ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރުކަމުން އިސްތިއުފާދެއްވި ހައްވާ ފަޖުވާ (ފޮޓޯ/ޕެންޝަން އޮފީސް)

ޕެންޝަން އޮފީސް

ޕެންޝަން އޮފީހުގެ ސީއެފްއޯ އިސްތިއުފާ ދެއްވައިފި

ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމުން ހައްވާ ފަޖުވާ އިސްތިއުފާ ދެއްވާފައި މިވަނީ އެމްއެމްއޭން ފައިސާ ދީގެން ސަރުކާރުގެ ބޮންޑެއް ޕެންޝަން ފަންޑުން ގަންނަ މައްސަލައިގައި ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައި ވަނިކޮށް

ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ތަފްސީލް - ފަޖުވާ މިއަދު ލިންކްޑްއިން ޕޯސްޓެއްގައި އެކަން ހާމަކުރެއްވި ނަމަވެސް، އިސްތިއުފާދެއްވި ސަބަބެއް ވިދާޅެއްނުވެ އެވެ. އެކަމަކު އެ ގޮތަށް ނިންމެވީ ވަރަށް ބޮޑަށް ވިސްނެވުމަށް ފަހު ކަމަށް ވިދާޅުވި އެވެ. 

ފާހަގަކުރެވޭ - މަރުކަޒީ ބޭންކް، އެމްއެމްއޭން 2.4 ބިލިއަން ރުފިޔާ ހޯދައިގެން ސަރުކާރުގެ ޓީ-ބޮންޑެއްގައި އިންވެސްޓްކުރުމަށް ޕެންޝަން އޮފީހުގެ ބޯޑުގެ އަގުލަބިއްޔަތުން ނިންމުމާ ގުޅިގެން، އެކަމާ ދެކޮޅު ހެއްދެވުމުގެ ގޮތުން، އަހުމަދު ސަރުވަޝް އާދަމް ވަނީ މިދިޔަ މަހު އެ ބޯޑުން އިސްތިއުފާ ދެއްވާފަ އެވެ.

އޭނާ ވިދާޅުވެފައިވަނީ އެއީ ޕެންޝަން ފަންޑުގެ މެންބަރުންނާއި ރާއްޖޭގެ އިގުތިސޯދަށް ގެއްލުންވާނެ ނިންމުމެއް ކަމަށާއި އެ ބޮންޑް ގަތުމުގެ މުއާމަލާތާ މެދު ގާނޫނީ އަދި އިގްތިސާދީ ގޮތުން ސީރިއަސް ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ. 

ސަރުކާރުގެ ބޮންޑެއް ޕެންޝަން ފަންޑުން ގަންނަ މައްސަލައިގައި، އެ އޮފީހުގެ ސީއެފްއޯގެ ހައިސިއްޔަތުން ފަޖުވާއަށް ވެސް ފާޑުކިޔުން އަމާޒުވި އެވެ.

ފަޖުވާ ޕެންޝަން އޮފީހުގެ ސީއެފްއޯގެ މަގާމާ ހަވާލުވީ 22 އޮކްޓޯބަރު 2023ގަ އެވެ. އޭގެ ކުރިން އޭނާ އަދާކުރައްވަމުން ގެންދެވީ ފިނޭންސް މިނިސްޓްރީގެ ޗީފް ޕަބްލިކް އެކައުންޓެންްޓްގެ މަގާމެވެ. ފަޖުވާ އަކީ 10 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޗާޓާޑް އެކައުންޓެންޓެއްގެ ގޮތުގައި އަދި ރާއްޖޭގެ ލައިސަންސްޑް އޮޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އެނގުން މުހިންމު - އެމްއެމްއޭން ހުށަހަޅާފައި ވަނީ ޕެންޝަން ފަންޑުން މިހާރު ގަނެފައިވާ ސަރުކާރުގެ 2.4 ބިލިއަން ރުފިޔާގެ ބޮންޑް އެމްއެމްއޭން ސެކަންޑްރީ ބާޒާރުގައި ގަނެ ފަސް އަހަރު ދުވަހުގެ ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލު ކުރާށެވެ. އަދި ނިންމާފައި ވަނީ:

  • އެ ބޮންޑު ގަންނަން އެމްއެމްއޭން ދައްކާ ފައިސާއިން 2.4 ބިލިއަން ރުފިޔާގެ ސަރުކާރުގެ އާ ބޮންޑެއް ގަންނަން ޕެންޝަން ފަންޑުން އިންވެސްޓްކުރަން

މި ބާވަތުގެ މުއާމަލާތަށް ކުއަންޓިޓޭޓިވް އީޒިންއޭ ކިޔަ އެވެ. އެކަމުގެ ކަންބޮޑުވުމަކީ މަރުކަޒީ ބޭންކުން އެ މުއާމަލާތް ކުރުމުން އިގްތިސާދުގައި ދައުރުވާ ރުފިޔާ އިތުރުވެ، ދިވެހި ރުފިޔާގެ އަގު ވެއްޓި އެކަމުން އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު ބޮޑުވެދާނެކަމެވެ. 

ކޮމެންޓް (1)

ފަޖޫ އަށް ޕިއަރ ޕުރެޝަރުކޮށް ބޯކައިލައިފި

5 ނޮވެމްބަރު 2025
ޕެންޝަނުގެ ބޮންޑާއި ގުޅިގެން އިސްތިއުފާ ދިންކަމުގައިވާނަމަ އެއީ ފައިނޭންސް ނުވަތަ އެކައުންޓިންގް އަދި ކުރެވޭ ކަންކަން ރަނގަޅަށް ނޭގޭ ކަމުގެ ނިޝާނެއް! ޝަރުވަޝް އަށް އެގޭ! އެކަމަކު އޭނާ އެތާ ހުރުމަށް އޭނާގެ ފަހަތުގައި ތިބި ސިޔާސީން އެއްބަހެއް ނުވޭ. ފިނޭންސް މިނިސްޓަރަށް ފައިވިއްދައިގެން ހުރީމާ އިސްތިއުފާ ދޭނެ. ފަޖޫ އިސްތިއުފާ ދިނުމުން ފަޖޫ ހީކުރީ ޝަރުވަޝް އަށް ލިބުނު ތަރުހީބެއް ލިބޭނެ ކަމަށް! އެކަމަކު އެކަމަށް މަރުހަބާ ކީ އެކަކުވެސް ނެތް. ތިހެން ހެދީމާ ވެއްޓޭނީ އަމިއްލަ އަގު
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް