މީގެ ކުރިން ބޭއްވި އިޖމިމާރީ ކޮމިޓީގެ ކޮމިޓީ ބައްދަލުވުމެއްގެ ރިޔާސަތުގައި އަސްމާ
އަސްމާ އަލުން އިޖުތިިމާއީ ކޮމިޓީއަށް އައްޔަންކޮށް، މުގައްރިރުކަން ދީފި
މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދު، މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް އަލުން އައްޔަންކޮށް، އެ ކޮމިޓީގެ މުގައްރިރުކަން ދީފި އެވެ.
އެނގުން މުހިންމު - ރައީސް މުހައްމަދު މުއިއްޒުއާ ޖެހުނު ހިޔާލު ތަފާތުވުމެއްގައި އަސްމާ އިޖުތިމާއީ ކޮމިޓީން ވަކިކޮށްފައި ވަނީ މިދިޔަ އަހަރު ފަހުކޮޅު އެވެ. އެގޮތުން:
-
ރައީސް މުއިއްޒު މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ރައީސާ ކުރަން ބޭނުންވާ ސުވާލު މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާ ހިއްސާކޮށްދޭން އެދި އެ ޖަލްސާގެ ކުރިން އެ މެންބަރު ދާއިރާގެ ރައްޔިތުންނަށް ފޮނުއްވި މެސެޖެއްގެ ސަބަބުން ރައީސްގެ ނުރުހުން އަސްމާއަށް ރައްދުކުރެއްވި
-
އެ މައްސަލައިގައި އަސްމާ މައާފަށް އެދުމަށް ވެސް ރައީސް އޮފީހުން އެންގި؛ އެ އެންގުމާ އެކު އޭނާ މައާފަށް ވެސް އެދިވަޑައިގެންނެވި
-
މި މައްސަލަގަނޑު ތެރޭ އިޖްތިމާއީ ކޮމެޓީގެ މުގައްރިރުކަމުންނާއި ކޮމެޓީގެ މެންބަރުކަމުން ވަކިކޮށް، އަސްމާގެ ބަދަލުގައި އެ ކޮމެޓީއަށް ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ އައްޔަންކޮށްފައިވޭ؛ އަދި ކޮމިޓީގެ މުގައްރިރަކަށް މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މުސްތަފާ އައްޔަން ކުރި
އިތުރަށް ކިޔާލަން
ތަފްސީލު - މިއަދުގެ އިޖްތިމާއީ ކޮމިޓީގެ ބައްދަލުވުމުގައި އަސްމާ ވަނީ އެ ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވާފަ އެވެ.
އެ ބައްދަލުވުމުގައި ގާތްގަނޑަކަށް ހުރިހާ މައިކެއް އޮފްކޮށްލައިގެން ވާހަކަ ދެއްކެވުމުން ޔޫޓިއުބް ލައިވްއަށް އެއްވެސް ވާހަކައެއް ނާރަ އެވެ.
ނަމަވެސް 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، އަސްމާ އަލުން އެ ކޮމިޓީއަށް އައްޔަންކޮށް، ކޮމިޓީގެ މުގައްރިރަކަށް ވަނީ ހަމަޖައްސާފަ އެވެ. އަދި ނައިބު މުގައްރިރަކަށް ކުރިން ނައިބު މުގައްރިރަކަށް ހުންނެވި މުސްތަފާ ވަނީ ހަމަޖައްސާފަ އެވެ.
ގުޅުން ހުރި - ފަސް މަސްދުވަސް ފަހުން އަސްމާ އަލުން އިޖްތިމާއީ ކޮމިޓީއަށް އައްޔަން ކުރިއިރު، އޭނާ ކަމަށް ބެލޭ މީހެއް ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކާ އޯޑިއޯއެއް ލީކްވެ، އެ އާއިލާގެ ދެ މެންބަރަކު ސަރުކާރުގެ ވަޒީފާއިން ވަކި ކުރި އެވެ. އެގޮތުން:
-
ޔޫއޭއީ ސަފީރަކަށް ހުންނެވި އަސްމާގެ ދަރިކަލުން މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި އދ.އަށް ރާއްޖެއިން ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާާ ރަޝީދު (އަސްމާގެ އެއްބަޑު އެއްބަފާ ކޮއްކޮ) މަގާމުން ވަކިކުރި
-
މުހައްމަދު ހުސައިން ޝަރީފް މިހާރު ވަނީ ސަރުކާރުގެ ތަޖުމަނާކަަށް ހަމަޖައްސާފައި އަދި ސަލްމާ ވަކިކުރަން ނެރުނު ސިޓީ ފަހުން ވަނީ ބާތިލުކޮށްފައި
ކޮމެންޓް (4)
ސިކުނޑި
ތެފައާސާ.
އިބިރަހިމާ
ކުރިކީލަ