2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅި ޖަލްސާގެ ތެރެއިން ބަޖެޓު ފޮތް މެންބަރެއްގެ މޭޒު މަތީ (ފޮޓޯ/މަޖިލިސް)

ބަޖެޓް 2025

ބަޖެޓު ބަހުސްއަށް ކޮންމެ މެންބަރަކަށް 22 މިނެޓް

ކޮމިޓީން ނިންމީ މިނިސްޓަރަަށް ޖަވާބުދާރީވުމަށް 45 މިނެޓު ދިނުމަށް

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސްކުރަން ކޮންމެ މެންބަރަކަށް ޖުމްލަ 22 މިނެޓު ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ބަޖެޓަށް މެންބަރުންނަށް ބަހުސް ކުރުމަށާއި ފިނޭންސް މިނިސްޓަރަށް ޖަވާބުދާރީވުމަށް ދޭނެ ވަގުތު ކަނޑައެޅުމަކީ އާންމު ކޮމިޓީގެ މަސްއޫލިއްޔަތެކެވެ.

މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި އޮތީ، މެންބަރުންނަށާއި މިނިސްޓަރަށް ބަޖެޓަށް ވާހަކަ ދެއްކުމަށް ދޭނެ ވަގުތު ކަނޑައެޅުމެވެ.

ތަފްސީލު - ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވި ކޮމިޓީގެ ނައިބު މުގައްރިރު، ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވީ، މިދިޔަ އަހަރު ވެސް ބަޖެޓަށް މެންބަރުންނަށް ވާހަކަ ދެއްކުމަށް 22 މިނެޓުގެ ފުރުސަތެއް ދީފައިވާ ކަމަށެވެ. އެއީ:

  • ބަޖެޓަށް ބަހުސް ކުރަން ހަތް މިނެޓް އަދި ބަޖެޓު ރިޕޯޓަށް 15 މިނެޓް؛ ޖުމްލަ 22 މިނެޓު

  • އޭގެ އިތުރުން މިނިސްޓަރަށް ޖަވާބުދާރީވުމަށް 45 މިނެޓުގެ ފުރުސަތެއް ދީފައިވޭ

މިއަހަރު ވެސް ހަމަ އެ މިންވަރަށް މެންބަރުންނަށާއި މިނިސްޓަރަށް ވާހަކަ ދެއްކުމަށް ވަގުތު ދިނުމަށް ހުށަހެޅުއްވީ އަލިފުށި ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްލަތީފް އަބްދުއްރަހްމާން އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އިސްދޫ ދާއިރާގެ ޕީއެންސީ މެންބަރު އިސްމައިލް ޝަފީއު އެވެ.

އެއާ އެކު، އެ ހުށަހެޅުން ފާސްވީ ކޮމިޓީގެ އިއްތިފާގުންކަމަށް ރިޔާސަތުން އިއުލާން ކުރެއްވި އެވެ.

ބަޖެޓު 2026

  • ޖުމްލަ ބަޖެޓު - 64 ބިލިއަން ރުފިޔާ

  • ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ - ޓެކުހުގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ އަދި އެ ނޫން ގޮތްގޮތަށް 8.7 ބިލިއަން ރުފިޔާ

  • ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރަނީ 373.6 މިލިއަން ރުފިޔާ

  • ޖުމްލަ އާމްދަނީ (ހިލޭ އެހީއާ އެކު) - 40.4 ބިލިއަން ރުފިޔާ

  • ހަރަދުވާނެ ކަމަށް ލަފާކުރަނީ - 49.2 ބިލިއަން ރުފިޔާ

  • ބަޖެޓު ޑެފިސިޓް ފައިނޭންސް ކުރަން 8.8 ބިލިއަން ރުފިޔާ ބޭނުންވާނެ

  • ބަޖެޓުގެ %62 ކަނޑައަޅާފައިވަނީ ރިކަރަންޓު ހަރަދަށް؛ އެއީ 39.9 ބިލިއަން ރުފިޔާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް