އިޒްރޭލަށް ޕާސްޕޯޓޫ މަނާ ކުރުމަށް ގޮވާލައި މީގެ ކުރިން މަޖިލިސް ކައިރީގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރަން މަޖިލީހުން ފާސްކޮށްފި

ބިލު ކޮމިޓީންނާއި ތަޅުމުން ފާސްކުރި ގޮތުން އެހެން ގައުމެއްގެ ޕާސްޕޯޓް އޮންނަ އިޒްރޭލް މީހުން ރާއްޖެ އައުމަށް ހުރަހެއް ނޯންނާނެ

ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލަންދެން އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރާ ގޮތަށް ކޮމިޓީން ނިންމި ބިލު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމަށް ދެކޮޅު ހެދުމުގެ ގޮތުން އެ ގައުމުގެ ރައްޔިތުންނަށް ރާއްޖެ އެތެރެވުން މަނާކުރަން އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް، މީގެ އަހަރެއްހާ ދުވަސް ކުރިން ހުށަހެޅުއްވި ބިލަށް ބަދަލެއް ގެނެސް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ކޮމިޓީ ރިޕޯޓު ތަޅުމަށް ހުށަހެޅި އެވެ.

ތަފްސީލު - އެ ބިލު ކޮމިޓީން ނިންމި ގޮތަށް އިތުރު ބަދަލެއް ނުގެނެސް ތަޅުމުން ފާސްކުރީ 83 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

މީކާއިލް ބިލު ހުށަހެޅުއްވިއިރު އޮތީ އިޒްރޭލް މީހުންނާއި އެ ގައުމުގެ ރައްޔިތުންގެ ތެރެއިން ޑުއަލް ސިޓިޒަންޝިޕް އޮންނަ މީހުންނަށް ވެސް ރާއްޖެ އެތެެރެވުން މަނާ ކުރާ ގޮތަށް ހެދުމަށެވެ.

ނަމަވެސް ކޮމިޓީ މަރުހަލާގައި އިމިގްރޭޝަނުން ބުނެފައިވަނީ ޑުއަލް ސިޓިޒަންޝިޕް އޮންނަ މީހުން ކަށަވަރު ކުރެވޭނެ ގޮތެއް އެ އިދާރާގައި ނެތް ކަމަށެވެ. އެހެންވެ އިމިހްރޭޝަނުން އެދުނީ ހަމައެކަނި އިޒްރޭލް ޕާސްޕާޓުގައި އަންނަ މީހުން މަނާ ކުރުމަށެވެ.

އިމިގްރޭޝަންގެ ލަފައާ އެކު އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގެ އިއްތިފާގުން ފާސްކޮށްފައި ވަނީ ޑުއަލް ސިޓިޒަންޝިޕް އޮންނަ މީހުންނަށް ރާއްޖެ އެތެރެވުން މަނާ ނުކޮށް، ހަމައެކަނި އިޒްރޭލް ޕާސްޕޯޓުގައި އަންނަ މީހުން މަނާ ކުރާ ގޮތަށެވެ.

ކޮމެންޓް (1)

ތެފައާސާ.

15 އޭޕްރީލު 2025
މޮހޮނަށް އޮޑިދިން އުސޫލުން ކޮށްފައިއޮތްކަމެއް ދޯ؟؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް