މީޑިއާ ކޮމިޝަންގެ ބިލު މަޖިލީހަށް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހައްނާން އަބޫބަކުރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/މަޖިލިސް)
މީޑިއާ ބިލަށް ބަހުސްކުރަން ދައުރުން ބޭރުން މާދަމާ ޖަލްސާއެއް
މީޑިއާތަކާއި ނޫސްވެރިން ހިމެނޭ ގޮތަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ރެގިއުލޭޓްކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ބަހުސް ތާވަލުކޮށް، ދައުރުން ބޭރުން މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ކުރިން ވެސް މިފަދަ ބިލެއް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްހަންނާން އަބޫބަކުރު މަޖިލީހަށް 19 އޮގަސްޓުގައި ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިއުން އިއްވައި އިބްތިދާއީ ބަހުސް ވެސް އެ ދުވަހު ވަނީ ފަށާފަ އެވެ.
ނަމަވެސް، އެ ދުވަހު ހަތް މެންބަރަކު ވާހަކަ ދެއްކެވުމާ އެކު، ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ބިލަށް މަޖިލީހުގެ ހުރިހާ މެންބަރުން ވެސް ބަހުސް ކުރައްވަން ބޭނުންވާކަން ފާހަގަކުރެއްވޭ ކަމަށެވެ. އެއާ އެކު އިބުތިދާއީ ބަހުސް އެ ދުވަހު އިތުރަށް ކުރިއަށް ނުގެންގޮސް ނިންމާލީ އެވެ.
އެއީ މަޖިލީހުގެ އެ ދައުރުގެ ފަހު ޖަލްސާ އެވެ. ދެން އޮތް ދައުރު ފަށާނީ 1 އޮކްޓޫބަރުގަ އެވެ.
ތަފްސީލް - ނަމަވެސް ދައުރުން ބޭރުން މާދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ތާވަލުކޮށް، މީޑިއާ ބިލަށް ބަހުސްކުރުން ވެސް އެޖެންޑާގައި ވަނީ ހިމަނާފަ އެވެ.
ފާހަގަކުރެވޭ - އެ ބިލުގެ ބަހުސް މި ތާވަލްކުރީ ބިލު އަނބުރާ ގެންދިއުމަށް ގިނަ އަދަދެއްގެ ނޫސްވެރިންނާއި މޯލްޑިވްސް މީޑިއާ ކައުންސިލާއި ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ދިވެހި އަދި ބޭރުގެ ޖަމިއްޔާތަކުން ގޮވާލަމުން ދަނިކޮށެވެ.
އިތުރަށް ކިޔާލަން
މީޑިއާ ބިލުގެ ނުރައްކާ އޮތީ އެންމެންނަށް: ތަޖުރިބާކާރު ނޫސްވެރިން
26 އޯގަސްޓު 2025
'މީޑިއާ ކޮންޓްރޯލުކުރާ' ބިލު އަނބުރާ ގެންދަން ސީޕީޖޭން ގޮވާލައިފި
22 އޯގަސްޓު 2025
ބިލު އިސްލާހުނުކޮށް، އެމްއެމްސީން ގޮވާލީ އެއްކޮށް ބޭރުކުރަން
21 އޯގަސްޓު 2025
'މީީޑިއާ ކޮންޓްރޯލް ބިލު' ބޭރުކުރަން އައިއެފްޖޭން ގޮވާލައިފި
20 އޯގަސްޓު 2025
ތިއީ ނޫސްވެރިކަމަށް ބޮޑު ހަމަލާއެއް؛ ބިލު އަނބުރާ ގެންދޭ: ސޯލިހު
19 އޯގަސްޓު 2025
މީޑިއާތަކާ ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމާނާ ކުރެވޭ ބިލެއް
19 އޯގަސްޓު 2025
ބިލުގެ ތަފްސީލް - މިހާރު އެ ބިލުގައިވާ ގޮތުން، އެ ބިލު ގާނޫނަކަށް ވުމާ އެކު، މިހާރު އޮތް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވޭނެ އެވެ. އެެއަށް ފަހު އެތަނުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން' ނަމުގައި ރައީސް އުފައްދަވާ އޮފީހަކުންނެވެ.
ބިލުގައި ވާގޮތުން އެ ކޮމިޝަން އެކުލެވިގެންވާނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެއީ:
-
ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސް އައްޔަންކުރާ ތިން މެމްބަރުން؛ ކޮމިޝަނުގެ ރައީސް އައްޔަންކުރާނީ ވެސް މަޖިލީހުން
-
މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުން
-
މި ކޮމިޝަނަށް އައްޔަންކުރާ މީހުންގެ އުމުރު ވެސް 30 އަހަރަށް މަތިކުރަން ހިމަނާފައިވޭ؛ މިހާރު އޮންނަނީ 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ކުރިމަތިލެވޭ ގޮތަށް
-
މީޑިއާއެއްގެ މަސްއޫލުވެރި ފަރާތަކަށް ނުވަތަ އެޑިޓަރަކަށް މި ކޮމިޝަނުގެ މެމްބަރަކަށް ނުވެވޭނެ
-
ކޮމިޝަނަށް މެމްބަރުން އިންތިހާބުކުރުމަށް އިންތިހާބު ބާއްވަންޖެހޭނީ އިލެކްޝަން ކޮމިޝަނުން
ކޮމިޝަނަށް މެމްބަރުން އައްޔަންކުރެވެންދެން ކޮމިޝަން ވަގުތީ ގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާ ފަސް މެމްބަރުންގެ ވަގުތީ ކޮމެޓީއަކުން ކަމަށް ބިލުގައިވެ އެވެ. މި ކޮމިޝަނަށް ދީފައިވާ ބާރުތަކުގެ ތެރޭގައި:
-
މި ގާނޫނުގައި ބުނާ މިންގަނޑުތަކާ ހިލާފުވެއްޖެ ނަމަ 5000ރ. އާ 100،000ރ. ދެމެދުގެ އަދަދަކަށް މީޑިއާތައް ޖޫރިމަނާކުރުމުގެ ބާރު
-
ކޯޓަށް ގޮސްގެން ނޫސްތަކުގެ ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު
-
ކަމެއް ރަނގަޅުކުރަން އަންގާފައިވާ މުއްދަތުގައި އެކަމެއް އިސްލާހުނުކޮށްފި ނަަމަ 5000ރ. އާއި 25000ރ. އާ ދެމެދުގެ އަދަދަކުން ނޫސްވެރިން ޖޫރިމަނާކުރުމުގެ ބާރު
-
ޝާއިއުކުރާ ނުވަތަ ބްރޯޑްކާސްޓުކުރާ އެއްޗަކާ ގުޅިގެން މީހެއްގެ ހައްގަކަށް އުނިކަމެއް ލިބިއްޖެކަމަށް ބުނެ ނުވަތަ ލިބިދޭނެ ކަމަށް ބުނެ ހުށަހަޅާ ޝަކުވާތައް ބެލުުމުގެ ބާރު
ކޮމެންޓް (1)
ތެފައާސާ.