ރައީސް މުހައްމަދު މުއިއްޒު މާފަންނު ރައްޔިތުންނާ އެކު މިިދިޔަ ޑިސެމްބަރުތެރޭ ބޭއްވި ބައްދަލުވުމެއްގައި އަސްމާ ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)

ޕީއެންސީ

އަސްމާ ޕީއެންސީން ވަކިކުރާކަށް ނާންގާ: ފަލާހު

ޕީއެންސީއަށް ވޯޓު ނުދިނުމަށް ބާރުއަޅައި ވާހަކަ ދައްކާފައިވާ ފޯން ކޯލެއް ލީކުވުމާ އެކު އަސްމާގެ އާއިލީ ބައެއް ބޭފުޅުން އިއްޔެ ވަނީ މަގާމުން ވަކިކޮށްފައި

މާފަަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދު (އަސްމާާއްތަ)، އެ ޕާޓީން ވަކިކުރަން ރައީސް މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެ ޕާޓީން ދޮގުކޮށްފި އެވެ.

ވީ ކިހިނެއް؟ - އަސްމާ ކަމަށް ބެލެވޭ މީހަކު މީހަކު ސަރުކާރަށާއި ރައީސް މުއިއްޒުއަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވި ފޯން ކޯލެއް ލީކުވުމާ އެކު، އެ މައްސަލަ ބަލައި ޕާޓީން ވަކިކުރަން ރައީސް މުއިއްޒު އެންގެވި ކަމަށް އަޑުފެތުރިފައިވެ އެވެ.

ތަފްސީލް - އެކަމާގުޅޭގޮތުން 'ދައުރު' އިން ސުވާލުކުރުމުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ، އެފަދަ އެންގުމެއް އަންގާފައިނުވާ ކަމަށެވެ.

އަސްމާގެ މައްސަލައެއް އެ ޕާޓީން ބަލަމުންނުދާ ކަމަށް ވެސް ބައެއް ނޫސްތަކަށް ފަލާހު ވިދާޅުވެފައިވެ އެވެ.

މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު (ފޮޓޯ/މަޖިލިސް)

އެނގުން މުހިންމު - މަޖިލިސް މެންބަރަކު އެ މީހަކު މަޖިލީހަށް އިންތިހާބުވި ޕާޓީން ކަނޑާލައިފި ނަމަ، ނުވަތަ ވަކިވެއްޖެ ނަމަ އޭނާގެ ގޮނޑި ގެއްލޭ ގޮތަށް މި ސަރުކާރުން ވަނީ ގާނޫނުއަސާސީއަށް ބަދަލު ގެނެސްފަ އެވެ.

ފާހަގަކުރެވޭ - މީގެ އެއް ދުވަސްކުރިން ލީކުވި އެ ފޯން ކޯލުގައި އަސްމާ ކަމަށް ބެލެވޭ މީހާ ވަނީ، ޕީއެންސީއަށް ވޯޓުނުދިނުމަށް ބާރު އަޅާ ވާހަކަ ދައްކާފަ އެވެ. އަދި ޕީއެންސީން ކަނޑާލައި މަޖިލިސް ގޮނޑި ގެއްލުވާލި ނަމަވެސް، ބައި-އިލެކްޝަންގައި އެމްޑީޕީގެ ވޯޓާ އެކު އެ ގޮނޑިއަށް އަލުން އިންތިހާބުވާނެ ކަމަށް ވެސް ބުނާ އަޑު އިވެ އެވެ.

އެއާއެކު އަސްމާގެ ދަރިކަލުން މުހައްމަދު ހުސެއިން ޝަރީފް (މުންދު)، ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ސަފީރުކަމުން އަދި އަސްމާގެ ކޮއްކޮ ޑރ. ސަލްމާާ ރަޝީދު އދ.އަށް ރާއްޖެއިން ކަނޑައަޅާފައިވާ ދާއިމީ މަންދޫބުކަމުން ވަނީ ވަކިކޮށްފަ އެވެ.

ކޮމެންޓް (1)

ތެފައާސާ.

8 އޭޕްރީލު 2026
ސްމާޓް ޑިސިޝަން ބައި އޮނަރަބަލް ފަލާހު. މި ދަނޑިވަޅުގައި ކޭން އޮފް ވޯރމްސް ހުޅުވުން ބުއްދިވެރިއެއް ނުވާނެ. ރާސް ލާފައި ފައިބައިގެން ގޮސް ހުސްވެ ނިމިދާނެ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް