ސަރުކާރުގެ ގިނަ އޮފީސްތައް ހިންގާ ވެލާނާ ބިލްޑިންއަށް މުވައްޒަފުންތަކެއް ވަންނަނީ: ސިވިލް ސާވެންޓުން މުސާރައަށް މާދަމާ ބަދަލު އަންނާނެ.
މާދަމާ ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުވާނެ؛ ތަފްސީލު އާއްމުކޮށްފި
މާދަމާއިން ފެށިގެން ސިިވިލް ސާވެންޓުންގެ މުސާރައަށް ގެންނަ ބަދަލުގެ ތަފްސީލުތައް މިރޭ އާއްމުކޮށްފި އެވެ.
ތަފްސީލް - ފިނޭންސް މިނިސްޓްރީން މިރޭ ވަނީ އަށް ދާއިރާއެއްގެ މުސާރައަށް އަންނާނެ ބަދަލުތައް ހާމަކޮށްފަ އެވެ.
އެއީ:
-
ބިޒްނަސް އެންޑް އެޑްމިނިސްޓްރޭޓިވް ސާވިސް
-
ތައުލީމީ ދާއިރާ
-
ސިއްހީ ދާއިރާ
-
އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ދާއިރާ
-
ލީގަލް، ކަލްޗަރަލް އަދި ސޯޝަލް ސާވިސް
-
ސައިންސް އެންޑް ބިލްޓް އެންވަޔަރަމެންޓް ސާވިސް
-
ސެކްރެޓޭރިއަލް، ސްކިލްޑް އެންޑް އެލެމެންޓްރީ ސާވިސް
މިއިން ކޮންމެ ދާއިރާއަކުން ވެސް، އެ ދާއިރާއެއްގައި ހިމެނޭ ހުރިހާ މަގާމަކުން މުސާރައަށް އަންނަ ބަދަލުތައް ވަނީ އާއްމުކޮށްފަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ރައީސް މުހައްމަދު މުއިއްޒު ވަނީ، މިހާތަނަށް މުސާރަ ބޮޑުނުވާ ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީ އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ 1 ނޮވެމްބަރުގައި ހާމަނައިޒްކޮށް، މުސާރަ ބޮޑުވެގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.
ހުރިހާ ސިވިލް ސާވެންޓުންގެ އަސާސީ މުސާރަ، މިނިމަމް ވޭޖަށް ވުރެ ކުޑަނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.