ސްކޫލް ދަތުރެއްގައި ދިގުރަށް ކައިރިއަށް ގޮސް އުޅެނިކޮށް މަރުވި 15 އަހަރުގެ ޖެނާ ޗެން
ބުރަފަތީގައި ޖެހިގެން މަރުވި ސިންގަޕޫރު ކުއްޖާގެ ތަހުގީގަށް ޓީޗަރަކާއި ދަރިވަރުންގެ ބަޔާން ނަގައިފިި
ސިންގަޕޫރުގެ ސްކޫލުގެ ދަރިވަރުންތަކެއް ރާއްޖެ އައިސް، ސުކޫލް ޕްރޮޖެކްޓަކަށް، އދ. ދިގުރަށް ކައިރިއަށް ގޮސް އުޅެނިކޮށް، އެތަނަށް އެ ކުދިން ދިޔަ ދޯނީގެ ބުރަފަތީގައި ޖެހިގެން އޭގެ ތެރެއިން ކުއްޖަކު މަރުވި މައްސަލައިގެ ތަހުގީގަށް އެ ދަތުރުގައި ބައިވެރިވި ޓީޗަރަކާއި ދަރިވަރުންގެ ބަޔާން ނަގައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ އަހަރުގެ 8 ނޮވެމްބަރުގައި ހިނގި ހާދިސާގައި މަރުވެފައިވަނީ، ފެހުރިހީގެ ދިރާސާއަކަށް ސިންގަޕޫރުން އައިސް އުޅުނު 15 އަހަރުގެ އަންހެން ކުއްޖެކެވެ.
ސިންގަޕޫރު ނޫސްތަކަށް އެ ސްކޫލުން މައުލޫމާތު ދިން ގޮތުގައި:
-
އެ ހާދިސާގައި މަރުވެފައިވަނީ ޖެނާ ޗެން ކިޔާ ކުއްޖެއް
-
ސިންގަޕޫރުގެ ސެއިންޓް ޖޯސެފްސް އިންސްޓިޓިއުޓް (އެސްޖޭއައި)ގެ، ގްރޭޑް 9ގައި ކިޔަވާ އެ ދަރިވަރު ރާއްޖެ އައީ އެ ސްކޫލުގެ ސާނަވީ ގްރޭޑްގެ، 'ނެޝަނަލް ޔޫތު އެޗީވްމެންޓް އެވޯޑް'ގެ ދަށުން، ހިންގާ ޕްރޮގްރާމެއްގައި
ޖެނާ މަރުވީ އެ ސަރަހައްދު މޫދަށް ސްނޯކްލިންއަށް ފޭބިތާ މާ ގިނައިރުތަކެއް ނުވެ، އެ ތަނަށް އެ މީހުން ދިޔަ ދޯނީގެ ބުރަފަތީގައި ޖެހިގެންނެވެ. އެ ކުއްޖާ ދިގުރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ އެވެ.
ތަފްސީލް - ފުލުހުން މިރޭ ބުނިގޮތުގައި އެ މައްސަލާގައި ފުލުހުން ހިންގަމުންދާ ތަހުގީގަށް ބަޔާން ނެގުމަށް މިދިޔަ މޭ މަހު، ފުލުހުންގެ ޓީމެއް ސިންގަޕޫރަށް ދިޔަ އެވެ. އެ ދަތުރުގައި މަރުވި ކުއްޖާގެ ސްކޫލުގެ ޓީޗަރަކާއި ދަރިވަރުންތަކެއްގެ ބަޔާން ނަގާފައިވާ ކަމަށް ބުންޏެވެ.
ފުލުހުން ބުނީ:
-
އެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހާއި ކަމާ ގުޅުން ހުރި އިދާރާތަކާ އެކު ފުރިހަމަ ތަހުގީގެއް ހިންގަމުން އަންނަ ކަމަށް
-
އެ މައްސަލާގައި ހިންގާ ދެ ފުށް ފެންނަ ތަހުގީގަަކަށް ފަހު، އެކަމާ ގުޅޭ ރިޕޯޓު ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށް