ކޮންޓްރޯލް ގާނޫނު ދިފާއު ކުރުމަށް ރާއްޖެއިން ދިޔަ ވަފުދު، ލަންކާގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ކޮންޓްރޯލް ގާނޫނު ދިފާއުކޮށް، ބޭރުގެ ޕްރެޝާ ކުޑަކުރަން ސަރުކާރުގެ ވަފުދެއް ބޭރަށް
ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރުމަށް މިދިޔަ ހަފްތާގައި ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވި މީޑިއާ ކޮންޓްރޯލް ބިލާ ގުޅިގެން އަންނަމުންދާ ޕްރެޝަރު ކުޑަކޮށް، އެ ގާނޫނު ދިފާއުކުރަން ސަރުކާރުގެ ވަފުދެއް ބައެއް ގައުމުތަކަށް ފުރައިފި އެވެ.
ވީ ކިހިނެއް؟ - ނޫސްވެރިންނާއި ބޭރުގެ ޖަމިއްޔާތަކުން ގޮވާލަމުން ދިޔަ ގޮވާލުންތައް ބީރު ކަންފަތެއް ދެއްވައި، މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ރައީސް ވަނީ ބިލު ތަސްދީގު ކުރައްވާފަ އެވެ. އަލްޖަޒީރާ އާއި އެ ނޫނަސް ބައިނަލްގުވާމީ މީޑިއާތަކުގައި މި ގާނޫނާ ގުޅިގެން ހުރި ކަންބޮޑުވުންތައް ރިޕޯޓުކޮށްފައިވެ އެވެ.
އެއާ އެކު އަންނަމުންދާ ބައިނަލްއަގުވާމީ ޕްރެޝަރު ކުޑަކުރަން ސަރުކާރުގެ ވަފުދެއް ރާއްޖެއިން ފުރީ، އެނގިފައިވާ ގޮތުގައި، މި ހަފްތާ ކުރީކޮޅު އެވެ.
ތަފްސީލު - މި ވަފުދު އެންމެ ފުރަތަމަ ދިޔައީ ސްރީ ލަންކާއަށެވެ. އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީގައި ލަންކާ ނޫސްވެރިންނާ އެކު ބައްދަލުވުންތައް ވެސް ބޭއްވި އެވެ. މި ބައްދަލުވުންތަކުގައި ލަންކާއަށް ކަނޑައަޅާފައިވާ ދިވެހި ސަފީރު މަސްއޫދު އިމާދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ވަފުދުގައި ހިމެނެނީ:
-
އަހުމަދު ޝިޔާން - ފޮރިން މިނިސްޓްރީގެ މަލްޓިލެޓަރަލް ޑިޕާޓްމަންޓްގެ ވެރިޔާ
-
މާޒިޔާ އަބްދުއް ސައްތާރު، ބަންޑާރަނައިބު އޮފީހުގެ ސްޓޭޓް ކައުންސިލް
-
ނަޝީތާ ނަޝީދު، ޓުއަރިޒަމް މިނިސްޓްރީގެ ނައިބު
މި ބައްދަލުވުންތަކަށް ފަހު، ސަރުކާރުން ބޭނުންވާ ގޮތަށް ގާނޫނު ދިފާއުކޮށް ލަންކާގެ ބައެއް ނޫސްތަކުގައި ލިޔުންތައް ޝާއިއުކޮށްފައިވެ އެވެ.
އެނގިފައިވާ ގޮތުގައި މި ވަފުދު މިހާރު ވަނީ ލަންކާއިން ފުރައިފަ އެވެ. ލަންކާއަށް ފަހު، ދެވަނަ މަންޒިލަކީ އިންޑިއާ ކަމަށް އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރުކޮށްދެ އެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް، އެ މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.
ކޮމެންޓް (3)
ކޮސް
ފެޓްކައު
ކޮއިމަލާ