ކުރީގެ ރައީސް މުހައްމަދު ނަޝީދު، މަޖިލިސް ރައީސްއަކަށް ހުންނެވިއިރު އޭރު އިންތިހާބީ ރައީސް މުހައްމަދު މުއިއްޒުއާއެކު މަޖިލިސް އިދާރާގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން (މިހާރު ފައިލް ފޮޓޯ/ ފަޔާޒު މޫސާ)
ބިނާކުރަންވީ ހައްގުތައް ރައްކާތެރިކުރެވޭނެ ގައުމިއްޔަތެއް: ނަޝީދު
ބިނާކުރަންވީ، އިންސާނީ ހައްގުތައް ރައްކާތެރި ކުރުމާއި ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިން ތަނަވަސްކަން ހޯދޭނެ ގައުމިއްޔަތެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް މުހައްމަދު މުއިއްޒު މިއަދު ދެއްކެވި ވާހަކައަށް ނުސީދާ ރައްދެއް ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ނަވާރަ ވަނަ މަޖިލީހުގައި މަޖިލީހުގެ ރައީސްކަން ކުރެއްވި ނަޝީދު މިގޮތަށް ވިދާޅުވީ މިއަދު ފާހަގަ ކުރާ ގައުމީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ، އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ބުނީ ކީކޭ؟ - "ބިނާކުރަންވީ އިސްލާމީ މަތިވެރި އުސޫލުތަކާއި އިންސާނީ ހައްގުތައް ރައްކާތެރިކުރުމާއި ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިން ތަނަވަސްކަމާއި ފާގަތިކަން ހޯދޭނެ ގައުމިއްޔަތެއް. އުފާވެރި ގައުމީ ދުވަހުގެ ތަހުނިޔާ ދަންނަވަން،" ނަޝީދުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
ފާހަގަކޮށްލެވޭ - ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނި ކުރެވޭ ގޮތަށް އަދި މީޑިއާގެ ކޮންޓްރޯލް ސަރުކާރަށް ލިބޭ ބިލެއް ތުޅާދޫ ދާއިރާގެ މަޖިލިސް މެންނަރު އަބްުދުލްހަންނާން އަބޫބަކުރު ވަނީ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ހިމެނޭހެން ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ތާއީދުކުރައްވާފައި އެ ބިލާ ދެކޮޅަށް ނޫސްވެރިން އަންނަނީ ބޮޑު ކެމްޕެއިންެނެއް ކުރަމުން އެވެ.
ނަޝީދުގެ ޕޯސްޓްގެ ކުރިން މިއަދު ހެނދުނު ހއ. އުތީމުގައި ބޭއްވި ގައުމީ ދުވަހުގެ ޖަލްސާގައި ރައީސް މުއިއްޒު ވަނީ އެ ބިލަށް ތާއީދު ކުރާ މޭރުމަކުން ވާހަކަ ދައްކަވައިފަ އެވެ. އަދި ގައުމިއްޔަތާ ގުޅުވައި ރައީސް މުއިއްޒު ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ވެސް އޮންނަން ވާނީ ވަކި ހުދޫދެއްގެ ތެރޭގައި ކަމަށެވެ. ރައީސްގެ މުޅި ހިތޯބު ވެސް ބިނާކުރެއްވީ އެ މައުލޫގަ އެވެ.
"އަޅުގަނޑުމެންގެ އެއްވެސް މީހަކަށް އޮތް ހައްގެއް ނޫންކަން އަނެކާގެ އިއްޒަތާއި އަބުރާއި ޝަރަފެއް ނޫންކަން އަނެކާގެ އިއްޒަތާއި ޝަރަފަށް އަރައިގަތުމަކީ. އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް މިނިވަންކަމެއް ނޫންކަން ތިމަންނަ ހިތަށް އަންނަހާ އެއްޗެއް ދުލުން ބޭރުކޮށްލުމަކީ ބެލުމެއް ނެތި. ތިމަންނަ ހިތަށް އަންނަހާ އެއްޗެއް ގަލަމުން ލިޔުމަކީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
އިތުރަށް ކިޔާލަން
'ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުން ހަނިކުރާ ގާނޫނުތައް އުވާލާނަން'
24 އޯގަސްޓު 2025
ބިލު އިސްލާހުނުކޮށް، އެމްއެމްސީން ގޮވާލީ އެއްކޮށް ބޭރުކުރަން
21 އޯގަސްޓު 2025
އަނެއްކާވެސް މި އުޅެނީ ވިސްނުމުގައި ހިލިހިލާ ޖަހަން
19 އޯގަސްޓު 2025
އާ ބިލާހެދި ނޫސްވެރިކަން ދެން ވާނީ މަރު: އެމްޖޭއޭ
19 އޯގަސްޓު 2025