ވެލާނާގެއަށް ސިވިލް ސާވެންޓުން މަސައްކަތަށް ހާޒިރުވާތަން.

ބަޖެޓް26

2026ގައި މުސާރަ އާއި އުޖޫރައަށް 17 ބިލިއަން؛ 2.4 ބިލިއަން ބޮޑު އަދަދެއް

ގިނަ ދާއިރާތަކުން މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމާފައިވާއިރު، ޕޭ ހާމަނައިޒޭޝަނަށް ވެސް 1.6 ބިލިއަން ރުފިޔާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނާފައިވޭ
2 ނޮވެމްބަރު 2025

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 17 ބިލިއަން ރުފިޔާ ހިމަނައިފި އެވެ.

ތަފްސީލު - މިއަހަރަށް ފާސްކުރި ބަޖެޓާ އަޅާކިޔާއިރު، މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް އަންނަ އަހަރަށް ލަފާކުރި އަދަދަކީ 2.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެގޮތުން މިއަހަރުގެ ބަޖެޓުގައި:

  • މުސާރަ އާއި އުޖޫރައަށް: 6.8 ބިލިއަން ރުފިޔާ

  • އިނާޔަތްތަކަށް: 5.7 ބިލިއަން ރުފިޔާ

  • ޕެންޝަން: 2.1 ބިލިއަން ރުފިޔާ

  • ޖުމްލަ: 14.6 ބިލިއަން ރުފިޔާ

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި:

  • މުސާރަ އާއި އުޖޫރައަށް: 8.6 ބިލިއަން ރުފިޔާ

  • އިނާޔަތްތަކަށް: 6.1 ބިލިއަން ރުފިޔާ

  • ޕެންޝަން: 2.3 ބިލިއަން ރުފިޔާ

  • ޖުމްލަ: 17 ބިލިއަން ރުފިޔާ

އޭގެ އިތުރަށް އަންނަ އަހަރު ޕޭ ހާމަނައިޒް ކުރުމަށްޓަކައި ވެސް 1.7 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެ އެވެ.

2026ގެ ބަޖެޓު ފޮތް. (ފޮޓޯ/ މަޖިލިސް)

ގުޅުންހުރި ކަމެއް - އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި މުސާރަ އާއި އިނާޔަތްތަކަށް ކުރާ ހޭދަ މިއަހަރަށް ވުރެ ބޮޑުކޮށްފައިވާއިރު، ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުނުވާ މުވައްޒަފުންގެ މުސާރަ އިއްޔެއިން ފެށިގެން ވަނީ ބޮޑުކޮށްފަ އެވެ.

އެއީ ޖުޑީޝަރީ އާއި ލޯކަލް ކައުންސިލްތަކާއި ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުން ހިމެނޭ ގޮތަށެވެ.

ބަޖެޓު 2026

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހުށަހަޅާފަ އެވެ.

އެ ބަޖެޓުގައި:

  • ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ - ޓެކުހުގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ އަދި އެ ނޫން ގޮތްގޮތަށް 8.7 ބިލިއަން ރުފިޔާ

  • ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރަނީ 373.6 މިލިއަން ރުފިޔާ

  • ޖުމްލަ އާމްދަނީ (ހިލޭ އެހީއާ އެކު) - 40.4 ބިލިއަން ރުފިޔާ

  • ހަރަދުވާނެ ކަމަށް ލަފާކުރަނީ - 49.2 ބިލިއަން ރުފިޔާ

  • ބަޖެޓު ޑެފިސިޓް ފައިނޭންސް ކުރަން 8.8 ބިލިއަން ރުފިޔާ ބޭނުންވާނެ

  • ބަޖެޓުގެ %62 ކަނޑައަޅާފައިވަނީ ރިކަރަންޓު ހަރަދަށް؛ އެއީ 39.9 ބިލިއަން ރުފިޔާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް