މާލެ ސިޓީ ޑަބްލިޔުޑީސީގެ ވިލިމާލެ ދާއިރާގެ މެމްބަރު އާމިނަތު އީމާން (ފޮޓޯ/ ޑަބްލިއުޑީސީ)

އެކްސިޑެންޓުގައި އަނިޔާވި އީމާން މަރުވެއްޖެ

އެކްސިޑެންޓުގައި އޭނާގެ ސިކުނޑީގެ ނާށިގަނޑު ފަޅައިގެން ގޮސް، ސިކުނޑިއަށް ލޭ އެޅުނު

އާދީއްތަ ދުވަހު ހަވީރު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ސައިކަލުން ވެއްޓި އަނިޔާވި އައިމިނަތު އީމާން މިއަދު ހެނދުނު މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އީމާން މަރުވިކަން އޭޑީކޭ ހޮސްޕިޓަލުން ވަނީ 'ދައުރު' އަށް ކަށަވަރުކޮށްދީފަ އެވެ. އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް ވިދާޅުވީ މިއަދު ހެނދުނު 7:42ގައި އީމާން މަރުވިކަމަށް ޑޮކްޓަރުން ނިންމާފައިވާ ކަމަށެވެ.

ތަފްސީލް - އެކްސިޑެންޓްގައި އީމާންގެ ސިކުނޑީގެ ނާށިގަނޑު ފަޅައިގެން ގޮސް، ސިކުނޑިއަށް ލޭ އެޅިފައިވާއިރު އޭނާއަށް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގަ އެވެ. އޭނާ ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ޑޮކްޓަރުން ކަނޑާލުމުން، ވެންޓިލޭޓަރުން ނަގަން އިއްޔެ ނިންމި އެވެ.

ވެންޓިލޭޓަރުން ނަގަން ނިންމި ފަހުން، އީމާންގެ ހާލަތަށް ބަދަލު އަންނަން ފެށުމުން، ވެންޓިލޭޓަރުން ނުނަގާ މަޑުކުރި އެވެ.

މައްސަލައިގެ ފެށުން - އެ އެކްސިޑެންޓް ހިނގީ:

  • އާދީއްތަ ދުވަހު ހަވީރު 4:30ގައި 

  • އެކްސިޑެންޓް ހިނގީ ވެމްކޯ ސަރަހައްދު ކައިރިން ދުއްވާފައި ދަނިކޮށް، ރަނގަޅަށް ފާހަގަކޮށްފައި ނެތް ބަމްޕަރެއްގެ މައްޗަށް އެރި ތަނުން ކައްސާލައިގެން  

  • އެ ވަގުތު އެ ސަރަހައްދުގައި އެއްވެސް މީހަކު ނެތް  

  • ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔައީ 20 މިނެޓު ފަހުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް