ޔޫއޭއީގެ ސަފީރަކަށް ހަމަޖައްސާ މުހައްމަދު ހުސައިން ޝަރީފް (ކ) އަދި އިނގިރޭސިވިލާތަށް ކަނޑައަޅާ އިރުތިޝާމް.

ޔޫއޭއީ ސަފީރަކަށް ހުސައިން ޝަރީފް، އިނގިރޭސިވިލާތަށް އިރުތިޝާމް ހަމަޖައްސަން ރުހުން ހޯދަން ފޮނުވައިފި

މިނިސްޓަރުގެ ފެންވަރުގައި، ފޮރިން މިނިސްޓްރީގެ އެމްބަސަޑާ އެޓް ލާޖުގެ މަގާމަށް ހުސައިން ޝަރީފް އައްޔަން ކުރައްވާފައި ވަނީ، ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވި ދުވަހުގެ ރޭ، މިދިޔަ މަހުގެ 17ގައި

ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާ ސަފީރަކަށް، ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ނައިބު ރައީސް އަދި އެމްބަސަޑާ އެޓް ލާޖްގެ މަގާމުގައި ހުންނެވި މުހައްމަދު ހުސައިން ޝަރީފް (މުންދު) އަދި އިނގިރޭސިވިލާތަށް ކަނޑައަޅާ ސަފީރަކަށް ކުރީގެ ޔޫތު މިނިސްޓަރު ޑރ. އިރުތިޝާމް އާދަމް ހަމަޖައްސަވަން ރުހުން ހޯދުމަށް ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ.

ވީ ކިހިނެއް؟ - އެ ދެ ބޭފުޅުންނަށް ރުހުން ހޯދުމަށް ރައީސް ފޮނުއްވި ސިޓީ މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ އިއްވާފަ އެވެ.

ތަފްސީލު - ހުސައިން ޝަރީފާއި އިރުތިޝާމްއަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމާނީ، ކޮމިޓީގެ މަސައްކަތް ނިންމައި ތަޅުމަށް ފޮނުވުމުންނެވެ.

ފާހަގަކޮށްލެވޭ ކަމެއް - މިނިސްޓަރުގެ ފެންވަރުގައި، ފޮރިން މިނިސްޓްރީގެ އެމްބަސަޑާ އެޓް ލާޖުގެ މަގާމަށް ހުސައިން ޝަރީފް އައްޔަން ކުރައްވާފައި ވަނީ، ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވި ދުވަހުގެ ރޭ، މިދިޔަ މަހުގެ 17ގަ އެވެ.

ހުސައިން ޝަރީފް:

  • ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި 2005 އިން 2008އަށް ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމު ފުރުއްވި

  • ކުރީގެ ރައީސް މުހައްމަދު ވަހީދު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރައްވާފައިވޭ

  • ޔާމީންގެ ސަރުކާރުގައި އެކި ގައުމުތަކުގެ ސަފީރުކަން ވެސް ކުރެއްވި؛ އޭގެ ތެރޭގައި، ސްރީ ލަންކާ އަދި ޖަޕާން ވެސް ހިމެނޭ

  • ތައުލީމް ހާސިލުކުރެއްވީ އިނގިރޭސިވިލާތުން؛ އިކޮނޮމިކްސް އަދި ޕޮލިޓިކްސް ދާއިރާއިން ޑިގްރީ އަދި އެންވަޔަރަމަންޓަލް ޕޮލިޓިކްސްގެ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވޭ

އިރުތިޝާމް:

  • ކުރީގެ ރައީސް މައުމޫންގެ ސަރުކާރުން ފެށިގެން ހާރިޖީ ދާއިރާގައި މަސައްކަތް ކުރެއްވި

  • ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ޔޫތު މިނިސްޓްރުގެ އިތުރުން ހެލްތު މިނިސްޓަރުގެ މަގާމު ވެސް ފުރުއްވި

  • ޖެނުއަރީ 2019ގައި ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން، އެ ޕާޓިގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަގާމު ވެސް ފުރުއްވި؛ އެ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ހެންވޭރު ދެކުނު ދާއިރާއަށް ވެސް އެ ޕާޓީގެ ޓިކެޓްގައި ވާދަކުރެއްވި

  • މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު، ޕީޕީއެމްއަށް ސޮއިކުރެއްވި

  • ޕީއެޗްޑީ ހާސިލް ކުރެއްވީ، މިލިޓަރީ އެންޑް ސްޓްރެޓެޖިކް ލީޑާޝިޕް ދާއިރާއިން 2022ގައި ކެލިފޯނިއާ މްޓްރޯޕޮލިޓަން ޔުނިވާސިޓީން

އިތުރު އާޓިކަލް

އިތުރު އާޓިކަލް