ކޮންޓްރޯލް ބިލު' ބޭރުކުރުމަށް ގޮވާލައި، ނުސްވެރިން މަޖިލިސް ސަރަހައްދުގައި ކުރި މުޒާހަރާގެ ތެރެއިން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ނުހިންގާ ގިނަ މީޑިއާތަކެއް ހިމެނޭހެން ކޮންޓްރޯލް ކޮމިޝަން އިންތިހާބުގެ ވޯޓާސް ލިސްޓު އާންމުކޮށްފި

މި ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލާފައި ވަނީ މާދަމާ މެންދުރު ފަހު 3އަށް

މީޑިއާ ކޮންޓްރޯލް ކޮމިޝަންގެ އިންތިހާބުގައި ވޯޓުލެެވޭ މީޑިއާތަކުގެ ލިސްޓުގައި ނުހިންގާ ގިނަ މީޑިއާތައް ވެސް ހިމެނޭހެން ވޯޓާސް ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު އާންމުކޮށްފި އެވެ.

ވީ ކިހިނެއް؟  - މީޑިއާ ކޮންޓްރޯލް ބިލު މި މަހު 18ގައި ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާ އެކު، މީޑިއާތައް ރެގިއުލޭޓް ކުރުމަށް ކުރިން އޮތް ސެލްފް ރެގިއުލޭޓަރީ ނިޒާމް ފުނޑާލައި، އޭރު އޮތް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ވަނީ އުވިފަ އެވެ. އެއާ އެކު، ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް ވަނީ އުފައްދާފަ އެވެ.

ޖުމްލަ ހަތް މެންބަރުން ތިބޭ އެ ކޮމިޝަނަށް މީޑިއާތަކުން އިންތިހާބު ކުރާ ހަތަރު މެންބަރުންގެ މަގާމަށް މިދިޔަ ބުރާސްފަތި ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ.

ތަފްސީލު - އަންނަ މަހު 11ގައި ބާއްވާ މި އިންތިހާބުގައި  ވޯޓުލާ މީޑީއާތަކުގެ ފުރަތަމަ ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ގެޒެޓްކޮށްފަ އެވެ. ލިސްޓުގައި 353 މީޑިއާ ހިމަނާފައިވެ އެވެ.

އޭގެ ތެރެއިން ގިނަ މީޑިއާތަކަކީ ގަވައިދުން ނުނެރޭ ނުވަތަ ނެރުން ހުއްޓާލާފައިވާ މީޑިއާތަކެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • 353 މީޑިއާ

  • 18 ބޮރޯޑްކާސްޓަރުންގެ ގޮތުގައި އެ މީޑިއާތަކުގެ ކުންފުނިތައް

އެ ލިސްޓުގައި މީޑިއާތަކުގެ އިތުރުން އެ މީޑިއާއެއެއްގެ ކުންފުނި ވެސް ހިމަނާފައިވެ އެވެ.

މި ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލާފައި ވަނީ މާދަމާ މެންދުރު ފަހު 3 އަކަށެވެ.

މީޑިއާތަކުން އިންތިހާބު ކުރާ ހަތަރު މެންބަރުންގެ ތެރެއިން ދެ މެންބަރުންނަކީ އޮންލައިން މީޑިއާ އަދި އަނެއް ދެ މެންބަރުންނަކީ ބްރޯޑްކާސްޓަރުންގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ.

ފަސް މަންޒަރު - ސަރުކާރު އަޑީގައި އޮވެ، ޕީއެންސީގެ ފުރިހަމަ ތާއީދު ލިބިގެން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އަމިއްލަ މެންބަރެއް ކަމަށްވާ ތޫޅާދޫ ދާއިރާގެ އަބްދުލް ހަންނާން އަބޫބަކުރެވެ. ބިލު ޑްރާފްޓް ކުރުމުގައި އިސްކޮށް އުޅުއްވީ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އެވެ. 

މަޖިލިސް ޗުއްޓީގައި އޮއްވާ މާ ބޮޑު ދިރާސާކުރުމެއް ނެތި ބިލު ފާސްކޮށްފައި ވަނީ އަވަސް އަރުވާލައިގެން ދެ ހަފްތާއެއްހާ ދުވަސް ތެރޭގަ އެވެ. ދިރާސާ ކުރުމަށް ބޭއްވި ކޮމިޓީގެ ބައެއް ބައްދަލުވުންތައް ވެސް ސިއްރުކުރި އެވެ.

ކޮމެންޓް (3)

ދަރުމަ

13 އޮކްޓޯބަރު 2025
ރާއްޖެ މިހާތަނަށް ދުށް އެންމެ މަކަރުވެރި ސަރުކާރާއި، އެންމެ ބަސް ދިމާނުވާ ރައީސް. ސަރުކާރަށް ވެސް ދެވަނަ ފުރުސަތެއް ނުދޭނެ. ގަދަބާރުން ދެމި އޮވެވުދާނެ.
0 0

ހަމަހުވައި

28 ސެޕްޓެމްބަރު 2025
ސަރުކާރުން ކޮމިޝަނެއް ހެދީމަ ގޮސް ވަނީ، އެކަމަކު އެންމެހާ ރައްޔިތުންނަށް ވެސް އެނގޭ މިތާކު މިނިވަން މީޑިއާއެއް ނެތްކަން، ކޮންމެވެސް ސިޔާސި މީހަކަށް ނުވާތީ ޕާރޓީއަކަށް ވިކިފައި. ޕްރޮޕެގެންޑާ މިހިންގާ ބަޔަކުނެތް. މައްސަލައަކީ މިނިވަންކަމާއި އެކު ހިތުހުރިހާ (ބޮސް ބޭނުންވާ) އެއްޗެއް ނުކިޔޭނެތީ. ހަމަހުވައި.
1 1

ކޮސް

28 ސެޕްޓެމްބަރު 2025
ރައްޔިތުންޖެހޭނީ 2028 އަށް ކެތްކޮށްލަން. މުއިއްޒު އަމިއްލަފުޅަށް ހިކުމަތްތެރި ނޫންގޮތްގޮތަށް ކުރައްވާ ކަންކަމުގެ ސަބަބުން 2028 ގެއްލޭނެ. މިއީ ޕީ.އެން.ސީ އުޑުގަޖެހިފަ ބިމުގަޖެހުނަސް ، ރައްޔިތުން މިހާރުވެސް ނިންނާފައިވާ ކަމެއް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް