ރިޔާސީ ބަޔާން އިއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ . (ފައިލް ފޮޓޯ/މަޖިލިސް)

ދެ ފަނޑިޔާރަކު ވަކިކުރާ ބިލުގެ ވޯޓުގައި ޕީއެންސީގެ ބައެއް މެންބަރުން ބައިވެރިނުވުމުން ރައީސް ކުށްވެރިކުރައްވައިފި

ރައީސް ވިދާޅުވި ގޮތުގައި ޕާޓީގެ ޕީޖީން އެ ބިލާ ގުޅޭ ގޮތުން ވިޕެއް ނެރެފައި އޮއްވާ، އެއާ ހިލާފުވުމަކީ އެއްވެސް ބޭފުޅަކު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކުރާ ގޮތަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަތުމަށް މިއަދު ނެގި ވޯޓުގައި ޕީއެންސީގެ ބައެއް މެންބަރުން ބައިވެރިވަޑައިނުގަތުމުން ރައީސް މުހައްމަދު މުއިއްޒު އެކަން ކުށްވެރިކުރައްވައިފި އެވެ.

ރައީސް ވިދާޅުވީ، ޕާޓީގެ ޕީޖީން އެ ބިލާ ގުޅޭ ގޮތުން ވިޕެއް ނެރެފައި އޮއްވައި، އެއާ ހިލާފުވުމަކީ އެއްވެސް ބޭފުޅަކު ކުރައްވައިގެން ވާނެ ކަމެއް ނޫން ކަމަށެެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކުރާ ގޮތަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަތުމަށް މިއަދު ނެގި ވޯޓުގައި ޕީއެންސީގެ ބައެއް މެންބަރުން ބައިވެރިވަޑައިނުގަތުމުން ރައީސް މުހައްމަދު މުއިއްޒު އެކަން ކުށްވެރިކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކޮށް، މިހާރު ތިއްބެވި އެ ކޯޓުުގެ ދެ ފަނޑިޔާރަކު މަގާމުން ވަކި ކުރާ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ބިލު، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ބަލައިގެންފަ އެވެ. 

"ޕާޓީން ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް، އެއާ ހިލާފުވުމަކީ އެއްވެސް ބޭފުޅަކު ކޮށްގެން ވާނެ ކަމެއް ނޫން އެއްވެސް ފަހަރަކު،" މަޖިލީހުގައި އެ ބިލު ބަލައިގަތުމަށް ވޯޓު ނެގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭ ރައީސް މުއިއްޒު އެ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ލިޔުއްވާފައިވެ އެވެ.

ރައީސް އެ މެސެޖު ފޮނުއްވިތާ އޭގެ ތިން މިނެޓު ފަހުން، ޕީޖީ ލީޑަރު ފަލާހު އެ މެންބަރުންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެ، އެ ގްރޫޕަށް މެސެޖު ކުރެއްވި އެވެ.

"ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް ގަސްތުގައި ވިޕްލައިންއާ ހިލާފުވާ ބޭފުޅުންނާ މެދު ގަވައިދުގައި އޮންނަ ފިޔަވަޅު އަޅާނަން،" ފަލާހު ލިޔުއްވި އެވެ.

ވިޕާ ހިލާފުވުމުން ގަވައިދުގައިވާ ފިޔަވަޅު އަޅާނެ ކަމަށް ފަލާހު ވިދާޅުވި ނަމަވެސް، އެ ގަވައިދަކީ އާންމުކޮށްފައިވާ ގަވައިދަކަށް ނުވާތީ، އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނޭނގެ އެވެ.

މި ވޯޓުގައި ބައިވެރި ނުވާ ޕީއެންސީގެ 10 މެންބަރުންނަކީ: 

  • 1-

    މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް

  • 2-

    އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ނަސީރު

  • 3-

    މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީޒު އަބްދުލްގާދިރު

  • 4-

    ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު އަފޫ ހާމިދު

  • 5-

    ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހާމިދު

  • 6-

    ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު

  • 7-

    ތިިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ

  • 8-

    ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފު ރަޝީދު

  • 9-

    ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން

  • 10-

    ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގް

މި ބިލާ ގުޅޭ ގޮތުން އިއްޔެ ޕީއެންސީގެ ޕީޖީން ބޭއްވި ބައްދަލުވުމުގައި ގިނަ މެންބަރުން މި ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި އެވެ. ނަމަވެސް އެ ބައްދަލުވުމުގައި ނިންމާފައި އޮތީ ސަރުކާރުން އަންގާ ގޮތަކަށް އަމަލު ކުރަން މެންބަރުން އެއްބަސްވާނެ ކަމަށެވެ. އަދި ރޭގެ ވަގުތެއްގައި މި ބިލަށް ތާއިދު ކުރުމަށް ޕީއެންސީގެ ލީޑާޝިޕުން ނިންމާފައިވާކަން މެންބަރުންނަށް އަންގި އެވެ.


ކޮމެންޓް (2)

މިސާލު

25 ފެބްރުއަރީ 2025
ޝާއިއު ކުރުމުގެ ކުރިން ރަނގަޅަށް ކިޔާލަން ފެނޭ. ރަނގަޅު ގޮތަކީ : ރައީސް ވިދާޅުވި ގޮތުގައި ޕާޓީގެ ޕީޖީން އެ ބިލާ ގުޅޭ ގޮތުން ވިޕެއް ނެރެފައި އޮއްވާ، އެއާ ހިލާފުވުމަކީ އެއްވެސް ބޭފުޅަކު ކޮށްގެން ވާނެ ކަމެއް ނޫން. ނުވަތަ : ރައީސް ވިދާޅުވީ ޕާޓީގެ ޕީޖީން އެ ބިލާ ގުޅޭ ގޮތުން ވިޕެއް ނެރެފައި އޮއްވާ، އެއާ ހިލާފުވުމަކީ އެއްވެސް ބޭފުޅަކު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް. އަދި ފިލިތައްވެސް ބަލާލަން ފެނޭ. މިސާލު : އަންގި
0 0

ސިކުނޑި

25 ފެބްރުއަރީ 2025
ރައީސް ހިތް ނުތަނަވަސް ވިޔަސް ސިޔާސީގޮތުން ދައްކަން ނުޖެހޭ ވާހަކަތައް ހުންނާނެ! ތިހާ ރުން ކުރުވެގެނެއް ވެރިކަމެއް ނުކުރެވޭނެ! އެކްސްގައި ހަސަން ކުރުސީ ފޮލޯ ކުރެއްވުން ހުއްޓާލަން ރައީސްއަށް ދަންނަވަން!!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް