ރައީސް މުއިއްޒު ބިލު ތަސްދީގު ކުރައްވަނީ (ފޮޓޯ/ ރައީސް އޮފީސް)
ބީރު ކަންފަތެއްދީ، މީޑިއާ ކޮންޓްރޯލު ބިލު ތަސްދީގު ކުރައްވައިފި
މީޑިއާތައް ކޮންޓްރޯލު ކުރާ ބިލު ތަސްދީގު ނުކުރެއްވުމަށް މީޑިއާތަކުންނާއި ނޫސްވެރިން އަދި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން ވެސް ގޮވާލަމުން ދަނިކޮށް، އެ ގޮވާލުންތަކަށް ބީރު ކަންފަތެއްދީ މީޑިއާތައް ކޮންޓްރޯލު ކުރާ ބިލު ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ދައުރުން ބޭރުން މިދިޔަ އަންގާރަ ދުވަހު ހަވީރު ބޭއްވި މަޖިލީހުގެ ޖަލްސާ އިން ބިލު ފާސްކުރީ 60 މެންބަރުންގެ ވޯޓާ އެކު އެވެ.
ތަފްސީލް - މި ބިލު ތަސްދީގު ކުރުމާ އެކު ބްރޮޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެ އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ނަމުގައި ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު ހަންނާން އަބޫބަކުރު ލައްވާ ސަރުކާރުން ހުށަހެޅުއްވި ބިލަކީ ސަރުކާރުން ހުށަހެޅި ބިލެއް ނޫން ކަމަށް ސަރުކާރުގެ ކަމާ ގުޅުން ހުރި ބައެއް ވަޒީރުން ވެސް ވަނީ ވިދާޅުވެފަ އެވެ.
ވަޒީރުން އެގޮތަށް ވާހަކަ ދައްކަވާފައި ވަނިކޮށް އެ ބިލަކީ ސަރުކާރުގެ ފަރާތުން އަމިއްލަ މެންބަރު ހުށަހެޅުއްވި ބިލެއް ކަމަށް ބިލު ފާސް ކުރި ދުވަހު މަޖިލީހުގެ ރިޔާސަތުން ވަނީ ވިދާޅުވެފަ އެވެ.
ބިލު ފާސްކުރީ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލިސް ކައިރީ ނޫސްވެރިންނާއި އާންމުން އަދި އިދިކޮޅުން ވެސް ދިޔައީ އިހުތިޖާޖުކޮށް، ބިލު ފާސް ނުކުރުމަށް ގޮވާލަމުން ދަނިކޮށެެވެ.
ސަރުކާރުގެ ބާރު ފޯރުވޭ ކޮމިޝަނަކަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ގާނޫނަކަށްވި ނަމަވެސް އެ ގާނޫނު ބަލައިނުގަންނާނެ ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ރޭ ވަނީ ބުނެފަ އެވެ.
-
ނޫސްވެރިންގެ ޑިމާންޑަކީ މިހާރު މީޑިއާ ކައުންސިލް އޮންނަ ގޮތަށް ހަމައެކަނި ނޫސްތަކާއި މީޑިއާ ތަމްސީލްކުރާ މެންބަރުން ހިމެނުން
-
އާ ގާނޫނުގެ ދަށުން އެކުލަވާލާ 7 މެންބަރުންގެ ކޮމިޝަނަށް 3 މެންބަރުން އަދި ކޮމިޝަނުގެ ރައީސް އައްޔަންކުރުމުގެ ކުރުމުގެ ބާރު ލިބެނީ ރައްޔިތުންގެ މަޖިލީހަށް
ރައީސް އޮފީހުން ބުނީ މީޑިއާ ކޮންޓްރޯލު ކުރާ ގާނޫނާ އެކު ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ތަރައްގީކޮށް ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓޭނެ ކަމަށެވެ.
އާ ގާނޫނު ތަސްދީގު ކުރުމާ އެކު ބްރޯޑްކޮމް އާއި އެމްއެމްސީ އުވުނުއިރު، އާ ކޮމިޝަން އެކުލަވާލެވެންދެން އުވުނު ދެ އިދާރާއިން ކުރި މަސައްކަތްތައް ކުރުމަށް ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާ 5 މެންބަރުންގެ ކޮމެޓީއެއް އުފައްދާނެ އެވެ.
ކޮމެންޓް (3)
ދޮނެއި ރަދުން
ކައްދަ މޫސަ
ކޮހޭ