ޖީއެމްސީއީ ނުވަތަ ޖެމްކިއު ބޭނުން ކުރަނިކޮށް

މަކަރާއި ހީލަތް

ބެލެވެނީ ޖީއެމްސީއީއަށް 2-3 މިލިއަން ޑޮލަރު އިންވެސްޓުކޮށްފައި ހުންނާނެ ކަމަށް: ޕޮލިސް

ޖީއެމްސީއީ ސްކީމުގެ ތަހުގީގު ފެށި އިރު 7،000 އެއްހައި މީހުން އެއަށް އިންވެސްޓުކޮށްގެން ތިބި ކަމަށް ބެލެވޭ ކަމަށާއި ފާއިތުވި ދެތިން މަސް ތެރޭ އެ އަދަދު ތިނެއް ނޫނީ ހަތަރު ގުނަ އިތުރުވެފައިވާނެ ކަމަށް ލަފާކުރެވޭ ކަމަށް ފުލުހުން ބުނި

ލަފާކުރެވޭ ގޮތުން ޖީއެމްސީއީއަށް 2-3 މިލިއަން ޑޮލަރު ދިވެހިން އިންވެސްޓުކޮށްފައި ހުންނާނެ ކަމަށް ފުލުހުން ބުނެފި އެވެ

ވީ ކިހިނެއް؟ - ޖީއެމްސީއީ ނުވަތަ ޖެމްކިޔުގެ ނަމުގައި ހިންގަމުންދާ އިންވެސްޓުމެންޓު ސްކީމަށް އިންވެސްޓުކުރި މީހުންނަށް ފައިސާ ނުނެގޭ މައްސަލަ ބޮޑުވެ، ސްކީމަށް އިންވެސްޓުކޮށްފައި ތިބި މީހުންނަށް ބޮޑު ގެއްލުމެއް ކުރިމަތިވެދާނެ ކަމުގެ ބިރު ހީވެ ޝަކުވާތައް ވަނީ ގިނަވެފަ އެވެ.

ތަފްސީލު - އެ ސްކީމުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު އެ އިދާރާގެ ހެޑް އޮފް އެންޓި ސްކޭމް ސެންޓަރު އާދަމް ނަވީދު މިއަދު ވިދާޅުވީ ޖީއެމްސީއީ ސްކީމުގެ ތަހުގީގު ފެށި އިރު 7،000އެއްހާ މީހުން އެއަށް އިންވެސްޓުކޮށްގެން ތިބި ކަމަށް ބެލެވޭ ކަމަށާއި ފާއިތުވި ދެތިން މަސް ތެރޭ އެ އަދަދު ތިނެއް ނޫނީ ހަތަރު ގުނަ އިތުރުވެފައިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"މިއީ ބޭންކިން ނިޒާމާ ގުޅިގެން ހިންގާ ފައިނޭންޝަލް ޓްރާންސެކްޝަންތަކެއް ނޫން. އެހެންވީމާ އެ އަދަދު ސީދާ ދަންވަން ދަތި،" އޭނާ ވިދާޅުވި އެވެ.

ހެޑް އޮފް އެންޓި ސްކޭމް ސެންޓަރު އާދަމް ނަވީދު (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މި ސްކީމުގައި އިންވެސްޓު ކުރި މީހުން އިންވެސްޓު ކުރި އަދަދު ވެސް ސީދާ ބުނަން ދަތި ކަމަށާއި ނަމަވެސް މިހާރު ލަފާކުރެވެނީ 2-3 މިލިއަން ޑޮލަރު ދިވެހިން އިންވެސްޓުކޮށްފައިވާނެ ކަމަށް ނަވީދު ވިދާޅުވި އެވެ.

"ބައެއް ކަހަލަ ފިގާސްތައް ކްރިޕްޓޯ ވޮލެޓު ޓްރޭސިންގެ ތެރެއިން ލިބޭނެ. އަޅުގަނޑުމެންނަށް އެ ޓްރޭސިންގެ ތެރެއިން އެބަ އެނގޭ މިލިއަން އެބަހުރިކަން ދައުރުވެފައި،" އޭނާ ވިދާޅުވި އެވެ.

މި ސްކީމުގައި މިހާތަނަށް ބައިވެރިވި މީހުން ބައިވެރިވެފައި ހުރީ މިއީ އޮޅުވާލުމެއްކަން ނޭނގި ކަމަށާއި ގިނަ ބަޔަކު ޖީއެމްސީއީގައި 'ޖެހުނީ' ގްރިޑް ޓްރޭޑުކޮށްގެން ފައިދާ ލިބޭ އެއްޗެއް ކަމަށް ދެކިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަވީދު ވިދާޅުވީ ޕޮންޒީ ސްކީމެއްގެ ހުރިހާ ސިފައެއް ޖީއެމްސީއީގައި ހިމެނޭ ކަމަށެވެ. މި ސްކީމު ހިންގާ ބަޔަކު ހޯދަން ކުރި މަސައްކަތުން މިހާތަނަށް އެ ސްކީމު ހިންގަނީ ސީދާ ކޮން ބައެއްކަން ދެނެގަނެވިފައި ނުވި ނަމަވެސް އެ ސްކީމު ރާއްޖޭގައި ޕްރޮމޯޓު ކުރާ މީހުން ދެނެގަނެވިފައިވާ ކަމަށް ނަވީދު ވިދާޅުވި އެވެ.

ނަވީދު މިއަދު ވިދާޅުވީ މި ސްކީމު ޕްރޮމޯޓުކުރުމުގައި އިސްކޮށް އުޅެނީ ހުސް ދިވެހިން ކަމަށާއި އެއީ އަންހެނަކާއި ހަ ފިރިހެނުން ކަމަށެވެ.

ޖީއެމްސީއީ ފެށިގެން އައީ ރާއްޖެއިން ކަމަށް މިހާތަނަށް ބެލިބެލުމުން ދެނެގަނެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (1)

ޓައްޓޭ

19 ޖޫން 2025
ތިޔަ ސްކީމުން ބަޔަކު ކުއްވެރިވާނަމަ އެންމެ ގިނަމީހުން އެއްމުއައްސަސާއަކުންވާނީ ފުލުހުން
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް