ޕެންޝަން އޮފީހުގެ ޗެއާޕާސަން އިނާޒު (ފޮޓޯ/ ރައީސް އޮފީސް)

ޕެންޝަން އޮފީސް

2.4 ބިލިއަންގެ ބޮންޑު މައްސަލާގައި ހައްލެއް ނުހޯދުނު ކަމަށް ވިދާޅުވެ ޕެންޝަން ބޯޑުގެ ޗެއާ އިނާޒު އިސްތިއުފާ ދެއްވައިފި

މީގެ ކުރިން ފިނޭންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އަދި އިގްތިސޯދީ ދާއިރާ އިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ އިނާޒު އެކްސްގައި ވަނީ ދައުލަތުގެ މާލީ ހާލަތު ކަންބޮޑުވާ މިންވަރަކަށް ދަށަށް ދާ ކަމަށް ވިދާޅުވެފައި

ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑަށް، މަރުކަޒީ ބޭންކު، އެމްއެމްއޭ މެދުވެރިކޮށް ފައިސާ ހޯދުމަކީ އިގްތިސޯދަށް ގެއްލުވާވާނެ ނިންމުމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށް ވިދާޅުވެ، ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަހުމަދު އިނާޒު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - މީގެ ކުރިން ފިނޭންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އަދި އިގްތިސޯދީ ދާއިރާ އިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ އިނާޒު އެކްސްގައި ވަނީ ދައުލަތުގެ މާލީ ހާލަތު ކަންބޮޑުވާ މިންވަރަކަށް ދަށަށް ދާ ކަމަށް ވިދާޅުވެފަ އެވެ.

ތަފްސީލް - އިސްތިއުފާ ދެއްވިކަން ހާމަކުރައްވާ އިނާޒު ވިދާޅުވީ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލާގައި ގިނަ މަޝްވަރާތަކެއް ކުރެވުނު ނަމަވެސް ދެމެހެއްޓެނިވި ހައްލެއް ހޯދިފައިވާކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އެމްއެމްއޭ މެދުވެރިކޮށް މި މުއާމަލާތަށް ފައިސާ ހޯދުމަކީ އިގްތިސާދަށް މިހާލަތުގައި ގެއްލުން ބޮޑު ނިންމުމެއް ކަމަށް ޓެކްނިކަލީ ގަބޫލު ކުރެވޭތީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ކަމުން މިއަދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ،" އޭނާ ވިދާޅުވި އެވެ.

އިނާޒު ވިދާޅުވީ:

  • ދައުލަތުގެ މާލީ ކަންކަން މިހާރަށް ވުރެ ހަރުދަނާވެ ދުރު ވިސްނުމުގެ ސިޔާސަތުތަކަކުން އިސްލާހުވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް 

  • ދަރަނީގެ އަނދަވަޅުން ރާއްޖޭގެ އިގްތިސާދު އަރައިގަނެ، ރާއްޖެ ދެމެހެއްޓެނިވި އުފެއްދުންތެރި ތަރައްގީގެ މަގަކަށް ރުޖޫއަވުމަށް އެދިވަޑައިގަންނަވާ ކަމަށް

ފާހަގަ ކުރެވޭ - އެމްއެމްއޭން 2.4 ބިލިއަން ރުފިޔާ ހޯދައިގެން ސަރުކާރުގެ ބޮންޑެއްގައި އިންވެސްޓްކުރުމަށް ޕެންޝަން ފަންޑް ބޭނުންކުރަން އެ އޮފީހުގެ ބޯޑުން ވަނީ ނިންމައިފަ އެވެ.

އެ މުއާމަލާތް ހިންގީ މާލިއްޔަތު ގާނޫނާއި ޕެންޝަން އޮފީހުގެ އެތެރޭގެ އުސޫލުތަކާ ވެސް ހިލާފަށް ކަމަށް ވިދާޅުވެ، އެ ތަނުގެ ބޯޑުގައި އިންނެވި އަހުމަދު ސަރުވަޝް އަދި ސީއެފްއޯގެ މަގާމުގައި ހުންނެވި ހައްވާ ފަޖުވާ ވަނީ މީގެ ކުރިން އިސްތިއުފާ ދެއްވައިފަ އެވެ.

އެ މުއާމަލާތާ ގުޅޭ ގޮތުން އިނާޒް މީގެ ކުރިން ވިދާޅުވީ ޕެންޝަން އޮފީހާ ގުޅުން ހުރި ގާނޫނުތަކާއި ގަވާއިދުތަކާއި ޕޮލިސީތައް އަދި އެތެރޭގެ އުސޫލުތަކާ ވެސް ހިލާފަށް ޕެންޝަން ބޯޑާއި މެނޭޖްމަންޓުން އަމަލުކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

"މި ފަންޑުގެ ސަސްޓެއިނަބިލިޓީ އާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ޕެންޝަން ބޯޑުގެ ޗެއާޕާސަންގެ ހައިސިއްޔަތުން އަޅުގަނޑުގެ އެންމެ އިސް ވާޖިބު ކަމުގައި ދެކެން،" ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި އިނާޒް މިދިޔަ ނޮވެމްބަރު މަހު ވިދާޅުވި އެވެ.


ކޮމެންޓް (15)

ވަކީލާ

1 ފެބްރުއަރީ 2026
ތެފެއާސާއަށް ބުނެލަން. ސީރިއަސްކޮށް މިވާހަކަ ދައްކަންޏާ ސަރުކާރުގެ ޚަރަދު އިންތިހާއަށް ބޮޑު. ސަރުކާރެއްގެ ބާރު އަންނަނީ ރައްޔިތުންގެ ފަރާތުން. އެމީހުންގެ ބޭކާރު ޚަރަދާއި މިކަމާ ނުގުޅުވާ. މިކަން ބަލަންވާނީ މިކަމާ ގުޅުންހުރި ޤާނޫނާއި ޤަވާޢިދުގެ ތެރެއިން. އެމް.އެމް.އޭ ގެ ޤާނޫނާ ޕެންޝަނުގެ ޤާނޫނާ ސީ.އެމް.ޑީ.އޭ އާ ގުޅުންހުރި ޤާނޫނާ ސްޓޮކް އެކްސްޗޭންޖުގެ ޤާނޫނުތަކުން މިކަމަން ތަންދެންޏާ މިކަން ހުއްޓުވާނެ ޤަނޫނީ ހުއްޖަތެއް ނެތް. ދެން އޮތީ އިޤްތިސާދަށް ލިބިދާނެ ގެއްލުމަކަށް، އެމް.އެމް.އޭ އިން އެއޮތީ ބުނެފަ އެކަމުގެ އަސަރުތަކަށް ތައްޔާރަށް ހުރި ވާހަކަ. މިކަން މިގޮތަށް ނުކޮށްފިނަމަ އޮތީ ކުރީ ސަރުކާރު ހެދިހެން ފިސްކަލް ޒިންމާގެ ޤާނޫނު ސަސްޕެންޑުކޮށް ފައިސާ ޗާޕުކުރުން. އޭރުން ހައްދެއް ނެތް މިންވަރަށް ޗާޕު ކުރާނެ. މީގަ މިއޮތީ ލިމިޓެއް ކަނޑައެޅިފަ. 2.4 ބިލިޔަނަށް ވުރެ އިތުރެއް ނުވޭ
1 3

ތެފައާސާ.

2 ފެބްރުއަރީ 2026
@ވަކީލާ "....ސީރިއަސްކޮށް މިވާހަކަ ދައްކަންޏާ ސަރުކާރުގެ ޚަރަދު އިންތިހާއަށް ބޮޑު...." މިއޮތީ މައްސަލަ. މައްސަލަ ހައްލުކުރަން ކުރަންވާ ކަމަކީ ޚަރަދު ކުޑަކުރުން. ވަކިން ޚާއްސަކޮށް ބޭކާރު ޚަރަދުތައް ހުއްޓާލުން. މަތިމައްޗަށް ލޯނު ނެގުމާއި (ލޭޔާރ ކޮށްގެން އަސްލު އޮޅުވާލައިގެން) ފައިސާ ޗާޕުކުރުމެއް ނޫން.
1 0

ތެފައާސާ.

1 ފެބްރުއަރީ 2026
ކޮންމެ ގޮތެއްވިޔަސް، އިނާޒުމެން ސަރުވަޝްމެންނަށްވުރެ ޓީބޮންޑާއި ޕެންޝަން ފަންޑާއި ސެކަންޑަރީ މާރކެޓާއި މަނިޓަރީ ޕޮލިސީތަކާއި މިކަހަލަ ޓެކްނިކަލް ކަންކަން ބޮޑަށް އެނގޭނީ އިއްޒަތްތެރި މެމްބަރ ފަލާހުމެން ޝުޖާއުބެމެންނަށް. އެބޭފުޅުން ވިދާޅުވަނީ މިއަކު މައްސަލައެއް ނެތޭ. އެހެންވީމާ އަހަރެމެން ރައްޔިތުން ހާސްވެ ކަންބޮޑުވާންޖެހޭ ކަމެއް މިއަކު ނެތް. އަހަރެމެން ހެޕީ!!!!
7 2

އާސާފަތެ.

1 ފެބްރުއަރީ 2026
@ތެފައާސާ. އެމީހުންގެ އަމިއްލަ ބަހެއް ނޫނޭ އެބުނަނީ. އެމީހުންވެސް އެބުނަނީ ހަމަ ކަމާ ގުޅޭ މާހިރުންގެ ބަސް. މިކަމުގަ ދެކޮޅަށްވެސް ވާހަކަ ދެކެވޭ. އެމީހެއް ޤަބޫލު ކުރާ ގޮތަކަށް ވިސްނުން މައްސަލައެއް ނެތް. އެކަމަކު އެމީހަކު ޤަބޫލު ކުރާގޮތް ނޫން އެހެން އެންމެން ވިސްނާ ގޮތަކީ ކުށްހީއެއްކަމަށް ބަލައި އަދި އެއީ ނުބައި ބައެއްކަމަށް ބެލުން ގޯސް. މިކަމަކީ ދެކޮޅަށްވެސް ވާހަކަ ދެކެވޭނެ ކަމެއް
1 4

ތެފައާސާ.

1 ފެބްރުއަރީ 2026
@އާސާފަތެ. ޝުޖާއުބެމެން ފަލާހުމެންގެ އަމިއްލަ ބަސް ކީއްވެ ތިހާ ދަށްކޮށްލަނީ؟ އެހެން ނަހަދާ.
3 1

މެހް

1 ފެބްރުއަރީ 2026
@ތެފައާސާ. އެމީހުންނަކީ ކަމުގެ މާހިރުންނެއް ނޫނޭ. މިތަނުގަ މައްސަލައަކީ މިކަމުގެ މައްސަލައެއް ނެތް ކަމަށް ދެކޭ އަސްލު މާހިރުން އަޑުމަޑީ.
2 2

ތެފައާސާ.

1 ފެބްރުއަރީ 2026
މާލީ އިގްތިސޯދީ ދާއިރާއިން ކިތަންމެ މަތީ ތައުލީމެއް ހޯއްދަވައިގެން ހުއްޓަސް، މި ކަމުގައި އިނާޒުގެ ބަހަށްވުރެ އަހަރެމެން ގަބޫލްކުރާނީ ރައީސް މުއިއްޒުގެ ބަސްފުޅު. އެމަނިކުފާނަކީ މުޅިދުނިޔޭގައިވެސް އަލަށް ކަނޑު އަޑިން ބިއްލޫރި ޓަނަލެއް އެޅުއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ވިޝަނަރީ ސިވިލް އިންޖިނިއަރެއް. ފައިސާ ޗާޕުކުރުންފަދަ ކަންކަމުގެ ގެއްލުމާއި ފައިދާ އެމަނިކުފާނަށްވުރެ ވަކިން ބޮޑަށް އެނގޭނޭ އެހެން ބަޔަކު ނުތިބޭނެ. ކުރިއަށް ދިވެހި ގައުމު!!
3 3

އަސްލުވަ ގޮތަކީ

1 ފެބްރުއަރީ 2026
@ތެފައާސާ. ކިތައް އާއިލާއަށް ލިބެންހުރި މަންފާ، ތިޔަ ހިފަހައްޓަނީ. 2.4 ބިލިޔަން ދިވެހި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ، އެފައިސާ އަކީ އެމީހުންގެ ޙައްޤެއް. ޤާނޫނީ ގޮތުން މިކަމަށް ހުރަހެއް ނެތިއްޔާ ދެން މިކަން ހުއްޓުވަންޖެހޭ އެއްވެސް ސަބަބެއް ނެތް. ސިޔާސީ ބޭނުމަށް މިކަން މިހުއްޓުވަނީ
1 5

ތެފައާސާ.

1 ފެބްރުއަރީ 2026
@އަސްލުވަ ގޮތަކީ ސީރިއަސްކޮށް މި ވާހަދަ ދައްކަންޏާ، ބަޔަކަށް ސަރުކާރުން ދޭން ހުރި ފައިސާއެއް ދޭންވާނެ. އެއަކު ސުވާލެއްވެސް ނެތް. މައްސަލައަކީ އެ ފައިސާ ދައްކަން ދައުލަތުގެ ބަޖެޓުން ލާރިއެއް އެއްކުރަން ނޫޅެ، ހަމަ ހެސްކިޔާފައި ބަޖެޓު ތަޅައި އިސްރާފުކޮށް އަދަދު ނުކުރެވޭ ވަރަށް ސިޔާސީ މީހުންނަށާއި ބޮޑު އަގުގައި ޕްރޮޖެކްޓް ތަކަށާއި ހަވާ އަރުވައި ބޭރު ދަތުރުތަކަށް ފައިސާ އިސްރާފުކޮށްފައި، މުޅި ގައުމުގެ އިގްތިސޯދު ފުނޑިގެން ހިނގައިދާނޭހެން ފައިސާ ޗާޕުކޮށްގެން، ސަރުކާރުން ދަރާތިބި މީހުންނަށް ފައިސާ ދޭން ޖެހޭތީ. ކުރަން އުޅޭ ކަން ރަނގަޅު. ކުރަން އުޅޭ ގޮތް ގޯހީ. ކުރަންވީ ކަމަކީ އިސްރާފު ކުޑަކޮށްގެން ކޭޝްފްލޯ މެނޭޖް ކުރަންވީ. ފައިސާ ޗާޕުކުރުންފަދަ ކުއިކް ފިކްސް ތަކަކުން ހައްލެއް ނުލިބޭނެ.
6 1

އަސްލުވާގޮތަކީ

1 ފެބްރުއަރީ 2026
@ތެފައާސާ. އަނެއްކާ އަނެއް ވާހަކަ. ޤާނޫނީ ގޮތުން އެކަން ހުއްދަ ނަމަ އެކަން ހުއްޓުވަން ޖެހެނީ ކީއްވެ. ރައްޔިތުން އައްޔަނު ކުރާ މަންދޫބުން ކުރާ ކަންކަން އެކުރަނީ ރައްޔިތުންގެ ފަރާތުން. އެއީ ނޫންތަ ތިގެނައި ޑިމޮކްރަސީއަކީ. އެކަން ކަޑައިއްޔާ އައްޔަނުކުރި ވެރިން ބަދަލުކޮށްބަލަ. ނުވަތަ ޤާނޫނު ބަދަލުކޮށްބަލަ. މިވަގުތު އެކަން ކުރަން ޤާނޫނީ ހުރަހެއް ނެތިއްޔާ ސިޔާސީ ބޭނުމަށް މިކަމަށް ހުރަސް އަޅަންޖެހޭ ސަބަބެއް ނުފެނޭ
1 4

ތެފައާސާ.

1 ފެބްރުއަރީ 2026
@އަސްލުވާގޮތަކީ ފުރަތަމަ ކަމަކަށް ގާނޫނީ ގޮތުން އެކަން ހުއްދަތޯ އެވެސް ސުވާލެއް. ފައިސާ ޗާޕުކުރާނަމަ އޮންނަނީ މަޖިލީހަށް ގޮސްގެން ފާސްކޮށްގެން އެކަން ކުރަން. ލޭޔާރކޮށްގެން އޮޅުވާލައިގެން ފައިސާ ޗާޕުކުރުން ނޫންކަމަށް ދައްކައިގެން ފައިސާ ޗާޕުކުރުމަކީވެސް އޭގެ ޒާތުގައި މައްސަލައެއް. އަނެއް ކަމަކީ، ގާނޫނުން އަދި ހުއްދަވިޔަކަސް، ކަންކަން ކުރަންވާ ރަނގަޅު، ގައުމަށް ދިގުމުއްދަތަކަށް ފައިދާ ހުރި ގޮތް އިޚުތިޔާރު ކުރަންޖެހޭނެ. އެގޮތަކީ އިސްރާފު ކުޑަކޮށްގެން ބިލުތަކަށް ފައިސާ ދެއްކުން. ނެތް ފައިސާ ޗާޕުކޮށްގެން އިގްތިސޯދު ފުނޑާލައިގެން އެކަން ކުރުމެއް ނޫން. އަދި އެހެން އެކަން ކުރާނަމަ ޑިމޮކްރެސީއެއްގައި އެވާހަކަ ދެއްކެންވެސް ދެއްކޭނެ. ޑިމޮކްރަސީގައި އޮންނަނީ ވެރިން ހޮވުމާއި ބަދަލުކުރުން އެކަންޏެއް ނޫން. ގޯހެއް ފާހަގަވާނަމަ އަޑުއުފުލުންވެސް އޮވޭ. ޒިންމާއާއި ހަވާލުވެތިބޭ މީހުން އިސްތިއުފާ ދިނުންވެސް އޮވޭ. އިނާޒު އެކުރީ އެކަން. އަހަރެން މި ކުރާ ކަމަކީ އަޑުއުފުލުން. އޯކޭ؟
3 1

އަސްލުނުވާގޮތް

1 ފެބްރުއަރީ 2026
@އަސްލުވާގޮތަކީ ފަހުން ކިތަންމެ ގެއްލުމެއް ވިޔަސް އޯކޭ؟
0 1

އަސްލުވާގޮތް

1 ފެބްރުއަރީ 2026
@އަސްލުނުވާގޮތް ފަހުން ގެއްލުންވާ ގޮތަށް ޤާނޫނު ހަދައި ބައްޓަންކޮށްފައިވޭތަ؟ ހާދަ ހަމަނުޖެހޭ ވާހަކައެކޭ. އެހެން ނޫނީ ޤާނޫނުތައް ހަދާ މީހުން ޤާނޫނު ހަދާގޮތް ކަޑައީ ދ
0 1

އަސްލުވާގޮ

1 ފެބްރުއަރީ 2026
@ތެފައާސާ. އޯކޭ މައްސަލައެއް ނެތް
0 0

231455

1 ފެބްރުއަރީ 2026
ވަރަށް ކެއްކޮށްފި ދޯ. ޝުކުރިއްޔާ އިނާޒް. އަދި އެވަރަށް ދަރަނި އެހޯދަނީ މަމެން މާލެއަށް ތޮއްޖައްސަން. އެހަދާ ކޮންމެ ހިއްކި ރަށަކަށް 5 ބިލިއަން ރުފިޔާ އަށްވރުެ މަތިން ޚރަދު ވާނެ މަމެންނަށްވުރެ އިނާޒްއަށް އެނގޭނެ. ދަރަނި ނަގައިގެން ރެވެނިއު ޖެނެރޭޓް ވާ ކަންކަމަށް ނޫން ޚރަދު ކުރަނީކީ މާލޭ އިންޓަނޭޝަނަލް އެއަޕޯޓް ފިޔަވާ! އެހެންނަމަވެސް ރަގަޅު. މަމެން އަޅުވެތި ކުރަން ނަގާ ދަރަންޏެއްގައި ބައިވެރި ނުވީތީ ޝުކުރިއްޔާ
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް