ކެއުމަށް ފަހުގައި ވަގުތުން ސިނގިރޭޓެއް ބޯލުމުގެ އާދަ ހުއްޓާލަން ޖެހޭ ސަބަބުތައް ވަރަށް މުހިއްމު.

ދުންފަތް

ސިނގިރޭޓާއި ބިޑިން ނަގާ ޓެކުހާއި ޑިއުޓީ ބޮޑުކުރަނީ؛ ފޮއްޓެއް 200ރ.އަށް އަރާނެ

ދުންފަތުގެ އިސްތިއުމާލު ކުރަން އާދަވެފައިވާ ފަރާތްތަކުން އެ އާދައިން ދުރުވެގަތުމަށް އެހީތެރިވުމަށް ގައުމީ ލެވެލްގައި، ފަންނީ ގޮތުން ބަލައިގަންނަ ވަށާޖެހޭ ބޮޑު ކެންޕޭނެއް ފެށުމަށް ވަނީ ނިންމާފައި

ސިނގިރެޓާއި ބިޑިން ނަގާ ޓެކްސް ބޮޑުކޮށް، އެ ތަކެތިން ނަގާ އިމްޕޯޓު ޑިއުޓީ ވެސް ބޮޑު ކުރަން ރައީސް މުހައްމަދު މުއިއްޒު ނިިންމައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް މުއިއްޒު ދެންމެ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.

ތަފްސީލް - ރައީސް ވިދާޅުވީ އެ ފިޔަވަޅުތަކާ އެކު ދުންފަތާ ދެކޮޅަށް ކެމްޕޭނެއް ވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

ދުންފަތާ ދުރުހެލިކުރުމަށް އަޅަން ނިންމެވި ފިޔަވަޅުތަކަކީ:

  • ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް އަންނަ މަހުން ފެށިގެން ބޮޑުކުރުން؛ އެ ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ގެނައުމަށް މި ހަފްތާގައި މަޖިލީހަށް ފޮނުވާނެ

  • ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓު ޑިއުޓީގެ ސްޕެސިފިކް ރޭޓު 3ރ. އިން 8ރ.އަށް މަތިކުރުން؛ މިއާ އެކު ކޮންމެ ސިނގިރޭޓަކުން 5ރ. ބޮޑުވާނެ

  • މި ބަދަލާ އެކު މިހާރު ސިނގިރޭޓު ފޮއްޓެއް ގަންނަން ލިބޭ އަގަށް ވުރެ 100ރ. ބޮޑުވާނެ؛ މިހާރު ފޮއްޓެއް ވިއްކަނީ 100ރ.އަށް ވުރެ ބޮޑު އަގެއްގައި

  • ސިނގިރޭޓާއި މުދަލުން ނަގާ އެޑްވަލޮރަމް ރޭޓު %50 އިން %100އަށް މަތިކުރުން

ރައީސް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރަން އާދަވެފައިވާ ފަރާތްތަކުން އެ އާދައިން ދުރުވެގަތުމަށް އެހީތެރިވުމަށް ގައުމީ ލެވެލްގައި، ފަންނީ ގޮތުން ބަލައިގަންނަ ވަށާޖެހޭ ބޮޑު ކެންޕޭނެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ.

"ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވެފައިވާ މުޖުތަމައަކަށް އަޅުގަނޑުމެންގެ މި ރާއްޖެ ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަމަށް އަޅުގަނޑު އެދެން." ރައީސް ވިދާޅުވި އެވެ.

ގުޅުން ހުރި - ސިނގިރޭޓާއި ބިޑިން ނަގާ ޓެކުހާއި ޑިއުޓީތައް ބޮޑުކުރަން ނިންމާފައި ވާއިރު، އަންނަ މަހުގެ 15 އިން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން މަނާކުރަން ނިންމާފައިވާ ކަމަށް ރައީސް އިއްޔެ އިއުލާނު ކުރެއްވި އެވެ.

ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭ ބެހުން އަންނަ 15 ޑިސެމްބަރުން ފެށިގެން މަނާކުރުމަށް ވެސް ވަނީ ނިންމަވައިފަ އެވެ.

ކޮމެންޓް (3)

ލޮލް

15 އޮކްޓޯބަރު 2024
varah molhu sarukaareh me , moya vedhaane
0 0

ޙިން

15 އޮކްޓޯބަރު 2024
200 ރުފިޔާ އަށްް ނޫން ވިއްކަން ވީ. 400 އަށް. ދުންފަތް އަގު ބޮޑު ކުރަން ވީ. ނަތީޖާ ހާސިލްވާނީ އޭރުން
2 1

އަމީނު

15 އޮކްޓޯބަރު 2024
ދުނިޔޭގެ އެހެން ގައުމުތައްވެސް އެބަހުރި ސިގިރެޓް ޑިއުޓީ ވަރައްބޮޑުކޮއްނަގާ..އެހެނަސް އެގޮތައްނަގަނީ ކޮންމެ އަހަރަކު ވަކިވަރެއްބޮޑުކުރަމުންގޮސް..މިގައުމުގަ ވެރިމީހާގެ މޫޑައް މި ޑިޕެންޑްވަނީ..އެއްވެސް ޕްލޭނެއްނޯވޭ.
4 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް