ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް
މަޖިލިސް 2 ހަފްތާގެ ޗުއްޓީއަކަށް؛ 3 މަސް ތެެރޭ ނިންމީ 9 ބިލު
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ނިންމާލައި ދެ ހަފްތާގެ ޗުއްޓީއަކަށް މިއަދު ގޮސްފި އެވެ. މިދިޔަ ފެބްރުއަރީ މަހު ފެށި މި އަހަރުގެ ފުރަތަމަ ދައުރު ތެރޭގައި ނިންމާފައި ވަނީ ނުވަ ބިލެވެ.
ވީ ކިހިނެއް؟ - މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ކޮންމެ އަހަރަކު މަޖިލީހުގެ ޖަލްސާތައް ބެހިގެން ވަނީ ތިން ދައުރަށެވެ. އެއީ:
-
ފުރަތަމަ ދައުރު: ފެބްރުއަރީން 15 މޭއަށް
-
ދެވަނަ ދައުރު: ޖޫން އިން 15 އޮގަސްޓަށް
-
ތިން ވަނަ ދައުރު: އޮކްޓޯބަރުން ނޮވެމްބަރަށް
މިއަދުގެ ޖަލްސާ ނިންމާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މިއަދަކީ މި ދައުރުގެ ފަހު ޖަލްސާ ކަމަށާއި މިއަދުން ފެށިގެން ޗުއްޓީއަށް ދިޔަކަން އިއުލާން ކުރައްވާފަ އެވެ.
ތަފްސީލު - ޖަލްސާ ނިންމާލައްވަމުން އަބްދުއްރަހީމް ވަނީ މި ދައުރުގައި ކުރި މަސައްކަތްތަކުގެ ތަފާސްހިސާބުތައް ވިދާޅުވެފަ އެވެ. އެގޮތުން:
-
32 ޖަލްސާ ބެއްވި
-
59 ގަޑިއިރު ޖަލްސާތަކުގައި ހޭދަ ކުރި
-
193 ކޮމިޓީ ބައްދަލުވުން ބޭއްވި
-
9 ބިލު ފާސްކޮށްފައިވޭ
"ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައި އޮތް ޖުމްލަ %77 މަސައްކަތް މި ދައުރުގައި މި ވަނީ ނިމިފައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ނުވަ ބިލު ފާސްކޮށްފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއިރު، އޭގެ ތެރެއިން ގިނަ ބިލުތަކަކީ މިދިޔަ އަހަރު މަޖިލީހަށް ހުށަހަޅައި ކޮމިޓީތަކުގައި ހުރި ބިލުތަކެވެ.
މިއަހަރު އަލަށް މަޖިލީހަށް ހުށަހަޅާފައިވަނީ ނުވަ ބިލެވެ. އެ ބިލުތައް މަދުވުމުގެ ސަބަބުން އެމްޑީޕީ މެންބަރުންގެ ކަންބޮޑުވުން މީގެ ކުރިން ފާޅުކުރައްވާފައިވެ އެވެ.
މަޖިލީހުން މި ދައުރުގައި ފާސްކުރި ބައެއް ބިލުތައް:
ދޮޅު އަހަރު ނެތް ނަމަ ބައި-އިލެކްޝަން ނުބާއްވަން ފާސްކޮށްފި
15 މޭ 2025
އޭޖީ އޮފީސް ވަކި ސާވިސްއަކަށް ހަދަން ފާސްކޮށްފި
15 މޭ 2025
2007ގެ ޖީލުން ފެށިގެން ދުންފަތް މަނާކުރަން މަޖިލީހުން ފާސްކޮށްފި
13 މޭ 2025
އިޒްރޭލް ޕާސްޕޯޓު މަނާ ކުރަން މަޖިލީހުން ފާސްކޮށްފި
15 އޭޕްރީލު 2025