ވޭޕް ކުރުމާއި ސިނގިރެޓް ބުޔުން މަނާކަން އަންގައިދޭ ބޯޑްތަކެއް ބަހައްޓާފައި: ޑިސެމްބަރު މަހުން ފެށިގެން ވޭޕްކުރުން ރާއްޖޭގައި މަނާވާނެ

ވޭޕް

ވޭޕް ކުރުމަށް ގެންގުޅޭ ބާވަތްތައް ރާއްޖޭގައި މަނާކުރަން ސަރުކާރުން ނިންމައިފި

ވޭޕް އެތެރެކުރުން 15 ނޮވެމްބަރުން ފެށިގެން މަނާވާނެ އަދި ވޭޕް ގެންގުޅުމާއި ބޭނުންކުރުން 15 ޑިސެމްބަރުން ފެށިގެން މަނާވާނެ
14 އޮކްޓޯބަރު 2024
2

ވޭޕްކުރަން ބޭނުންކުުރާ އެންމެހާ ތަކެތި ރާއްޖެ އެތެރެކުރުމާއި ބޭނުންކުރުން މަނާކުރަން ސަރުކާރުން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު ދާދި ދެންމެއަކު އެކްސްގައި އިއުލާންކުރެއްވި ގޮތުގައި ވޭޕްކުރަން ބޭނުންކުރާ ހުރިހާ ބާވަތްތަކެއް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ގެންގުޅުން މަނާކުރުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން މިއަދު ކަމާ ބެހޭ ފަރާތްތަކަށް ވަނީ އަންގައިފަ އެވެ.

ތަފްސީލް - ރައީސްގެ ޕޯސްޓްގައި ވިދާޅުވި ގޮތުގައި މިހާރު އަންގާފައި ވަނީ: 

  • ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން އަންނަ 15 ނޮވެމްބަރުން ފެށިގެން މަނާކުރުން

  •  ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން އަންނަ 15 ޑިސެމްބަރުން ފެށިގެން މަނާކުރުމަށް

"[ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި] މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑު އަންގައިފިން،" ރައީސް ލިޔުއްވާފައިވެ އެވެ. 

ފާހަގަކޮށްލެވޭ - ވޭޕް އާއި އީ-ސިނގިރޭޓް ރާއްޖޭގައި އާންމުވެ އެކަމުގެ ސަބަބުން ޒުވާނުންނާއި އެކި އުމުރުފުރައިގެ މީހުންގެ ސިއްހަތަށް ނޭދެވޭ އަސަރުކޮށް އެކަމާ ގުޅިފައިވާ ސީރިއަސް ސިއްހީ މައްސަލަތައް ރާއްޖޭގައި ވެސް ވަނީ އިތުރުވާން ފަށައިފަ އެވެ. އެކަމާ ގުޅިގެން ވޭޕް އާއި އީ-ސިގިރޭޓް ރާއްޖޭގައި މަނާކުރަން އެކި ޖަމްއިއްޔާ ޖަމާއަތްތަކުން ސަރުކާރަށް ދިޔައީ ގޮވާލައި ބާރުއަޅަމުންނެވެ. 

ކޮމެންޓް (2)

ޖުއްބާ

14 އޮކްޓޯބަރު 2024
މީ ސިގިރޭޓު ހޯދި ބޮޑު ކާމިޔާބީއެއް. ދެން ސިގިރޭޓުގެ ޑިމާންޑު އިންތިހާ ބޮޑުވެގެންދާނެ. ގިނަ ޒުވާނުން ވޭޕު ބޭނުންކުރަނީ ސިނގިރޭޓާ ދުރުވާން. މުއިއްޒު ތިހެދިގޮތުން ޒުވާނުން ދެން އިންތިހާއައް ސިގިރޭޓު ބޭނުން ކުރާނެ.
1 0

ކިރަމަން

14 އޮކްޓޯބަރު 2024
މާނައަކީ ސިނގިރޭޓް އޯކޭއޭ. ސިނގިރެޓްގެ މާރކެޓް ވޭޕުން ނެގީބާ؟ ފައިދާ ލިބެނީ އެކިމިހުންނަށް އެކި ކަންކަމުން
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް