ކުރީގެ ތިން ރައީސުން (ކ-ވ): ސޯލިހް، ޔާމީން އަދި ނަޝީދު

ސިޔާސީ

އެކުގައި މަސައްކަތް ކުރަން ކުރީގެ ތިން ރައީސުން ބައްދަލުވުމެއް ބާއްވަނީ

މި ބައްދަލުވުން ވަރަށް އަވަހަށް ބާއްވާނެކަން ކަށަވަރުވީނަމަވެސް، އަދި ބައްދަލުވުން ތާވަލު ކުރާނެ ދުވަހެއް ޔަގީނެއް ނޫން

ނޫސްވެރިކަމުގެ މިނިވަންކަމަށްޓަކައި ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުގައި މަސައްކަތް ކުރުމަށް ތިން ބޭފުޅުންގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒުގެ 'ހުދުމުހުތާރު' ވެރިކަމުން މި ގައުމު ސަލާމަތްކުރުމަށް، އިދިކޮޅުގައި ތިއްބެވި ކުރީގެ ތިން ރައީސުން އެކުގައި ނުކުންނަވަން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިއްޔެ ވަނީ ގޮވާލައްވައިފަ އެވެ. އެއާ އެކު، އެކަމަށް ތައްޔާރަށް ހުންނެވިކަން ޔާމީން އިއްޔެ ވަނީ ހާމަކުރައްވާފަ އެވެ.

ތަފްސީލު - އިތުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް އެނގިފައިވާ ގޮތުގައި ތިން ރައީސުން މި މަސައްކަތުގައި މަޝްވަރާ ކުރުމަށް ވަރަށް އަވަހަށް ބަައްދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

"ތިން ބޭފުޅުން އެކީގައި މަސައްކަަތް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުން މި ބައްދަލުވުމުގެ ބޭނުމަކީ،" ބައްދަލުވުން އިންތިޒާމް ކުރުމުގައި އުޅޭ އިސް މީހަކު ބުންޏެވެ.

މި ބައްދަލުވުން އޮންނާނީ ކޮން އިރަކު އަދި ކޮންތާކު ކަމެއް ކަށަވަރެއް ނޫނެވެ. މިވަގުތު ޔާމީން އާއި ސޯލިހް މާލޭގައި ތިއްބެވި ނަމަވެސް، ނަޝީދު ވަނީ އެމަނިކުފާނުގެ ޗެއާޕާސަންގެ ކެމްޕެއިންނަށް މިއަދު ލ. އަތޮޅަށް ވަޑައިގެންފަ އެވެ. 

ބެލެވޭ ގޮތުގައި މި ބައްދަލުވުން ބާއްވާނީ، ނަޝީދު މާލެ ވަޑައިގަތުމުންނެވެ.

ފާހަގަކޮށްލެވޭ ކަމެއް - ރައީސް މުއިއްޒަށް ތުހުމަތުތަކެއްކޮށް، 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އެ ނޫހުގެ އިދާރާ ބަލާ ފާސްކޮށް އެތަނުގެ އިސް ދެ ވެރިއަކަށް ދައުލަތުން ވަނީ ދައުވާކޮށްފަ އެވެ. އަދި އެ ނޫހުގެ އިތުރު ދެ ނޫސްވެރިއަކު ވަނީ ހުކުމެއްކޮށް ޖަލަށް ލައިފަ އެވެ. އެގޮތުން: 

  • ސިއްރުކޮށްގެން އެއް ދުވަހެއްގައި ބޭއްވި އަޑުއެހުމުގައި އެ ނޫސްވެރިން ޖަލަށް ހުކުމްކޮށްފައިވަނީ، ޑޮކިމެންޓްރީ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރާ ހިލާފުވި ކަމަށް ބުނެ

ކޮމެންޓް (3)

ކިނބޫ

14 މޭ 2026
ޔާމީނުވެސް މައުމޫނު ހިނގި މަގުން ހިނގަން ފެށީ. މައުމުނު ދެކެ ފޫހި ވީހެން ޔާމީނު ދެކެވެސް ފޫހިވާން ފަށައިފި. މިހާތަނާ ޖެހެންދެން ވަރަށް ތާއީދު ކުރިން. އަހަރުމެން ތާއިދު ކުރަނީ ފިކުރަކަށް. ރީނދޫ ގަބީލާ މީހުންހެން މީހަކު ކަލާނގެވަންތަ ކޮށްގެނެއް ނޫޅެމު.
0 0

މަބުނީ

14 މޭ 2026
އާޚިރުގައި ތިކަން ނިމޭނީ ޔާމީނުގެ ފަހަތަށް އެމްޑީޕީ އަރައިއިގެންކަމަށް ފެންނަީ. އެނޫންގޮތަކަށް ތިކަންވާކަށްނެތް.
0 0

ކޮމޮޑަސް

14 މޭ 2026
ތިން ބޭފުޅުންނަކީވެސް ތަފާތު ތިން ފިކުރެއްގެ ސިޔާސީ ފަލްސަފާތައް ގެންގުޅުއްވާ ތިން ބޭފުޅުންނެވެ. ރައީސް ޔާމީނަކީ ދުލާއިގަލަމުގެ މިނިވަންކަމުގައި އަބުރު ރައްކާތެރިކުރުމަށް އަބަދުވެސް ބާރުއަޅާ ބޭފުޅެކެވެ. ރައީސް ނަޝީދުގެ ވިސްނުންފުޅުގައި އަބުރަކީ އެމީހަކު އަމިއްލައަށް ރައްކާތެރިކުރަންޖެހޭނެ އެއްޗެކެވެ. މީގެ ރަނގަޅާއި ގޯސް އެމީހަކަށް ފެންނަގޮތަކަށް ވަޒަންކުރާށެވެ. މި ތިން ބޭފުޅުންނަކީވެސް މުއިއްޒަށް ތުހުމަތު ކޮށްފައިވާފަދަ ކަމެއް ކުރާނެ ބަޔަކަށް ނުވާނެހާ ހިނދަކު - އެއްކޮށް މަސައްކަތް ކުރަންވީއެވެ. އެކަމަކު، ވެރިކަމަށް އަންނަން ކޯލިޝަން ހަދައިފިނަމަ އެއީ ގޯހެކެވެ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް