ސަމްޕާ ސަރަހައްދުގެ މޫދުގައި ފެހުރިއްސެއް އުޅޭއިރު ޑައިވިން ދޯންޏެއް ޓޫރިސްޓުން ގޮވައިގެން ގޮސް. (ފޮޓޯ/ހޮޓެލިއާ މޯލްޑިވްސް)

ތިމާވެށި

އުޅަނދުގައި ބުރަފަތީ ގާޑު ނެތި ސަމްޕާ ސަރަހައްދަށް ދެން ނުވަދެވޭނެ

ރަޖިސްޓްރީނުކުރާ އުޅަނދުފަހަރާއި ބުރަފަތީ ގާޑު ނާޅުވާ އުޅަނދުފަހަރު މި މަހުގެ 30ގެ ފަހުން ސަމްޕާ ސަރަހައްދަށް ވަނުން ވަނީ މަނާކޮށްފައި. ނަމަވެސް މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ކުރުމަށް އެދި ހުށައަޅާ ފަރާތްތަކަށް ގާޑު އެޅުވުމަށް އިތުރު މުދައްތެއް ދޭނެ.
1 ގަޑިއިރު ކުރިން

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ އެންމެ ބޮޑު ކަނޑުގެ ސަރަހައްދު، ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިޔާ (ސަމްޕާ)ގައި ދުއްވާ އުޅަނދުތަކުގައި ބުރަފަތީގާޑު އަޅުވަން ދީފައިވާ މުހުލަތު މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ.

ވީ ކިހިނެއް؟ - މޫދަށް ފައިބައިގެން އުޅެނިކޮށް ބުރަފަތީގައި ޖެހިގެން ފަތުރުވެރިން މަރުވުމުގެ ހިތާމަވެރި ހާދިސާތައް ރާއްޖޭގައި ހިނގަ އެވެ.

ސަމްޕާއަކީ އދ. ރަންގަލި ފަރުގެ ހުޅަނގު އުތުރުން ފެށިގެން އެ އަތޮޅު ދިގުރަށުގެ އުތުރު ކަނާ ދެމެދު ހުރި ރަށްރަށުގެ ފަރުގެ ބޭރު ތޮށިން ފެށިގެން 1 ކިލޯމީޓަރުގެ ސަރަހައްދެވެ. ފެހުރިހި ބެލުމަށްޓަކައި ގިނަ އަދަދެއްގެ ފަތުރުވެރިން ޑައިވިންއަށާއި ސްނޯކްލިންއަށް ދާ އެ ސަރަހައްދު މެނޭޖްކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލައި އެންވަޔަރަމަންޓް މިނިސްޓްރީން މިދިޔަ އަހަރު ވަނީ އާންމުކޮށްފަ އެވެ. އެ ޕްލޭނުގެ ދަށުން އެ ތަނަށް ދާ އުޅަނދުތަކުގެ ބުރަފަތީގައި ސަލާމަތީ ގާޑެއް އެޅުވުން މަޖުބޫރުކުރަން ނިންމާފައިވެ އެވެ.

ތަފްސީލް - އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ސަމްޕާ ސަރަހައްދުގައި ބޭނުން ކުރާ އުޅަނދުފަހަރުގެ ބުރަފަތިން އިންސާނުންނާއި ފެހުރިހި އަދި އެހެނިހެން ދިރޭ ނަސްލު ރައްކާތެރިކުރުމަށް ޕްރޮޕެލާ ގާޑް އެޅުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އަދި، އެއީ އެ ސަރަހައްދުގައި ހިންގާ ފަތުރުވެރިކަމާއި ކަނޑުގެ ހަރަކާތްތައް ކުރިއަށްދަނީ އިންސާނުންނަށާއި ތިމާވެއްޓަށް ރައްކާތެރި ދެމެހެއްޓެނިވި ގޮތެއްގައިކަން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް ބުންޏެވެ.

އެންވަޔަރްމެންޓް ރެގިއުލޭޓަރީ އޮތޯރިޓީން ބުނީ:

  • ސަމްޕާ ސަރަހައްދު ބެލެހެއްޓުމުގައި އަމަލު ކުރަން އެކުލަވާލާފައިވާ 'ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ މެނޭޖްމަންޓް ޕްލޭން' އަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، އެ ސަރަހައްދުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުން މި މަހުގެ 30ގެ ކުރިން ޕްރޮޕެލާ ގާޑު އަޅުވަން ޖެހޭނެ

  • މި މުދައްތު ހަމަވުމުން މި ސަރަހައްދަށް ވަނުމަށް އެދި ރަޖިސްޓްރީކޮށްދެވޭނީ ޕްރޮޕެލާ ގާޑު ހަރުކުމަށް ފަހު ހުށައަޅާ އެޕްލިކޭޝަންތައް އެކަނި

  • ނަމަވެސް އޭގެ ކުރިން ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރާއި އަދި އެ މުއްދަތުގެ ކުރިން ރަޖިސްޓްރީ ކުރުމަށް އެދި ހުށައަޅާ ފަރާތްތަކަށް ޕްރޮޕެލާ ގާޑު އެޅުވުމަށް އިތުރު މުދައްތެއް ދޭނެ 

  • ސައުތު އަރި މެރިން ޕްރޮޓެކްޓަޑް އޭރިޔާގެ މެނޭޖްމަންޓް ޕްލޭންގެ ގަވާއިދުތަކަށް އެ ސަރަހައްދު ބޭނުން ކުރާ އެންމެހާ ފަރާތްތަކުން އިޖާބަ ދިނުމަށް އެދުނު

  • އެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް އެ މިއޮތޯރިޓީން ކުރާނެ

ޕްލާސްޓިކް އަދި ސްޓެއިންލެސް ސްޓީލް ފަދަ ބާވަތްތަކުން އުފައްދާ ޕްރޮޕެލާ ގާޑުގެ މައިގަނޑު ދެ ބޭނުމެއް އޮވެ އެވެ. އެއީ ލިބޭ ގެއްލުމަކުން ބުރަފައްޗާއި ގިއަރު ބޮކްސް ރައްކާތެރި ކުރުމާއި ބުރަފަތިން ޖެހިގެން ދިމާވާ ހާދިސާތަކުން މީހުން ރައްކާތެރި ކުރުމެވެ.


ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް