުޅަނދުތައް ތޮއްޖެހިފައި އޮތެވެ.

އެނގުން މުހިއްމު - މާލެއިން ހުޅުމާލެއަށް އަންނަ ސަރަހައްދަކީ އާންމުކޮށް އެކްސިޑެންޓުތައް ހިނގާ ސަރަހައްދެކެވެ. މިފަހުން ވަނީ ބުރިޖުގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ވެސް މަރުވެފަ އެވެ.

ކޮމެންޓް (1)

އިސްމާލު

13 ފެބްރުއަރީ 2022
ހަތްކާރެއް ނޫން ސަތޭކަ ކާރުވެސް ޖެހޭނެ ފޫބުޑު ޖައްސައިގެން ދުއްވަންޏާ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް