ފެންޓެނޯއީ ގޭގައި ރައުދު ހަރަކާތްތެރިވާތަން ފެންނަ ވީޑިއޯގެ ފޮޓޯ އެއް (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ޔުމްނު ވެއްޓިފައި އޮތް އިރު އެހީނުވުމުގެ ކުށަށް ރައުދު އެއްބަސްވެއްޖެ
ގުދަނެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލި ރައުދު އަހްމަދު ޒިލާލު، ޝަރީއަތުގެ މަޖިލީހުގައި އިއްޔެ ކުށަށް އިއުތިރާފްވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެޕްރީލް 18ގައި ހިނގި އެ ހާދިސާއާ ގުޅިގެން ރައުދުގެ މައްޗަށް މިދިޔަ ޖޫން މަހު ދައުލަތުން އުފުލީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ އެވެ.
އެ މައްސަލައިގައި އޭނާއަށް އަންނާނީ، ގާނޫނުގައިވާ ގޮތުން، އަސާސީ މިންގަނޑުން ބަލާއިރު، އެއް މަހާއި ހަ ދުވަހަށް ޖަލު ހުކުމެކެވެ.
ތަފްސީލު - މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ރައުދު ވަނީ ކުށަށް އިއުތިރާފްވެފަ އެވެ. އޭނާ ކުށަށް އިއުތިރާފްވުމާ ގުޅިގެން ދެން އޮންނާނީ ހުކުމް އިއްވުމުގެ އަޑުއެހުމެވެ. ޝަރީއަތުގެ އެ މަޖިލިސް އަންނަ ހަފުތާގައި ބާއްވާނެ ކަމަށްވެ އެވެ.
ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ރައުދުގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅިގެން އިއުތިރާފުގެ އެއްބަސްވުމެއް ހަދަން އޭނާގެ ފަރާތުން ހުށައެޅި ކަމަށެވެ. ނަމަވެސް އިއުތިރާފުގެ އެއްބަސްވުން ނުހަދަން އެ އޮފީހުން ނިންމި ކަމަށް ބުންޏެވެ.
އެނގުން މުހިންމު - ރައުދަކީ ޔުމްނު ވެެއްޓުނު އިރު އޭނާއާ އެކު ބުރުޒުމަގުގައި ހުންނަ ހ. ފެންޓެނޯއީ ގޭގެ ސިޑިމަތީގައި އުޅުނު ޒުވާނާ އެވެ.
މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ރައުދު ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ، ޔުމްނު ވެއްޓުމުގައި ރައުދު ނުވަތަ އެެހެން މީހެއްގެ ބައިވެރިވުން ވެސް ނެތް ކަމަށެވެ. އޭގެ ފަހުން ރައުދު ހައްޔަރުކުރީ ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ އެވެ.
ރައުދު ހައްޔަރުކޮށް ބަންދުކުރަން ނެރުނު ދެވަނަ އަމުރުން އެނގުނު ގޮތުގައި އެ ރޭ ރައުދު އާއި ޔުމްނުއާ ދެމެދު 'ހަމަނުޖެހުމެއް' ވެސް ހިނގަ އެވެ. އަދި ޔުމްނު ވެއްޓުނު ކަމަށް ކޮންމެވެސް ބަޔަކު ކައިރީ އޭނާ ބުނިކަން އެ އަމުރުގައިވެ އެވެ.
ކޮމެންޓް (2)
ސީޱީ އެސް ޱުރާމާ
ާއަހަރެން