12 ވަނަ ފައިނޭންސް ފޯރަމްގައި ޕެންޝަން ބޯޑުގެ ޗެއާމަން އިނާޒު. (ފޮޓޯ/ޕެންޝަން އޮފީސް)

ޕެންޝަން އޮފީސް

ޕެންޝަން ބޯޑުގެ ޗެއާމަން ވިދާޅުވީ މަޝްވަރާއަށް ފުރުސަތު އޮތް ކަމަށް

މަޝްވަރާ ކުރުމުގެ ފުރުސަތު އޮތް ކަމަށް ޕެންޝަން ބޯޑުގެ ޗެއާ ވިދާޅުވި ނަމަވެސް، އެމްއެމްއޭން ފައިސާ ދީގެން ސަރުކާރުގެ ބޮންޑެއް ޕެންޝަން ފަންޑުން ގަންނަން ނިންމުމުން އެ ބޯޑުގެ މެމްބަރު ސަރުވަޝް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައި
24 އޮކްޓޯބަރު 2025
1

މަޝްވަރާ ކުރުމުގެ ފުރުސަތު އޮއްވާ އުންމީދު ކަނޑާނުލުމަކީ ގައުމީ މަސްލަހަތު އިސްކުރުން ކަމަށް ޕެންޝަން ބޯޑުގެ ޗެއާމަން ޑރ. އަހްމަދު އިނާޒު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޕެންޝަން ފަންޑުން މީގެ ކުރިން ގަނެފައި ހުރި ސަރުކާރުގެ 2.4 ބިލިއަނެއްހާ ރުފިޔާގެ ޓީބިލް ގަންނަން މަރުކަޒީ ބޭންކް، އެމްއެމްއޭއަށް ޕެންޝަން އޮފީހުން މިހާރު ވަނީ ހުށަހަޅައިފަ އެވެ.

ބައެއް މީހުން ސިފަކުރާ ގޮތުގައި އެއީ ފައިސާ ޗާޕު ކުރުމެވެ. އަދި އެ ނިންމުމުގެ ސަބަބުން ޕެންޝަން ފަންޑުގެ މެންބަރުންނާއި ރާއްޖޭގެ އިގުތިސޯދަށް ގެއްލުންވާނެ ކަމަށް ގަބޫލު ކުރެއްވޭތީ އާއި އެ ނިންމުމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ޕެންޝަން ބޯޑުގެ މެމްބަރުކަމުން ސަރުވަޝް އާދަމް ވަނީ އިއްޔެ އިސްތިއުފާ ދެއްވާފަ އެވެ.

ބުނީ ކީކޭ؟ - ސަރުވަޝް އިސްތިއުފާ ދެއްވާފައިވަނިކޮށް މަޝްވަރާ ކުރުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވާ މޭރުމަކުން ޕެންޝަން ބޯޑުގެ ޗެއާ އިނާޒު ވަނީ މިރޭ 'އެކްސް'ގައި ޕޯސްޓެއް ކުރައްވާފަ އެވެ.

"ވަރަށް ބޮޑަށް ދެބަސްވެވޭ ކަންކަމުގައި އެކަމެއްގެ އެންމެ ފަހުގެ ނިންމުން ނުނިމޭހާ ހިނދަކު އަދި މަޝްވަރާ ކުރުމުގެ ދޮރު ބަންދުނުވާހާ ހިނދަކު އުންމީދު ކަނޑާނުލުމީ ގައުމީ މަސްލަހަތަށް ޖާގަ ދިނުމެވެ،" ކުރިން ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި އިނާޒުގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރަށް އިނާޒު އެ ޕޯސްޓުގައި އެ މުއާމަލާތް ގުޅޭ ގޮތުން އެއްޗެއް ވިދާޅެއް ނުވެ އެވެ. ކޮމެންޓުކުރި ބައެއް މީހުން ބުނާ ގޮތުގައި އެ ޕޯސްޓު ރައްދުވަނީ ސަރުވަޝްއަށެވެ.

ގުޅުންހުރި - މަޝްވަރާ ކުރުމުގެ ފުރުސަތު އޮތް ކަމަށް އިނާޒު ވިދާޅުވި ނަމަވެސް، ސަރުވަޝް އިސްތިއުފާ ދެއްވީ އެ މުއާމަލާތް ކުރިއަށް ގެންދިއުމަށް މިދިޔަ ހޯމަ ދުވަހު ޕެންޝަން ފަންޑުގެ ބޯޑުން ނިންމުމާ ގުޅިގެންނެވެ.

ރައީސް މުހައްމަދު މުއިއްޒަށް ސަރުވަޝް ފޮނުވި އިސްތިއުފާ ސިޓީގައި އޭނާ ވިދާޅުވީ، އެމްއެމްއޭ މެދުވެރިވެގެން އެ މުއާމަލާތް ހިންގާތީ، ސްކީމަށް ބޮޑެތި ނުރައްކާތައް ހުރި ކަމަށެވެ. އަދި ޕެންޝަން އޮފީހާ ދޭތެރޭ ރައްޔިތުންގެ ތަސައްވުރު ކިލަނބުވާނެ ކަމަށް ސިޓީގައި ލިއުއްވާފައިވެ އެވެ.

މަރުކަޒީ ބޭންކުން ނޫން ގޮތެއްގައި އެ ފައިސާ ހޯދައިގެން މި މުއާމަލާތް ކުރިއަށް ގެންދިއުމުގައި ސަރުވަޝްގެ އިއުތިރާޒެއް ނެތް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އެގޮތުން:

  • ބޮންޑަށް އިންވެސްޓްކުރަން ބޭނުންވާ ފައިސާ، ބާޒާރުން ނުވަތަ ހަގީގީ އިންސްޓިޓީއުޝަނަލް އިންވެސްޓަރުންގެ ފަރާތުން ހޯދިދާނެ

  • ޕެންޝަން ފަންޑޫގެ އަމިއްލަ ލިކުއިޑިޓީ ބޭނުންކޮށްގެން ބޮންޑަށް އިންވެސްޓްކުރުމުގެ މުއާމަލާތް ކުރިއަށް ގެންދެވިދާނެ

  • އޭރަށް ޑޮލަރުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިވާއިރު، ދިމާވާނެ ހިރާސްތަކާއި ގޮންޖެހުންތައް ވެސް ކުޑަވާނެ

ކޮމެންޓް (1)

ތައިަލޭންޑް

24 އޮކްޓޯބަރު 2025
ޔޫ ކާންޓް އޯލްވޭސް ހައިޑް ބިހައިންޑް އަ ސްމައިލް އެންޑް އަ ވޮރޑް އޮޓޫ އޮން ނޮންސަންސް
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް