ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، 2026 އަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހެޅުމަށް ބޭއްވި ޖަލްސާގެ ތެރެއިން. (ފޮޓޯ/ މަޖިލިސް)

ބަޖެޓް26

އަންނަ އަހަރަށް ލަފާކޮށް 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

އަންނަ އަހަރު 49.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރާއިރު، އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރަނީ 40.4 ބިލިއަން ރުފިޔާ
30 އޮކްޓޯބަރު 2025
1

އަންނަ އަހަރަށް ލަފާކޮށް 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

ބަޖެޓު 2026

  • ޖުމްލަ ބަޖެޓު - 64 ބިލިއަން ރުފިޔާ

  • ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ - ޓެކުހުގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ އަދި އެ ނޫން ގޮތްގޮތަށް 8.7 ބިލިއަން ރުފިޔާ

  • ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރަނީ 373.6 މިލިއަން ރުފިޔާ

  • ޖުމްލަ އާމްދަނީ (ހިލޭ އެހީއާ އެކު) - 40.4 ބިލިއަން ރުފިޔާ

  • ހަރަދުވާނެ ކަމަށް ލަފާކުރަނީ - 49.2 ބިލިއަން ރުފިޔާ

  • ބަޖެޓު ޑެފިސިޓް ފައިނޭންސް ކުރަން 8.8 ބިލިއަން ރުފިޔާ ބޭނުންވާނެ

  • ބަޖެޓުގެ %62 ކަނޑައަޅާފައިވަނީ ރިކަރަންޓު ހަރަދަށް؛ އެއީ 39.9 ބިލިއަން ރުފިޔާ

ތަފްސީލު - ބަޖެޓު ހުށަހަޅުއްވަމުން ޒަމީރު ވިދާޅުވީ ބަޖެޓުގައި 9.3 ބިލިއަން ރުފިޔާ ހިމަނާފައިވަނީ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދަށް ކަމަށެވެ.

އެއީ 2021 ގައި ސަރުކާރުން އިޝޫކުރި 500 މިލިއަން ޑޮލަރުގެ ސުކޫކާއި އޭގެ ކުރިން އިޝޫކުރި 100 މިލިއަން ޑޮލަރުގެ ބޮންޑެއް ދެއްކުމަށެވެ.

"މި ސަރުކާރަށް ވާރުތަވި ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި މިއީ މި ހިނގާ 2025 ވަނަ އަހަރަށް ވުރެ ކުޑަ ބަޖެޓެއް،" ޒަމީރު ވިދާޅުވި އެވެ.

އެ ބަޖެޓުގެ ފިސްކަލް އަމާޒުތަކަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި:

  • 2028ގެ ނިޔަލަށް އޯވަރޯލް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 5 ޕަސެންޓަށް ދަށްކުރުން

  • ދައުލަތުގެ ސީދާ ދަރަނި %117 ކުޑަކުރުން

  • ޕީއެސްއައިޕީ ހަރަދު %7އަށް ވުރެ މަތިނުވާނެހެން ކަނޑައެޅުން

  • ހިލޭ އެހީ ނުހިމަނައި ދައުލަތުގެ އާމްދަނީގެ ނިސްބަތުން އިންޓްރެސްޓް ހަރަދު %12 އަށް ވުރެ މަތިނުވާނެހެން ހިފެހެއްޓުން

  • 2028ގެ ނިޔަލަށް ޖީޑީޕީގެ ނިސްބަތުން ގެރެންޓީ ދީފައިވާ ދަރަނި %10އަށް ކުޑަކުރުން

ޒަމީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދީ ދުވެލި އަންނަ އަހަރު %5.3 ކުރިއަރާނެ ކަމަށް ލަފާކުރެވެ އެވެ. އަދި 2026 އާއި 2028އާ ދެމެދު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން އެވަރޭޖު ގޮތެއްގައި ހުންނާނެ ކަމަށް ލަފާކުރެވެނީ %4.9 އެވެ.

ކޮމެންޓް (1)

ތެފައާސާ.

30 އޮކްޓޯބަރު 2025
[..."މި ސަރުކާރަށް ވާރުތަވި ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި މިއީ މި ހިނގާ 2025 ވަނަ އަހަރަށް ވުރެ ކުޑަ ބަޖެޓެއް،" ޒަމީރު ވިދާޅުވި އެވެ..."] ހެހެެހެ މިއީ އަދި މާ މޮޅު ވާހަކައެއްނު؟ ދައުލަތަށް ލިބޭ އާމްދަނީއާއި ކުރަންޖެހޭ ޚަރަދަކީ އަބަދުވެސް އެއް ސަރުކާރުން އަނެއް ސަރުކާރަށް ވާރުތަވާ އެއްޗެއްނު؟ ދައުލަތް ކޮންޓިނިއު ވަނީ އެހެނެއްނު؟ މި މީހުންގެ ވާހަކައިން ހީވަނީ މިއީ އަލަށް މި ސަރުކާރާއި ހިސާބުން ފެށިގެން އުޅޭ ކަމެއްހެން. ދެން އެބުނި ވާހަކަވެސް ބަލާބަލަ، ބަޖެޓުން ކުރަންޖެހޭ އެންމެ ބޮޑު ޚަރަދުތައް ނުލައިފިއްޔާ ކުރީ އަހަރަށްވުރެ މިއަހަރުގެ ބަޖެޑު ކުޑަޔޯ!! ހަހަހަހަ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް