ޖީއެމްސީއީ ނުވަތަ ޖެމްކިއު ބޭނުން ކުރަނިކޮށް

ގިނަ ބަޔަކަށް ލަނޑުދެނިކޮށް ޖީއެމްސީއީ ސްކީމު ޗައިނާގައި ވެސް ހުއްޓުވައިފި

އެ ސްކީމުތައް ހިންގުމުގެ އަޑީގައި ތިބި ނުވަތަ އެ ސްކީމުތަކާ ގުޅުން ހުރި ބަޔަކު އަދި ހައްޔަރުކޮށްފައެއް ނުވޭ

ބޮޑެތި ފައިދާ ލިބޭނެ ކަމަށް އިޝްތިހާރުކޮށްގެން ޗައިނާގައި ހިންގަމުން ދިޔަ ޕިރަމިޑް ސްކީމުތަކެއް ހުއްޓުވިއިރު، އޭގެ ތެރޭގައި ދިވެހި އެތައް ބަޔަކަށް ލަނޑުދިން ޖީއެމްސީއީ ނުވަތަ ޖެމްކިޔު ވެސް ހިމެނިއްޖެ އެވެ.

ވީ ކިހިނެއް؟ - ޗައިނާގެ ޝެންޖެންގައި ފުޅާ ދާއިރާއެއްގައި ހިންގަމުން ދިޔަ މި ސްކީމުތަކުގެެ ތެރޭގައި މި ފަހުން ރާއްޖޭގައި ޖީއެމްސީއީ ނުވަތަ ޖެމްކިޔުގެ ނަމުގައި  ހިންގި އަދި އެތައް ބަޔަކަށް މާލީ ގޮތުން ބޮޑެތި ގެއްލުންތައް ދިން ޖީއެމްސީއީ ހިމެނެ އެވެ.

ތަފްސީލް - ޗައިނާގައި ވެސް ޖީއެމްސީއީގެ މަގުބޫލުކަން އިތުރުވެ، އެ ސްކީމުގެ ކަންތައް އެ ގައުމުގެ ކަމާ ގުޅުންހުރި އިދާރާތަކުން ވަނީ ގާތުން މޮނީޓާކޮށްފަ އެވެ. ރާއްޖޭގެ ކަމާ ގުޅޭ ފަރާތްތަކާ ގުޅިގެން ޖީއެމްސީއީ ސްކީމުގެ މުއާމަލާތްތަކާ ގުޅޭ ތަހުގީގު ކުރިއަށް ގެންދާ ކަމަށް ޗައިނާއާ ގުޅުންހުރި ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.

އެ ސްކީމުތައް ހިންގުމުގެ އަޑީގައި ތިބި ނުވަތަ އެ ސްކީމުތަކާ ގުޅުން ހުރި ބަޔަކު އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ.

ޖީއެމްސީއީ ސްކީމަކީ ޕިރަމިޑް ސްކީމެއް ކަމަށް ކަނޑައަޅައި އެ ސްކީމާ ގުޅުން ހުރި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ތަހުގީގު ކުރިއަށް ގެންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

މިފަދަ ސްކީމުތައް ކުރިއަށް ގެންދަނީ ބޮޑު ފައިދާއެއް ލިބޭނެ ކަމަށް އިންވެސްޓަރުންނަށް ދައްކައި އެއީ އަސްލު ސްކީމުތަކެއް ކަމަށް އިންވެސްޓަރުންނަށް ކިޔައިދީގެންނެވެ.

ޗައިނާގައި ގިނަ ބައެއްގެ މެދުގައި މަގުބޫލު ތިން ސްކީމެއް ހުއްޓުވަން އެ ގައުމުގެ ސަރުކާރުން ހިންގި އޮޕަރޭޝަނުގެ މާ ބޮޑު ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ. އެ ގައުމުގައި ޕިރަމިޑް ސްކީމުތައް ހުއްޓުވަން ތަހުގީގު ފެށީ މި މަހު އެވެ.

އެނގުން މުހިންމު - ދިވެހި ފުލުހުން މީގެ ކުރިން ބުނީ ޖީއެމްސީއީ ސްކީމު ހިންގުމުގައި އުޅުނު 7 ދިވެއްސަކު ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެ ސްކީމު ފެށުނީ ރާއްޖެއިން ކަމަށް ވެސް ދެނެގަނެވިފައިވާ ކަމަށް ފުލުުހުން މީގެ ކުރިން ބުނެފައިވެ އެވެ.

ޕިރަމިޑް ސްކީމުތައް ހުއްޓުވުމަށް ޗައިނާގައި ހާއްސަ އޮޕަރޭޝަނެއް ފެށީ އިންވެސްޓަރުންގެ އިތުބާރު ދަމަހައްޓާ ނުވަތަ ކްރިޕްޓޯ ވިޔަފާރި ރެގިއުލޭޓުކޮށް، ގަވައިދުތަކުގެ ތެރެއިން އެ ވިޔަފާރިތައް ކުރިއަށް ގެންދިއުމަށް ބާރު އެޅުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް