ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި މަހާޒު (ވ) ހުންނެވިއިރު، މިނިވަން މުއައަސާތަކަށް މީހުން އައްޔަން ކުރުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އޭނާ ހުވާލައިދެއްވަނީ (ފައިލް ފޮޓޯ/ ރައީސް އޮފީސް)
ޓްރައިބިއުނަލަށް އައްޔަން ކުރަން ރައީސް ފޮނުއްވި ލިސްޓުގެ ކުރީގައި މަހާޒު
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ދެ މެންބަރުންގެ މަގާމަށް ރުހުން ދޭން ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ލިސްޓުގެ އެންމެ ކުރީގައި ސުޕްރީމް ކޯޓުން ވަކިކުރި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ނަން އެ މަނިކުފާނު ހިމަނުއްވައިފި އެވެ.
ވީ ކިހިނެއް؟ - އާންމު ގޮތެއްގައި މަޖިލީހުން މިފަދަ މަގާމުތަކަށް ރުހުންދޭއިރު ބަލަނީ ރައީސް އެ މަގާމަކަށް އައްޔަން ކުރަން ނަންތައް ފޮނުވާ ތަރުތީބަށެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ރައީސް ފޮނުއްވި ސިޓީ އިއްވާފައިވާއިރު، ޓްރައިބުނަލްގެ ހުސްވެފައިވާ ދެ މެންބަރުންގެ މަގާމަށް އެ މަނިކުފާނު ފޮނުއްވި ހަތް ބޭފުޅުންގެ ތެރެއިން ލިސްޓުގެ އެންމެ ކުރީގައި އޮތީ މަހާޒްގެ ނަމެވެ.
ތަފްސީލު - ރައީސް ފޮނުއްވި ސިޓީގައި ފާހަގަކުރެއްވި ގޮތުގައި، ޓްރައިބިއުނަލްގެ ހުސްވެފައިވާ ދެ މަގާމުގެ ތެރެއިން އެއް މަގަމާކީ ގާނޫނީ ދާއިރާގެ މެންބަރުކަމުގެ މަގާމެވެ. އޭގެ އިތުރުން މި ހަތް ބޭފުޅުންނަކީ އެ ދެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން އެ ކަމަށް ކުރިމަތިލެއްވި ބޭފުޅުން ކަމަށް ސިޓީގައި ވިދާޅުވި އެވެ.
ރައީސް ފޮނުއްވި ލިސްޓުގައި ހިމެނޭ ބޭފުޅުން (ތަރުތީބުން):
-
1-
މަހާޒު
-
2-
އާޝިޔާ އަޒީމާ، ރޮޒްވިލާ/ރ. ހުޅުދުއްފާރު
-
3-
އިބްރާހިމް އަފީފް، ގުލްބަހާރުގެ/ބ. ތުޅާދޫ
-
4-
ޝިފާޒް އަލީ، ރސ. 12،854
-
5-
ފާތިމަތު ނައުޝާން، ފިޔާތޮށިގެ/ޅ. ނައިފަރު
-
6-
އަހްމަދު ޔާމީން، ބީޗު ކޯނާ/ގދ. ގައްދޫ
-
7-
ޝައުފާ އިބްރާހިމް، ދ. މީދޫ/އަކިރިލާ
މި ހަތް ބޭފުޅުންގެ ތެރެއިން އަހްމަދު ޔާމީން ފިޔަވައި ދެން ކުރިމަތިލެއްވި ހަ ބޭފުޅުންނަކީ ވެސް ގާނޫނީ ދާއިރާއިން ތައުލީމް ހާސިލްކުރައްވައިގެން ތިއްބެވި ބޭފުޅުންނެވެ.
މި ނަންތައް ދިރާސާ ކުރުމަށް ފޮނުވީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށެވެ. މި ބޭފުޅުންގެ ތެރެއިން ދެ ބޭފުޅުންނަށް ރުހުން ދޭނީ ކޮމިޓީން ކުރާ ދިރާސާއަށް ފަހު، އެ ނިންމުމުގެ މައްޗަށް ތަޅުމުގައި ނަގާ ވޯޓަކުންނެވެ.
ފާހަގަކޮށްލެވޭ - ސަރުކާރުގެ ނުފޫޒު އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މަހާޒު ހިމެނޭހެން ދެ ފަނޑިޔާރަކު ވަކިކުރަން ނިންމީ މިދިޔަ މެއި މަހު ކުރީކޮޅު އެވެ.
ވަކި ކުރުމުގެ މަރުހަލާ ކުރިއަށް ގެންދިޔަ ގޮތާ ގުޅޭ ގޮތުން ބޭރުގެ އެކި ފަރާތްތަކުންނާއި ގާނޫނީ ބޭފުޅުން ސުވާލު އުފައްދަމުންދަނިކޮށް، ޖޭއެސްސީގެ ނިންމުމަށް ތާއީދުކޮށް، ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން މަހާޒު ވަކިކޮށްފައި ވަނީ މިދިޔަ 14 މެއިގަ އެވެ.
މަހާޒު ވަކިކުރުމާ ގުޅިގެން އޭރު އޭނާ ވިދާޅުވީ އެކަންކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އޭނާ ވަކިކުރުމާ ގުޅުވައި ބަންޑާރަނައިބު އަހްމަދު އުޝާމްއަށް ވެސް ތުހުމަތުތަކެއް އަމާޒު ކުރެއްވި އެވެ.
ކޮމެންޓް (3)
ތަރަތަރަ ރާޖާ
ތެފައާސާ.
ބޮޑު ގޮހޮޑާ