ފުލުސްޓޮޕް މުޒާހަރާ. (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

މީޑިއާ

މީޑިއާ ކޮންޓްރޯލު ގާނޫނާ އެކު ސަރުކާރު ޖަވާބުދާރީ ކުރުވުން ހުއްޓިދާނެތީ ކަންބޮޑުވެއްޖެ

ގާނޫނާ މެދު އަލުން ވިސްނައި ގާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރިކުރެވޭނެ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް އެސްއޭއެޗްއާރުން ވަނީ ސަރުކާރަށް ގޮވާލާފައި

މީޑިއާތައް ކޮންޓްރޯލު ކުރާ ގާނޫނާ އެކު ސަރުކާރުގެ ޖަވާބުދާރީކުރުވުމާއި ކޮރަޕްޝަން ފަދަ އާންމު މަސްލަހަތު ހިމެނޭ މައްސަލަތަކާ ގުޅޭ ރިޕޯޓުކުރުންތައް ހުއްޓިދާނެތީ ސައުތު އޭޝިއަންސް ފޯ ހިއުމަން ރައިޓްސް (އެސްއޭއެޗްއާރު)ން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގައި މީޑިއާތައް ސަރުކާރަށް ކޮންޓްރޯލު ކުރެވޭ ގޮތަށް އެކުލަވާލި ގާނޫނު ތަސްދީގުކޮށް އަމަލު ކުރަން ފެށުމާ އެކު ދެކުނު އޭޝިއާ ސަރަހައްދުގެ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް މިއަދު ނެރެފަ އެވެ.

ތަފްސީލް - އެސްއޭއެޗްއާރުން ނެރުނު ބަޔާނުގައި ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސް ކުރުމުގައި އަމަލު ކުރި ގޮތާ މެދު ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރާއްޖޭގެ ނޫސްވެރިންނާއި ކަމާ ގުޅުންހުރި ފަރާތްތަކުން އަދި ބޭރުގެ ޖަމިއްޔާތަކުން ވެސް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ފާސްކޮށް، މިހާރު އަމަލު ކުރަން ފަށާފައިވާ ގާނޫނަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ބޮޑު ހުރަހެއް ކަމަށް އެސްއޭއެޗްއާރުން ބުންޏެވެ.

އެންމެ ބޮޑަށް ކަންބޮޑު ވަނީ އާ ގާނޫނު ބޭނުންކޮށްގެން ސިޔާސީ ހިޔާލު ތަފާތުވުންތައް މަނާކޮށް، ސަރުކާރުގެ ޖަވާބުދާރީކުރުވުމާއި ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅޭ ރިޕޯޓުކުރުން ހުއްޓުވުމަކަށް އައިސްދާނެތީ ކަމަށް އެސްއޭއެޗްއާރުން ބުންޏެވެ.

އެ ޖަމިއްޔާ އިން ވަނީ، ގާނޫނާ މެދު އަލުން ވިސްނައި ގާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރިކުރެވޭނެ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރަށް ގޮވާލައިފަ އެވެ.

ފާހަގަ ކުރެވޭ - މީޑިއާ ކޮންޓްރޯލު ގާނޫނު ތަސްދީގު ކުރުމާ އެކު، ރައްޔިތުންގެ މަދަނީ ހައްގުތަކުގެ ދިފާއުގައި މަދަނީ ބަސްނޭހުމަކަށް ގޮސް، 'ފުލުސްޓޮޕް މޫވްމަންޓް'ގެ ނަމުގައި ނޫސްވެރިން ވަނީ ހަރަކާތެއް ފަށައިފަ އެވެ.

ކޮމެންޓް (2)

ރާދަވަޅި

21 ސެޕްޓެމްބަރު 2025
އަނެއްކާވެސް ވެދާނެ ކަންތަކުގެ ވާހަކައިން ޚަބަރު ހަދާލަނީ. ތިޔަ ބިލުން ވެދާނެ ކަންތައްތައް ކިޔަމުންދާ ތާ އެތަކެއް ދުވަހެއް ވެއްޖެ. މިހާރު އެއީ ޤާނޫނެއް. ތިޔަބުނާ ވެދާނެ ހުރިހާ ކަމެއް މިހާރު ހަޤީޤަތަކަށް ވާންޖެހޭނެތާ. ހަގީގަތަކަށް ނުވަންޏާ ތިއީ ބޭކާރު ޚަބަރެއް، އެއްވެސް އޮއްޓަރެއް ނެތް. ސަރުކާރު ޖަވާބުދާރީ ކުރުން ހުއްޓިެއްޖެ ޙާލަތުގައި ދެން އެހެން ލިޔެބަލަ. އޭރުން ރައްޔިތުންގެ ތާޢީދު ލިބޭނެ. އެހެން ނޫނީ މިއީ ހުސް ފޮނު
0 0

ހިރިގާ

21 ސެޕްޓެމްބަރު 2025
@ރާދަވަޅި ގާނޫނާ ހިލާފު ވެވިފަ ތިއްބަސް ކޮންމެ ފަހަރަކު ފިޔަވަޅު ނާޅަފާނެ. އެކަމަކު ކޮންމެ ވަގުތަކު ވެސް ފިޔަވަޅު އެޅޭ ގޮތަށް ގޮޅިއަކަށް ފެތިފަ އެ ތިބެނީ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް