އދ. ފެންފުށި ކައިރިން މަރުވި ޓޫރިސްޓް މީހާގެ ހަށިގަނޑު ދޯންޏަކަށް ނަގަނީ. (ފޮޓޯ/އެމްވީކްރައިސިސް)
ދޯންޏެއްގެ ބުރަފަތީގައި ޖެހި ޓޫރިސްޓަކު މަރުވެއްޖެ
އދ. ފެންފުށި ކައިރިއަށް މޫދަށް އެރި އުޅުނު ޓޫރިސްޓެއްގެ ގައިގާ ދޯންޏެއްގެ ބުރަފަތިން ޖެހި މިއަދު މަރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނި ގޮތުގައި، ފެންފުށީ 'ވޭލްޝާކް ޕޮއިންޓް'ގައި މޫދަށް އެރި އުޅެނިކޮށް މަރުވީ ޖަރުމަނުގެ ފިރިހެނެކެވެ. އެ ހާދިސާ ހިނގީ މިއަދު ހެނދުނެވެ.
ޓޫރިސްޓު މީހާގެ ގައިގާ ޖެހުނީ ކޮން ކަހަލަ ދޯންޏަކުން ކަމެއް އަދި ސާފެއް ނުވެ އެވެ.
އެނގުން މުހިއްމު - ފީނަން އުޅޭ މީހުންގެ ގައިގާ ބުރަފަތިން ޖެހި މީގެ ކުރިން ވެސް ހިތާމަވެރި ހާދިސާތައް ހިނގާފައި ވެ އެވެ. އެއާ އެކު، އެ ސަރަހައްދުތަކަށް ދަތުރުކުރާ އުޅަނދުތަކުގެ ބުރަފަތީގައި ގާޑް ހަރުކުރުމަށް އަންގައި ގަވައިދުތައް ވަނީ ހަރުކަށިކޮށްފަ އެވެ.