ޖީއެމްސީއީ ނުވަތަ ޖެމްކިއު ބޭނުން ކުރަނިކޮށް

ފުލުހުން

ޖީއެމްސީއީ ޕްރޮމޯޓު ކުރަން އުޅޭ 7 ދިވެހިން ދެނެގަނެވިއްޖެ: ޕޮލިސް

މިހާތަނަށް ބެލި ބެލުމުން މިއީ ރާއްޖޭން ފެށިގެން އުޅޭ ސްކީމެއްކަން ފާހަވެފައިވަ ކަމަށް ނަވީދު ވިދާޅުވި

ޖީއެމްސީއީގެ ނަމުގައި ހިންގާ ޕޮންޒީ ސްކީމު ހިންގާ ބަޔަކު ހޯދަން ކުރި މަސައްކަތުން މިހާތަނަށް އެ ސްކީމު ހިންގަނީ ސީދާ ކޮން ބައެއްކަން ދެނެގަނެވިފައި ނުވާ ކަމަށާއި ނަމަވެސް ރާއްޖޭގައި މި ސްކީމު ޕްރޮމޯޓުކުރުމުގައި އިސްކޮށް އުޅޭ ހަތް މީހެއްގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ޖީއެމްސީއީ ނުވަތަ ޖެމްކިޔުގެ ނަމުގައި ހިންގަނީ ޕޮންޒީ ސްކީމެއް ކަމަށާއި އެ ސްކީމަކީ ގާނޫނާ ހިލާފަށް ހިންގާ ސްކީމެއް ކަމަށް ފުލުހުންނާއި ސީއެމްޑީއޭ އިން ވަނީ ބުނެފަ އެވެ.

ތަފްސީލް - ޖީއެމްސީއީ ސްކޭމްއާ ގުޅޭ ގޮތުން 'ދައުރު'އާ ވާހަކަ ދައްކަވަމުން ހެޑް އޮފް އެންޓި ސްކޭމް ސެންޓަރު އާދަމް ނަވީދު މިއަދު ވިދާޅުވީ މި ސްކީމު ޕްރޮމޯޓުކުރުމުގައި އިސްކޮށް އުޅެނީ ހުސް ދިވެހިން ކަމަށާއި އެއީ އަންހެނަކާއި ހަ ފިރިހެނުން ކަމަށެވެ.

ޖީއެމްސީއީ ފެށިގެން އައީ ރާއްޖެއިން ކަމަށް މިހާތަނަށް ބެލިބެލުމުން ދެނެގަނެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ލިބިފައި ހުރި ފެކްސްޓްއަށް ބަލާއިރު މި ސްކީމު ފެށިފައި މި އޮތީ ރާއްޖެއިން ކަމަށް އަޅުގަނޑުމެންނަށް ބުނެވޭ ގޮތަށް އިންޑިކޭޝަންތައް މިހާތަނަށް ފާހަގަކުރެވިފައި އެބަހުރި. ނަމަވެސް މި ސްކީމަކީ ސީދާ ރާއްޖެ ބަޔަކު ހަދައިގެން އުޅޭ އެއްޗެއް ކަމަށް ކަނޑައެޅިގެން ދެންނެވޭކަށް ނެތް،" ނަވީދު ވިދާޅުވި އެވެ.

"މީގެ ތެރޭ މިހާރު އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބަހުރި ބޭރުގެ ފަރާތްތައް ވެސް. މި ފާހަގަކުރެވުނި ބޭރުގެ ފަރާތްތަކަކީ ކޮން ބައެއްކަން [އަދި] ނޭނގޭ. އެކަމަކު އެއީ ކޮން ގައުމެއްކަން އެނގޭ. ޔޫރަޕުގެ ގައުމެއް އެބަ ހިމެނޭ މީގެ ތެރޭ."

މިވަގުތު އެއީ ކޮން ގައުމެއްކަން އަދި ހާމަ ކުރެވެން ނެތް ކަމަށް ނަވީދު ވިދާޅުވި އެވެ.

"ރާއްޖޭގެ އިތުރަށް އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ އެންމެ ގައުމެއް. އެ ވެދާނެ މި ސްކީމުގެ ފެށުމަކީ. ރާއްޖޭގައި މި ސްކީމު ފެށުނު އިރު ބައިވެރިވި ބޭރުގެ ފަރާތަކީ އެއީ ކަމަށް ވެދާނެޔޭ ސްކީމުގެ ފެށުމަކީ،" ނަވީދު ވިދާޅުވި އެވެ.

ފުލުހުންނަށް މި މައްސަލަ ހުށަހެޅުމުން މިހާތަނަށް ބެލި ބެލުމުން މިއީ ދުނިޔޭގައި ވެސް އާ ގޮތަކަށް ހިންގާ ސްކީމެއްކަން ފާހަގަވެފައިވާ ކަމަށް ނަވީދު ފާހަގަކުރެއްވި އެވެ.

"އެހެން ގައުމުތަކަށް ވެސް މިއީ އާ ކަމެއް. ހާއްސަކޮށް ޖީއެމްސީ ނުހިންގާ އެހެން ގައުމެއްގައި. އެކަން އެބަ ކަށަވަރުކޮށްދޭ އިންޓަޕޯލްއިންނާއި އެހެން ގައުމުތަކުގެ ފުލުހުން. އެހެންވީމާ މި ސްކީމު މި ހިންގަނީ ރާއްޖޭގައި،" އޭނާ ފާހަގަ ކުރެއްވި އެވެ.

މިއީ އެމެރިކާގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކުން ހިންގާ ސްކީމެއް ކަމަށް ބުނެ އިންވެސްޓަރުންގެ އިތުބާރު ހޯދަން މަސައްކަތް ކުރާ ކަމަށް ނަވީދު ވިދާޅުވި އެވެ. އެ ކުންފުނީގެ ރަޖިސްޓްރޭޝަން ސެޓްފިކެޓު ކަމަށް ބުނެ އިންވެސްޓަރުންނަށް ދައްކަނީ ސައްހަ ސެޓްފިކެޓެއް ނޫން ކަމަށް އެމެރިކާގެ ކަމާ ބެހޭ އިދާރާތަކާ ހަވާލާދީ އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން އެ ސެޓްފިކެޓު ވެސް ބެލިން. އެމެރިކާގެ އެޖެންސީތަކަށް ފޮނުވައިގެން އެއީ ސައްހަ ކުންފުންޏެއް ތޯ ބެލިން. އެއީ އެއްވެސް ގޮތަކަށް އެމެރިކާގެ އެއްވެސް ތަނެއްގައި ރަޖިސްޓްރީކޮށްފައި އޮތް ކުންފުންޏެއް ނޫން،" އޭނާ ވިދާޅުވި އެވެ.

'ހައިލެވެލް ސްކޭމް ސްކީމް'ތަކަކީ އަބަދު ވެސް މިފަދަ ގޮތްގޮތަށް މީހުންގެ ހިތް ލަންބުވާލައި މީހުންގެ އިތުބާރު ހޯދަން މަސައްކަތް ކުރާ ބައެއްކަން ނަވީދު ފާހަގަކުރެއްވި އެވެ.

ސީއެމްޑީއޭ އާއި ފުލުހުން ގުޅިގެން ބަޔާން ނެރުމުން، އެ ސްކީމު ޕްރޮމޯޓު ކުރަން ކުރިއަށް ވުރެ ވަރުގަދަކޮށް ޕްރޮމޯޝަން ޖެއްސިކަން ވެސް ނަވީދު ފާހަގަކުރެއްވި އެވެ. އެގޮތުން:

  • އެ ދުވަހު ވަކި އަދަދެއް އިންވެސްޓު ކުރުމުން އެ އަދަދު ދެގުނަވާނެ ކަމަށް ބުނެ ޕްރޮމޯޓު ކުރި 

  • ޖީއެމްސީއީއަކީ ބޮޑު އޮޅުވާލުންގަނޑެއްކަން އޭގައި ބައިވެރިވެގެން ނުވަތަ އިންވެސްޓުކޮށްގެން އުޅޭ އެންމެންނަށް ވެސް މިހާރު ކަށަވަރު ވާނެ

"މިއަދު އިރުއެރި އިރު މި އިވެނީ އެއްކަލަ ޑަބަލް ކުރަން އިންވެސްޓު ކުރި މީހުންގެ ޕޭއައުޓަށް ޖެހީމާ މިއަދު ފައިސާ ނުނެގިގެން އުޅޭ ވާހަކަ. އަދި މި ގްރޫޕުތަކުގައި ޖީއެމްސީ ހިންގާ މީހުން ބުނާ ކަމަށް އިންވެސްޓަރުން ކައިރީ އެމެރިކާގެ އިދާރާތަކުން ތަހުގީގު ކުރާތީވެ ވޮލެޓުތައް ފްރީޒްކޮށްފައި ހުރީމާ ފައިސާ ނުދޫކުރެވިގެންނޭ. އެއީ ސީދާ ކަނޑައެޅިގެން ދޮގެއް،" އޭނާ ވިދާޅުވި އެވެ.

ނަވީދު ވިދާޅުވީ ޖީއެމްސީއީގެ މައްސަލަ ދިވެހި ފުލުހުން ފިޔަވައި އިތުރު ބަޔަކު ތަހުގީގު ނުކުރާ ކަމަށެވެ.

ޖީއެމްސީއީ ވޮލެޓް ފްރީޒު ކުރުން ފަދަ ފިޔަވަޅެއް ދިވެހި ފުލުހުން ވެސް އަދި އަޅާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ސްކީމް ޕްރޮމޯޓުކުރާ މީހުންނާ މެދު ވެސް މިހާތަނަށް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

ކޮމެންޓް (6)

ޖެމްކިއު

19 ޖޫން 2025
އެޑަމް ތި ލިސްޓްގައި ވޭތަ؟
1 0

ޕުފްްްް

19 ޖޫން 2025
ހުސް ދޮގު! މުޅި ހަބަރުގަ ވެސް. މީ ހަމައެކަނި ދިވެހިން ބޭނުންކުރާ އެއްޗެއްނޫން . ސީދާ ރާއްޖެއިން ބޭރު އެތައް ބައެއް މީގެ ބޭނުން ކުރަމުން މީތި ދިވެހިންނަށް ފެނުނީ ޓިކްޓޮކުން .
1 1

ނަނަް

19 ޖޫން 2025
މިހާ ބޮޑު ސުކޭމެއް ހިންގާއިރު ދިވެހި ފުލުހުން އެކަނި މިކަން ތަހުގީގުކުރާތީ ހަމަ ހައިރާންވެެއްޖެ. މީ ހަމަ އެހާ ބޮޑު ސުކޭމެއް ނަމަ އިނަޓަޕޯލާއި އެހެން ގައުމުގެ އިދާރާތައް ތިބޭނެބާ މަޑުމަޑުން. ޢަޅުގަޑަށް މީ ސުކޭމެއް ކަމެއް އެހެން އެއްޗެއް ކަމެއްނޭގެ އިގޭހާވެސް އެއްޗަކީ އެއްވެސް މީހަކަށް މީގެން ގެއްލުން އަދި ނުވާކަން. ފުލުހުން ޖީއެމްސީގެ ރެޖިސްޓްރީ ވެރިފައި ކުރަން ފޮނުވީ އެމެރިކާގެ ކޮންތާކާށް ކަމެއްނޭގެ. ހަމަގައިމުވެސް އަޅުގަޑަށް މީ ރަޖިސްޓާޑް ކުންފުންޏެއް ކަން އެގައުމުގެ ވެބްްސައިޓްތަށް ބަލައިން ކޮންފާމް ކުރެވޭ އެބަ
1 1

ރައްޔިތު މިހާ

19 ޖޫން 2025
ޖެމްކިއުއިން ފައިސާ ދޫކުރުނަ ދަތިވެގެން މިއުޅެނީ ދިވެހި ސަރުކާރިގެ އިދާރާތަކުން ކުރާ ޕުރެސަރުގެ ބޮޑުކަމުން ކަމަށް މިހާރުވަނީ ޔަގީންވެފަ. ރައްޔިތުންނަށް ފައިދާވެ ރައްޔިތިން ސިޔާސީ ގޮތުން ކޮންޓްރޯލް ނުކުރެވޭ ވަރަށް ތަނަވަސް ވަމުންދާތި އިންތިހާބުތަށް ބޯމަތިވަމުން އަންނާތީ މިކަން ފެއިލްކޮށްލަން ސަރުކާރުން ވަނީ ފައްޓާފަ. މީހުންނަށް ގެއްލުމެއް ނެތި މިވީހާ ދުވަހު ވަރަށް ރަގަނޅަށް ހިގަހިގާ ހުރި ކަމެއްގެ ތެރެއަށް އަތްބާނާ މިކަމުގެ ޒިންމާ މުއިޒުގެ ސަރުކާރިން ނަގަންޖެހޭނެ. ރާއްޖޭގެ ޒުވާނުންގެ ނުވަދިހަ އިންސައްތަ ޒުވާނުން ޖެމްކިއު ބޭނުންކުރޭ މިކަލޭގައަށް ކުރިއަށް އޮތްތާ ބޮޑުޓަނުން ދިވެހި ޒުވާނުން ނޫނެކޭ ބުނާނަން.
6 10

އަހަންމަދާ

19 ޖޫން 2025
@ރައްޔިތު މިހާ ސަރުކާރުން ބުނެގެންތަ އެމީހުން ޕޭއައުޓް ދިނުން ހުއްޓާލީ ހުއްޓާނުލާ ކުރިއަށް ގެންދިޔަނަމަ އެއްވެސް ކަމެއް ސަރުކާރަކަށް ނުވީސް، ޕޮންޒީ ނުހިނގާނެ އަލަށް ވަންނާނެ މީހުކު ނެތިއްޔާ. އެއީ އެކަން ވާނެ ގޮތް. އެހެންނަމަ މި ކަހަލަ ބޮޓުން ޓްރޭޑް ކުރެވޭނަމަ އެކަމުގެ ފަންނީ މީހުން މިހަކަަލަ އެއްޗިހި ބޭނުންކުރިސް.
1 0

ސަރުމީލާ

19 ޖޫން 2025
އެމްޕީ އައްބާސް ހިމެނޭތަ ތި ލިސްޓުގަ
12 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް