ސްޓޭޓް މިނިސްޓަރު އައިމިނަތު (ކ) އަދި އދ.އަށް ރާއްޖެއިން ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ.
ސަލްމާގެ ވަޒީފާ އިއާދަކޮށްފި؛ އާމިނަތު ވައްކެއްނުކުރޭ
ރާއްޖެއިން އދ.އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު، މާފަަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދުގެ ކޮއްކޮ، ޑރ. ސަލްމާާ ރަޝީދަށް އަލުން ވަޒީފާ އިއާދަކޮށްފި އެވެ. އަދި އެ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ހުސައިން ޝަރީފް މަގާމުން ވަކި ކުރި ކަމަށް މީގެ ކުރިން ރިޕޯޓު ކުރި ނަމަވެސް، 'ދައުރު'އަށް މިހާރު ކަށަވަރުވެފައިވާ ގޮތުގައި އޭނާ ވަޒީފާއިން ވައްކެއްނުކުރެ އެވެ.
ވީ ކިހިނެއް؟ - މެންބަރު އަސްމާ ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކާ އޯޑިއޯއެއް ލީކްވެ، އެ އާއިލާގެ މެންބަރުން ވަކިކުރަން ސަރުކާރުން ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. އެގޮތުން:
-
އަސްމާގެ ދަރިކަލުން، މުހައްމަދު ހުސެއިން ޝަރީފް ޔޫއޭއީގެ ސަފީރުކަމުން ވަކިކޮށްފައިވޭ
-
ސަލްމާ ވެސް ހަމަ އެ ދުވަހު މަގާމުން ވަކިކޮށްފައިވޭ
ތަފްސީލު - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ސަލްމާ ވަކިކުރި ކަމަށް އޮތް ސިޓީ މިހާރު ވަނީ ބާތިލުކޮށްފަ އެވެ. އެއާ އެކު، އޭނާގެ ވަޒީފާ އަލުން ވަނީ އިއާދަކޮށްފަ އެވެ.
އޭގެ އިތުރުން، ސްޓޭޓް މިނިސްޓަރު އާމިނަތު ހުސައިން ޝަރީފް މަގާމުން ވަކިކުރި ކަމަށް މީގެ ކުރިން ރިޕޯޓު ކުރި ނަމަވަސް، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި އޭނާ މަގާމުން ވައްކެއްނުކުރެ އެވެ. އިއްޔެ ވެސް އާމިނަތު ހުސައިން ޝަރީފް ވަޒީފާއަށް ނުކުމެވަޑައިގެންފައިވެ އެވެ.
ލީކްވި އޯޑިއޯގައި އަސްމާ ކަމަށް ބެލެވޭ މީހާ ވަނީ، ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.
ކޮމެންޓް (2)
ާތެފައާސާ.
ސިކުނޑި