ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ދިވެހި ސަރުކާރުގެ ފަރާތުން ކަނޑައެޅި ދާއިމީ މަންދޫބުކަމަށް ޑރ. ސަލްމާއަށް މަގާމުގެ ލިޔުން ރައީސް ދެއްވަނީ (ފައިލް ފޮޓޯ/ ރައީސް އޮފީސް)

ފޮރިން މިނިސްޓްރީގެ މަސައްކަތްތަކަށް ސަލްމާ ރާއްޖެ ގެންނަނީ

ސަލްމާ ވަކިކުރި ކަމަށް އޮތް ސިޓީ މިހާރު ވަނީ ބާތިލުކޮށްފައި؛ އޭގެ ފަހުން ރާއްޖެ ވަޑައިގަތުމަށް ވެސް ވަނީ އަންގަވާފައި

މާފަަންނު މެދު ދާއިރާގެ ޕީއެންސީގެ މަޖިލިސް މެންބަރު އަސްމާ ރަޝީދުގެ ކޮއްކޮ އަދި ރާއްޖެއިން އދ.އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާާ ރަޝީދު ފޮރިން މިނިސްޓްރީގެ 'ރަސްމީ' މަސައްކަތަކަށް ރާއްޖެ ވަޑައިގަންނަވަން އަންގައިފި އެވެ.

ވީ ކިހިނެއް؟ - މެންބަރު އަސްމާ ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކާ އޯޑިއޯއެއް ލީކްވެ، އެ އާއިލާގެ މެންބަރުން ވަކިކުރަން ސަރުކާރުން ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. އެގޮތުން:

  • އަސްމާގެ ދަރިކަލުން، މުހައްމަދު ހުސެއިން ޝަރީފް ޔޫއޭއީގެ ސަފީރުކަމުން ވަކިކޮށްފައިވޭ

  • ސަލްމާ ވެސް ހަމަ އެ ދުވަހު މަގާމުން ވަކިކޮށްފައިވޭ؛ ނަމަވެސް ސަލްމާ ވަކިކުރިކަމުގެ ލިޔުން ބާތިލްކުރުމަށް ފަހު އަލުން އެ ލިޔުން ފޮނުވި ކަމަށް މައުލޫމާތު ލިބޭ

ތަފްސީލް - ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިރޭ 'ދައުރު'އަށް ވިދާޅުވި ގޮތުގައި، ފޮރިން މިނިސްޓްރީގެ ރަސްމީ ބައެއް މަސައްކަތްތަކެއް ކުރުމަށް ރާއްޖެ ވަޑައިގަތުމަށް ސަލްމާއަށް އަންގާފައިވެ އެވެ.

އެއީ ސީދާ ކޮން މަސައްކަތްތަކެއްކަން އޮފިޝަލް ހާމައެއް ނުކުރައްވަ އެވެ. އަދި ސަލްމާ ރާއްޖެ ވަޑައިގެން މި މަސައްކަތްތަކެއް ކުރަން އިންނަވަން ޖެހެނީ ކިހާ ދުވަހެއް ކަމެއް ވެސް އޮފިޝަލް ވިދާޅެއް ނުވި އެވެ.

އދ.އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބުގެ ހައިސިއްޔަތުން ސަލްމާ މަސައްކަތްކުރައްވަމުން ގެންދަވަނީ އދ.ގެ މައި އެއް މަރުކަޒު ހުންނަ ސްވިޒަލޭންޑްގެ ޖެނީވާގަ އެވެ.

'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ސަލްމާ ވަކިކުރި ކަމަށް އޮތް ސިޓީ މިހާރު ވަނީ ބާތިލުކޮށްފަ އެވެ. އެއާ އެކު، އޭނާގެ ވަޒީފާ އަލުން ވަނީ އިއާދަކޮށްފަ އެވެ.

ކޮމެންޓް (4)

ޞައްދާމު

9 އޭޕްރީލު 2026
ގަނެފަ ހުންނަ ތަކެއްޗަކީ އަމިއްލަ ތަކެތި. އެހެން މީހަކަށް އެޔަކަށް ބާރެއް ނުފޯރުވޭނެ!
0 0

ބޯށިކޯޅި

9 އޭޕްރީލު 2026
މުއިއްޒު އާ ވަށަފަރާ އެއްވެސް ގުޅުމެއްވޭތޯ ކޮންމެސްކުއްޖަކުބަލާދީބަލަ. އުނބަށްޖަހާލެއް ގިނަކަމުން ހަމަ
1 0

ތެފައާސާ.

9 އޭޕްރީލު 2026
ދެން ޚަބަރު ރިފްރެޝް ކޮށްލާއިރަށް އޮވެދާނެ، "ސަލްމާ މާލެ އަންނަން އެންގި ސިޓީ ބާތިލްކޮށްފި". މިވެސް ބަޔަކު ހިތުން ބޮޑު ސިންގާ ސަރުކާރެއް މި ހިންގަނީ. އަބަދު މި އޮންނަނީ، އަގު ބޮޑުކޮށްފި އަގު ހެޔޮކޮށްފި، ވަކިކޮށްފި އަލުން ނަގައިފި. ނިންމައިފި ބާތިލްކޮށްފި، އަންގައިފި ނާންގައިފި، ހުޅުވައިފި ބަންދުކޮށްފި. މި ނޫން ހާސަރެއް ނެތް!!
2 0

ރިއަލިޓި

9 އޭޕްރީލު 2026
އަސްލު މުއިއްޒަށް އެންމެ ބޮޑު ދޯކާއެއް ދިނީ އަލީ ޢާރިފާ އިގުބާލާ އަރިސްކޮއްގެން ރައީސް އޮފީސްތެރޭ މުއިއްޒު ގެންގުޅޭ ވަށަފަރު ވާންޗޯ ގުރޫޕު. އެމީހުންނާ ހެދި ހޯރަފުށި ކެލާ ކަހަލަ ގިނަ އަތޮޅު ރައްތަކުގެ ގެ ކައިންސިލް މުއިއްޒު އަށް ގެއްލުނީ. އެވެރިން ދިޔައީ ޢެވެެރިންގެ ޢައުލާދާ ޜައްޓެހިންނަށް ޖޮބާ ޕުރޮޖެކުޓާ ޕުރޮމޯސަނާ ބަހަމުން! ޕާޓީއަކަށް ހެވެއް ނޭދޭ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް