ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ކޮންފަރެންސެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ޕެންޝަން އޮފީސް)

ޕެންޝަން އޮފީސް

ޕެންޝަން އޮފީހުގެ ސީއީއޯ ވެސް ބޮންޑު މައްސަލައިގައި އިސްތިއުފާ ދިފި

ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑު އެމްއެމްއޭއަށް ވިއްކާލުމަށް ފަހު އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމީ އިއްޔެ
4 ފެބްރުއަރީ 2026
4

ޕެންޝަން ފަންޑް މެދުވެރިކޮށް ސަރުކާރުގެ ހަރަދުތަކަށް ފައިސާ ޗާޕްކުރަން މަގުފަހިކުރި މުއާމަލާތާ ހިތްހަމަ ނުޖެހިގެން ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް ވެސް އިސްތިއުފާދެއްވައިފި އެވެ.

ވީ ކިހިނެއް؟ - ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑު އެމްއެމްއޭއަށް ވިއްކާލުމަށް ފަހު އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމީ އިއްޔެގެ ވަގުތެއްގަ އެވެ. 

އޭނާ އިސްތިއުފާ ހުށަހެޅުއްވީ މިއަދު އެވެ. އިތުބާރުހުރި މަސްދަރުތަކުން ކަށަވަރުވެފައިވާ ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ އެ މުއާމަލާތް ކުރިއަށް ގެންދިޔުން ގަބޫލުނުކުރައްވާތީ އެވެ. 

ގުޅުންހުރި - އެ މުއާމަލާތާ މެދު ހިތްހަމަ ނުޖެހިގެން ޕެންޝަން ބޯޑްގެ ޗެއާމަން އަހުމަދު އިނާޒު އަދި އެ ބޯޑުގެ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަސް އާދަމް ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި ސީއެފްއޯ ވެސް މީގެ ކުރިން ވަނީ އެކަމާ ގުޅިގެން އިސްތިއުފާ ދެއްވައިފަ އެވެ. 

ކޮމެންޓް (4)

އާމި

4 ފެބްރުއަރީ 2026
މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަކީ އިސްލާމް ދީނަށް ލޯބިކުރާ އަދި އެދީނުގައިވާ ގޮތަށް އަމަލުކުރާނެކަމަށް ވިދާޅުވާ ބޭފުޅެއް. ވީމާ ބޮންޑާއި ޓީބިލް ވިއްކުން ހުއްޓާލަންޖެހޭ. އެއީ ރިބާގެ މުޢާމަލާތްތައް. ދީނީ އިލްމުވެރިންވެސް ސަރުކާރުން މި ހިންގާ ރިބާގެ މުޢާމަލާތްތައް ހުއްޓާލުމަށް ރައީސްއަށް ނަޞޭޙަތްތެރިވާންޖެހޭ.
1 1

މުޙައްމަދު

4 ފެބްރުއަރީ 2026
ސައިބަރު ބުލީންއަށް ސަރުކާރުން ފިޔަވަޅު ނާޅަންޏާ ތިގޮތަށް އެންމެންވެސް ދާނެ. މައްސަލައަކީ މިކަމާ އެއްކޮޅަށް ވާހަކައެއް ދައްކާއިރަށް މުޅި މީހާގެ ބުރުސޫރައާއި އަނބިދަރިންނާއި ބެހި މީހާ ޑިޕްރެޝަން އަށް ވައްޓާލާތީ. ކޮބާތަ ޤާނޫނު؟ ކީއްކުރާ މީޑިއާ ކޮންޓުރޯލު ބިލެއްތަ؟ މީޑިއާ ބިލަށް އެއްކޮޅަށް ވާހަކަ ދެއްކިޔަސް މިސަރުކާރުގެ ތަންފީޛުކުރުމުގެ ޤާބިލުކަމެއް ނެތް؟ ހާދަ ކަޑައޭ. ދެން މިހެންގޮސް އޮޕޮޝިނަށް ގުޅޭނީ
1 1

މުއިއްޒު

4 ފެބްރުއަރީ 2026
ތިތަނުގެ ހުރިހާ ވެރިން އެކަމާ ދެކޮޅު. ދެން ކާކު ނޫސްބަޔާން މި ނެރެނީ؟
3 0

ހަތަރެސްކަން

4 ފެބްރުއަރީ 2026
@މުއިއްޒު ހޭޔަންބޯ ޚަލީލު؟؟؟
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް