ރައީސް މުއިއްޒު މާމިގިލީގައި ވާހަަކަ ދެއްކެވި ޖަލްސާގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)

ރައީސް އިހުލާސްތެރިކަމަށް ގަބޫލުކުރީ ކޯޓުތަކަށް ނުފޫޒު ފޯރުވަނިކޮށް ނުފެންނާތީ: ގާސިމް

މިރޭ މާމިގިލީގައި ވާހަކަ ދައްކަވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ކުރިން އޮތް ކޮންމެ ސަރުކާރަކުން ވެސް ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވި ނަމަވެސް މި ސަރުކާރުގައި އެފަދަ ނުތާހިރު މަންޒަރެއް ނުފެންނަ ކަމަށް
6 އޮކްޓޯބަރު 2025
4

ރައީސް މުހައްމަދު މުއިއްޒު އިހުލާސްތެރިކަމާ އެކު ވެރިކަން ކުރައްވާ ކަމަށް ގަބޫލުކުރައްވާ އެންމެ ބޮޑު އެއް ސަބަބަކީ ކުރީގެ ވެރިންނާ ހިލާފަށް ކޯޓުތަކަށް ނުފޫޒު ނުފޯރުވާތީ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގައި ގާސިމް ތަމްސީލްކުރައްވާ މާމިގިލި ދާއިރާގެ މާމިގިލީގައި މިރޭ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒުއަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައި، އެމަނިކުފާނަށް ސެލިއުޓް ވެސް ކުރެއްވި އެވެ.

ބުނީ ކީކޭ؟ - މިއަދު ހަވީރު ފެންފުށީގައި ވެސް ތަކުރާރުކުރެއްވިހެން ރައީސް މުއިއްޒަށް ވުރެ އިހުލާސްތެރި ވެރިއަކު 2008ގެ ފަހުން ވެރިކަން ނުކުރައްވާ ކަމަށް ވިދާޅުވަނީ ސަބަބުތަކެއް ހުރުމުން ކަމަށް ގާސިމް ވިދާޅުވި އެވެ.

އޭގެ ތެރެއިން މުހިންމު ހަތަރު ސަބަބެއް ގާސިމް ފާހަގަކުރެއްވި އެވެ. އެއީ:

  • ރައީސް މުއިއްޒު އެއްވެސް ބޭފުޅަކަށް ކުޑައިމީސްކޮށް އެއްޗެއް ވިދާޅުވަނިކޮށް އަޅުގަނޑު ނުދެކޭތީވެ

  • އެއްވެސް މީހަކު ސިޔާސީ ގޮތުން ދަމައި ހައްޔަރުކުރި ތަނެއް ނުފެނޭ

  • އެއްވެސް ފަނޑިޔާރަކު ހުއްޓުވައި، ސުޕްރީމް ކޯޓުގައި ތަޅު އެޅުވި ތަނެއް ނުދެކޭތީ

  • ދައުލަތް ދަރާފައިވާ ހާލަތުގައި ވެސް ވައުދުތައް ފުއްދެވުމަށް ބުރަކޮށް މަސައްކަތްކުރައްވާތީ

ގާސިމް ވިދާޅުވީ ވެރިކަންކުރެއްވި އެހެން ކޮންމެ ބޭފުޅަކު ވެސް ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާފައިވާ ކަމަށެވެ.

"ވެރިކަން ކުރެއްވި އެހެން ބޭފުޅުން އެ ކަން ވެސް ކުރެއްވިއޭ. ޖުޑީޝަލް ސާވިސް ކޮމިޝަނުގައި ވެސް ތަޅު އެޅުވިއޭ. ކިތައް ފަނޑިޔާރުންތޯ ބަދަލުކުރިތޯ ސުޕްރީމް ކޯޓުގެ،" ގާސިމް ވިދާޅުވި އެވެ.

ޕާޓީން ވަކިވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނަައި އިސްލާހުގެ މައްސަލަ ބަލަމުން ދަނިކޮށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށް އެއް ފަނޑިޔާރު އިސްތިއުފާ ދެއްވުމާއި އަނެއް ދެ ފަނޑިޔާރު ވަކިކުރުން ވެސް ގާސިމް ދިފާއުކުރެއްވި އެވެ.

ގާސިމް ވިދާޅުވީ އެއީ ރައީސް މުއިއްޒު ޒިންމާ ނަންގަވަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

"މިއަދު މަނިކުފާނުގެ ސަރުކާރަށް ވަޑައިގަތީމާ ސުޕްރީމް ކޯޓުގެ އެއް ބޭފުޅަކު އިސްތިއުފާ ދެއްވީ. އަނެއް ދެ ބޭފުޅުން ކުށުގެ ކަމެއްގައި އަމިއްލައަށް ބެނދުނީމާ ވަކިކުރުމަކީ މަނިކުފާނު ކުރައްވާނެ ކަމެއްނޫން،" ގާސިމް ވިދާޅުވި އެވެ.

ރައީސް މުއިއްޒު މާމިގިލީގައި ވާހަަކަ ދެއްކެވި ޖަލްސާގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)

"އަޑަށް ބާރުލާފައި އަޅުގަނޑު މި ދަންނަވަނީ މަނިކުފާނަށް ވުރެ ތާހިރުކޮށް ވެރިކަން ކުރެއްވި ބޭފުޅެއް އަދި 2008ގެ ފަހަކުން ނާދެއޭ،" ގާސިމް އިތުރަށް ވިދާޅުވި އެވެ.

އެނގުން މުހިންމު - ގާސިމް މިހެން ވިދާޅުވި ނަމަވެސް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރަނީ ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުގެ ނިންމުމެއްގެ މައްސަލައެއްގައި އެ ކަން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އަޑުއެހުން ފަށަން ކުޑަތަންވެފައިވަނިކޮށެވެ.

އޭގެ ކުރިން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ޖެހޭ ގޮތަށް ކޯޓުގެ ބެންޗު ބަދަލުުކުރުމަށް ވެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވެ އެވެ. އެ ގޮތަށް ވިޕްލައިން ނެރެފައިވަނިކޮށް އެހެން ގޮތަކަށް ވޯޓު ދެއްވައިގެން ވެސް ނުވާނެ ކަމަށް ރައީސް ވިދާޅުވެފައިވެސް ވެ އެވެ. ނަމަވެސް ބިލު ތަސްދީގެއް ނުކުރެއްވި އެވެ.

ކަންކަން ހިނގި ގޮތް:

  • ސުޕްރީމް ކޯޓުގައި ހިނގަމުން ދިޔަ މައްސަލަ ނިމެންދެން، ގާނޫނުއަސާސީއަށް އިތުރުކުރި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކުގެ މާއްދާތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ހުށަހަޅާފައިވޭ

  • އެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއްގެ ނޯޓިސް ފޮނުވީ މިދިޔަ 25 ފެބްރުއަރީގެ ރޭގަނޑު 9 ޖަހާއިރު؛ ވަގުތީ އަމުރާ ގުޅޭ އަޑުއެހުން ތާވަލުކުރީ 26 ފެބްރުއަރީގެ ހެނދުނު 11 ޖަހާއިރަށް

  • ތިން ފަނޑިޔާރެއްގެ މައްސަލަ، ކާކުކަން ނޭނގޭ ގޮތަށް އަމިއްލަ ފަރުދަކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅީ އެ ދުވަހުގެ ރޭ ދަންވަރު 1 ޖަހާކަށް ހާއިރު

  • އޭސީސީގެ ރައީސް އާދަމް ޝާމިލްގެ ސިޓީއެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ފޮނުވީ 26 ފެބްރުއަރީގެ ހެނދުނު 10 ޖަހަން އުޅެނިކޮށް

  • ޖޭއެސްސީގެ މެންބަރުންނަށް ކުއްލި ބައްދަލުވުމެއް 10:30ގައި ބާއްވަން އުޅޭ ކަމުގެ ނޯޓިސް ފޮނުވައި އަޑުއެހުން ފަށަން ފަނޑިޔާރުން ތައްޔާރުވެފައި ވަނިކޮށް ސަސްޕެންޑްކުރުމަށް ކޮމިޝަނުން ނިންމި

ކޮމެންޓް (4)

ސިކުނޑި

7 އޮކްޓޯބަރު 2025
ނިމިދިޔަ ހަފުތާގައި ހަސްފަތާލުން ދޫކޮށްލީ! މިހާރު އެހެރީ ދައްކާ ވާހަކަ! ހެޔޮނުވާނެ! މާމިގިލީގައި ތިބެނީ ލޯކަނު ބީރުންނެއް ނޫން!
2 1

ތެފައާސާ.

7 އޮކްޓޯބަރު 2025
އޮނަރަބަލް ގާސިމް ސެލިއުޓް ކުރެއްވީ އެންމެ އަތަކުންތާ. މަށަށްވެސް ބޮޑެތިސިންގާ ބިންބިމާއި ފަޅާއި ގިރިއާއި ރަށްރަށާއި މިލިއަން ރުފިޔާގެ ބަދަލު ދޭނަމަ އެއްއަތް ކީއްކުރަން ހަތަރެސްފައިން އަބަދުމެ ސެލިއުޓުކޮށްގެން އޮންނާނީ. މިބުނަނީއަކީ އޭރަކު އޮންނަ ސަރުކާރަކަށް ވައި އަޅުވައިގެން އޮނަރަބަލް ގާސިމްްއަށް މިބުނިކަހަލަ މަންފާތަކެއް ލިބެއެކޭ ނޫން.
4 0

ޤާސިމްއިބްރާހިމް

7 އޮކްޓޯބަރު 2025
ކަލޯމަށަ 18މިލިޔަންޑޮލަރުގެ ބަދަލްލިބެންދެން ޝަނާ ކިޔާނަން ލިބުނީމަ ދެން ފިލުމުގެ ފަހު މަންޒަރު ފެންނާނީ…
3 0

ޑިމެން...

6 އޮކްޓޯބަރު 2025
ގާސިމް ބޯހަމަޖެހޭތޯ ބަލާލަން ޖެހޭ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް