މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގެ ރިޔާސަތުގައި އަސްމާ (ފައިލް ފޮޓޯ)

އަސްމާ ރަޝީދު

މާފަންނު މެދު ސަރުކާރަށް ނުނެގުނީ ކެމްޕެއިން ޓީމުން އަޅުގަނޑުގެ އެހީ ބޭނުން ނުވުމުން: އަސްމާ

އަސްމާ ވިދާޅުވި ގޮތުގައި ދެންވެސް އެ ދާއިރާގެ މެޖޯރިޓީ ރައީސްއަށް ހޯދައިދެވޭނީ އޭނާއަށް

ލޯކަލް ކައުންސިލް އިންތިހާބުގައި މާފަންނު މެދު ދާއިރާގެ ގޮނޑި ސަރުކާރަށް ކާމިޔާބު ނުކުރެވުނީ، ޕީއެންސީގެ އެ ދާއިރާގެ ކެމްޕެއިން ޓީމުން އޭނާ ބާކީކޮށް، އޭނާގެ އެއްވެސް އެހީތެރިކަމެއް ބޭނުން ނުކުރުން ކަމަށް އެ ދާއިރާގެ މަޖިލިސް މެންބަރު އަސްމާ ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 400އެއްހާ ވޯޓުގެ ތަފާތަކުން އެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ، އެމްޑީޕީ ކެންޑިޑޭޓް އައިޝަތު ހަންނަ އެވެ. އެގޮތުން:

  • ޕީއެންސީ ކެންޑިޑޭޓް އާސިޔަތު ރީސާ މުހައްމަދަށް ލިބުނީ، 570 ވޯޓު (%32)

  • އެމްޑީޕީ ކެންޑީޑޭޓް ހަންނައަށް ލިބުނީ، 943 ވޯޓު (%54)

  • ޖުމްލަ ވޯޓުލާން ނުކުމެފައި ވަނީ، 3،862 މީހުންގެ ތެރެއިން 2،118 މީހުން (%55)

ތަފްސީލު - އިންތިހާބުގައި ޕީއެންސީއަށް ލިބުނު ނާކާމިޔާބީއަށް ފަހު، އަސްމާ ސަރުކާރަށް ފާޑުވިދާޅުވެ، ވާހަކަ ދައްކާ އޯޑިއޯއެއް ވެސް ލީކްވެފައިވެ އެވެ. އަދި އޯޑިއޯ ލީކްވުމާ އެކު އަސްމާގެ އާއިލާގެ ދެ މެންބަރަކު މަގާމުން ވަކިކޮށްފައިވެ އެވެ. ވަކި ކުރި މީހުންގެ ތެރެއިން އދ.އަށް ރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ އަސްމާގެ ކޮއްކޮ ޑރ. ސަލްމާ ރަޝިދުގެ ވަޒީފާ އަލުން ވަނީ އިއާދަކޮށްފަ އެވެ.

މިއަދު 'ދައުރު'އަށް ދެއްވި އިންޓަވިއުގައި އަސްމާ ވިދާޅުވީ، އޭނާ އަދިވެސް ހުންނެވީ ޕީއެންސީއާ އެކު ކަމަށާއި އިންތިހާބުގައި އެ ދާއިރާއިން ނާކާމިޔާބީވީ އޭނާ ބާކީކޮށް، އޭނާގެ އެހީތެރިކަން އެޕާޓީގެ ކެމްޕެއިން ޓީމުން ނުހޯދުމުން ކަމަށެވެ. އޭގެ އިތުރުން އޭނާ ވިދާޅުވީ:

  • ޕްރައިމަރީއަކާ ނުލާ އެ ދާއިރާގެ ޓިކެޓް ރީސާއަށް ދީފައި ވަނީ، އޭނާގެ އެއްވެސް މަޝްވަރާއެއް ނެތި ޕާޓީ ތެރެއިން ވަކި ބަޔަކު ބޭނުން ވެގެން؛ އަދި ޓިކެޓަށް ވާދަ ކުރި އެހެން ކެންޑިޑޭޓުންގެ ނަން ނެގުވި

  • ރީސާއަށް ޓިކެޓް ލިބުނު ހިސާބުން ވެސް، ދޭން ޖެހޭ އެހީތެެރިކަން ދޭނެ ކަމަށް ދެންނެވިން

"ނަމަވެސް ރީސާގެ ކެމްޕެއިން ޓީމުން އަޅުގަނޑުގެ އެހީއެއް ބޭނުން ނުވި. އަޅުގަނޑާ ގާތް މީހަކު ވެސް ކެމްޕެއިންނާ ކާއިރިވިޔަ ނުދޭން އޮތީ އަންގާފައި،" ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކޮށްގެން ޓިކެޓް ހޯއްދެވި ހަމައެކަނި އަންހެން މެންބަރު އަސްމާ ވިދާޅުވި އެވެ.

ރައީސް މުހައްމަދު މުއިއްޒު މާފަންނު ރައްޔިތުންނާ އެކު މިިދިޔަ ޑިސެމްބަރުތެރޭ ބޭއްވި ބައްދަލުވުމެއްގައި އަސްމާ ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)

މާފަންނު މެދު ދާއިރާގެ ކެމްޕެއިންގެ އިސް ބޭފުޅަކަށް ޕީއެންސީން އައްޔަންކޮށްފައި ވަނީ ލޯކަލް ގަވަަމަންޓް އޮތޯރިޓީގެ ސީއީއޯ މުހައްމަދު ނިމާލް އެވެ.

އަސްމާ ތުހުމަތު ކުރެއްވި ގޮތުގައި ނިމާލް ވެސް އޮތީ އެހެން މަގުސަދެކެވެ.

"ނިމާލް ބޭނުންވީ ދެން އަންނަ މަޖިލީހުގައި އޭނާގެ ދަރިއެއް މި ދާއިރާގެ މެންބަރަކަށް ނެރެން. އެމީހުން ކުރީ އެ ކެމްޕެއިން. ކައުންސިލް ކެމްޕެއިން ނުކޮށް،" އަސްމާ ވިދާޅުވި އެވެ.

އަސްމާ ވިދާޅުވި ގޮތުގައި މިކަންކަމަކީ ރައިސްއަށް ވެސް އެނގިވަޑައިގަންނަވާނެ ކަންކަމެއް ނޫނެވެ.

"މި ދާއިރާގެ މެޖޯރިޓީ ރައީސްއަށް އަދި ވެސް ހޯދައިދެވޭނީ އަޅުގަނޑަށް. އަޅުގަނޑު ނުނިިކުތީމަ މި ފަހަރު މި ލިބުނީ ވަރަށް ބޮޑު ދެރައެއް. ޕާޓީއަށް ވެސް ގެއްލުމެއް. ދެން ވެސް މެޖޯރިޓީ ލިބެން އޮތީ އެންމެން އެކަތިގަނޑަކަށްވެ، އެކުގައި މަސައްކަތްކޮށްގެން،" އަސްމާ އިތުރަށް ވިދާޅުވި އެވެ.

ގުޅުން ހުރި - އެ ހަމަނުޖެހުންތަކުގެ ތެރެއިން އަސްމާ ޕާޓިން ވަކިކުރުމަށް ރައީސް އެންގެވި ކަމަށް ބުނެ އިއްޔެ ބައެއް މީޑީއާތަކުން ހަބަރު ފެތުރި އެވެ. އަސްމާ ވިދާޅުވި ގޮތުގައި އެފަދަ އެންގުމެއް ރައީސް އެންގެވިކަން އޭނާއަށް އެނގިފައެއް ނުވެ އެވެ. އެކަން ޕީއެންސީން ވެސް ދޮގު ކުރެ އެވެ.

ކޮމެންޓް (5)

އަސްމާ

9 އޭޕްރީލު 2026
އަސްމާއަކީ ދާދާއެއްތާ؟
2 0

ދާދާ

9 އޭޕްރީލު 2026
@އަސްމާ މީ ކޮންމެ މެމްބަރަކުވެސް ދާދާއަކަށް ވާންވީ ދަނޑިވަޅު. އެމީހުންނަކީ މިހާޜު ރައްޔިތުންގެ މެމްބަރުނެއް ނޫން. ޕާޓީ ނުރުހުނީމައި ވަކު ުކރެވޭނަމަ އެއީ ޕާޓީގެ އަޅުން. އިހްލާސްތރެިކަމެއް ހުރިނަމަ ރިކޯލް ވޯޓު ގާނުނު ފާސްކުރާނި މި ނަޖިސް ހަޑި މުޑުދާރު ރައްޔިތުން މެމްބރުން ޕާޓީނުރުހުނީމާ އެއްލާލާ އަސާސީ އިސްލުގެ ބަދަލުގައި
0 0

ހަގީގަތް

9 އޭޕްރީލު 2026
ބޮރޯ ކިތަންމެ ވަރަަކަށް މަރުފަލި ޖެއްސަސް މެމްބަރުން ކަސްތޮޅު އަޅުވައިގެން ހޯދޭނެ ގޮނޑިއެއް ވެރިކަމެއް ނޯންނާނެ. މިހާރު އެއީ ރައްޔިތުންގެ މަޖިިލީސްއެއްވެސް ނޫން. ރައީސް އައްޔަން ކުރާ މީޙަކު ރައީސް ވަކި ކުރާނީ. މަޖިލީހުން އައްޔަނު ކުރާ މީޙަކު މަޖިލީޙުން ވަކި ކިކުރާނީ. ރައްޔިތުން އައްޔަނު ކުރާ މީހަކު ރައީސް ނޫނީ ޕާޓި ވަކިކުރާނަމަ ރައްޔިތުންގެ ބާރު އެ ނިގުޅައި ގަނެވުނީ. މަޖިލިސް މެމްބަރުން އައްޔަނުކުރަން ހުރިހާ ގައުމެއްގައިވެސް އޮންނަ ބާރު. މި އީ ވަރަށް ހަޔާތް ކޑ ގޮތް ކޑ ލަދު ކޑ ނިންމުމެއް މަޖިލސް އިން ނިންމިއަސް ރައީސް ނިންމިއަސް. މހާރަކު ރައްޔިތުން މަޖލީހެއް ރައްޔިތުންގެ ބާރެއް ހިންގުމުގައި ނެތް. ރަތްްޔިތުން ވޯޓުން އެބުނެދިނީ އެވާހަކަ. ރައީސްގެ އެއްވެސް މައްސަލައެއްވެސް އެގޮތުން ނުބެލޭނެ. ބަލަބަލާ ހުއްޓާ ޕާޓީން ވަކި ކޮށްލާިއރަށް ގޮނޑި ގެއްލޭނެ. ދައުލަތް މިއޮތީ ވީ ދާ ކުދި ކޮށްލާފައި ރައްޔިތުންގެ ބާރު ނިގުޅަިއގެންފަިއ
2 0

ހަގީގަތް

9 އޭޕްރީލު 2026
@ހަގީގަތް ކްރައިމްގައި ބެދިގެން ވަކިވުން އެއީ އެހެން ކަމެއް އެއީ ކޮންމެ ވަޒީފާއެއްގައި ހުއްޓަސް ވެދާނެކަމެއް. ރައީސަށް އެކަމަށްވެސް އޮތީ އިނާޔަތް ދެވިފައި. ދެން ކޮން ތެޅުމެއް ތެޅޭކަށް ރަގަޅުނަމަ
0 0

މޯހޯ

8 އޭޕްރީލު 2026
ކަލޭމެން ތިކުރަނީ ނޫސްވެރިކަން؟ ރައީސުލްޖުމްހޫރިއްޔާއާ ބެހޭގޮތުން ސީރިއަސް ވާހަކަތަކެއް މި ދައިތަ ދައްކާފައިވާ އޯޑިއޯއެއް ލީކުވުމުން އޭގެ އެއްވެސް ވާހަކައެއް ނާހާ ކަލޭ ތި އެހީ ގޮނޑި ކާމިޔާބު ނުވި ވާހަކަ؟ އޯޑިއޯ އާ ބެހޭގޮތުން އޭނާ ބުނާ އެއްޗެއ
4 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް