ޕެންޝަން އޮފީހުގެ ޗީފް ލީގަލް އޮފިސަރުގެ މަގާމުން އިސްތިއުފާ ދެއްވި އަބްދުﷲ ފިކުރީ.
ޕެންޝަން އޮފީހުގެ ޗީފް ލީގަލް އޮފިސަރު ފިކުރީ އިސްތިއުފާ ދެއްވައިފި
ޕެންޝަން އޮފީހުގެ ޗީފް ލީގަލް އޮޮފިސަރުގެ މަގާމުން އަބްދުﷲ ފިކުރީ އިސްތިއުފާ ދެއްވައިފި އެވެ.
ތަފްސީލު - ފިކުރީ އެ މަގާމުން އިސްތިއުފާ ދެއްވިކަން ޕެންޝަން އޮފީހުން ވަނީ މިއަދު 'ދައުރު'އަށް ކަށަވަރު ކޮށްދީފަ އެވެ.
އެ އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ފިކުރީ އެ މަގާމުން އިސްތިއުފާ ދެއްވީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.
ނަމަވެސް އޭނާ އިސްތިއުފާ ދެއްވީ ކޮން ސަބަބަކާ ހުރެކަން އޮފިޝަލު ވިދާޅެއްނުވެ އެވެ.
އެނގުން މުހިންމު - މީގެ ކުރިން ވެސް ޕެންޝަން އޮފީހުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން، އެކި ފަހަރު މަތިން އިސްތިއުފާ ދެއްވާފައިވެ އެވެ.
އެ ބޭފުޅުން އިސްތިއުފާ ދެއްވީ ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑް އެމްއެމްއޭއަށް ވިއްކާލުމަށް ފަހު އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމުމާ ގުޅިގެން، އެއީ އިގްތިސޯދަށް ގެއްލުންވާނެ ނިންމުމަކަށް ވާތީ އެވެ.
އިތުރަށް ކިޔާލަން
ޕެންޝަން ބޯޑުން މާދިން ވެސް އިސްތިއުފާ ދެއްވައިފި
6 ފެބްރުއަރީ 2026
ޕެންޝަން އޮފީހުގެ ސީއީއޯ ވެސް އިސްތިއުފާ ދީފި
4 ފެބްރުއަރީ 2026
2.4 ބިލިއަން ރުފިޔާގެ ބޮންޑު ގަންނަން ޕެންޝަން ބޯޑުން ރުހުން ދީފި
3 ފެބްރުއަރީ 2026
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕްކުރުން: ބޮޑު ނުރައްކަލެއް
2 ފެބްރުއަރީ 2026
ޕެންޝަން ބޯޑުގެ ޗެއާ އިނާޒު އިސްތިއުފާ ދެއްވައިފި
1 ފެބްރުއަރީ 2026
ޕެންޝަން އޮފީހުގެ ސީއެފްއޯ އިސްތިއުފާ ދެއްވައިފި
4 ނޮވެމްބަރު 2025
ސަރުވަޝް ޕެންޝަން ބޯޑުން އިސްތިއުފާ ދީފި
22 އޮކްޓޯބަރު 2025
ފިކުރީ އޭނާ ހުންނެވި މަގާމުން އިސްތިއުފާދެއްވީ އެ މުއާމަލާތް ހުއްޓިފައި އޮއްވާ އަނެއްކާވެސް ކުރިއަށް ގެންދަން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށެވެ.
'ދައުރު'އާ ވާހަކަދެއްކެވި ޕެންޝަން އޮފީހުގެ އޮފިޝަލް ވަނީ އެ މުއާމަލާތް އަދި ކުރިއަށް ނުދާކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި، އެ މުއާމަލާތާ ގުޅޭ ގޮތުން ކޮންމެވެސް ސިފައެއްގައި މަޝްވަރާތަކެއް ހިނގަމުންދިއުމަކީ އެކަށީގެންވާ ކަމެކެވެ.
ގުޅުންހުރި ކަމެއް - ފިކުރީގެ އިތުރުން ޕެންޝަން އޮފީހުގެ ބައެއް އެހެނިހެން އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެ މަގާމުތަކުން މިއަދު އިސްތިއުފާ ދެއްވި ކަމަށް ސޯޝަލް މީޑިއާ އާއި ބައެއް ނޫސްތަކުން ވެސް ރިޕޯޓުކޮށްފައިވެ އެވެ.
ނަމަވެސް ފިކުރީ ފިޔަވާ އިތުރު ބޭފުޅަކު މަގާމުން އިސްތިއުފާ ދެއްވިކަން ޕެންޝަން އޮފީހުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
ކޮމެންޓް