ރައީސް މުހައްމަދު މުއިއްޒު (ފޮޓޯ/ރައީސް އޮފީސް)
ވަކާލާތު މިކުރަނީ ޕްރެފަރަންޝަލް ނިޒާމަކުން ވެރިއަކު ހޮވަން: ރައީސް
އެއް ބުރުން ރިޔާސީ އިންތިހާބު ނިންމައި ވެރިއަކު ހޮވާގޮތަށް ބަދަލު ގެނައުމުގައި މަސައްކަތްކުރައްވަނީ ޕްރެފަރަންޝަލް ވޯޓިން ނިޒާމެއްގެ ދަށުން އެކަން ކުރައްވަން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ވެރިއަކު ހޮވުމަށް މިހާރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ބުރު އުވާލުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އެގޮތުން:
-
ޕްރެފަރަންޝަލް ވޯޓިން ނިޒާމެއްގެ ދަށުން އެއް ބުރުން ރިޔާސީ އިންތިހާބު ނިންމުމަށް ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހު ގެނައުމުގައި ރައީސް ވަނީ ޕީއެންސީގެ މަޖިލިސް މެންބަރުންގެ ކިބައިން އެއްބާރުލެއްވުމަށް މިދިޔަ ބުދަ ދުވަހު އެދިވަޑައިގެންފައި
-
އެކަމަށް އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް މިއަހަރު ނެގުމަށް ވިސްނަވާކަން ރައީސް ވަނީ އެ ބައްދަލުވުމުގައި ހާމަކުރައްވާފައި
-
ސަރުކާރުގެ އެކްޓިވިސްޓުން ވަނީ ސޯޝަލް މީޑިއާގައި އެކަމާ ގުޅޭ ކެމްޕެއިނެއް ވެސް ފަށާފައި
ބުނީ ކީކޭ؟ - ޕްރެފަރަންޝަލް ވޯޓިން ނިޒާމެއްގެ ދަށުން ވެރިއަކު ހޮވުމަށް ތާއީދުކުރައްވާކަން ރައީސް ހާމަކުރެއްވީ އާންމުންނަށް ވަދެވޭގޮތަށް މިއަދު ހުޅުވި އެ މަނިކުފާނުގެ ރަސްމީ ވަޓްސްއެޕް ގުރޫޕުގަ އެވެ.
"އަޅުގަނޑު ވަކާލާތުކުރަމުން މިއަންނަ ވޯޓިން ނިޒާމަކީ ޕްރެފަރަންޝަލް ވޯޓިންގެ ނިޒާމު،" އިނގިރޭސިން ރައީސް އެ ގުރޫޕަށް ފޮނުއްވި މެސެޖުގައި ކުރުކޮށް ލިޔުއްވާފައިވެ އެވެ.
ޕްރެފަރަންޝަލް ވޯޓިން ނިޒަމަކީ ބައެއް ގައުމުތަކުގައި ވެސް މިހާރު ވެސް ވޯޓް ނަގާ ގޮތެކެވެ.
ޕްރެފެރެންޝަލް ވޯޓިން ހިނގާ ގޮތް:
-
ވޯޓު ދޭން ޖެހޭނީ ކުރިމަތިލާ ކެންޑިޑޭޓުން ރޭޓުކޮށްގެން؛ އެންމެ ބޮޑަށް ކަމުދާ ކެންޑިޑޭޓަކަށް އެކެއް، ދެން ކަމުދާ ކެންޑިޑޭޓަކަށް ދޭއް، ދެން ކަމުދާ ކެންޑިޑޭޓަކަށް ތިނެއް، މިފަދަ ގޮތަކަށް
-
50%އަށް ވުރެ ގިނަ މީހުން އެއް ކެންޑިޑޭޓަކަށް "އެކެއް"ގެ ރޭންކިންގައި ވޯޓު ދީފި ނަމަ، އެ ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ކުރެވޭނެ
-
50% މީހުން "އެކެއް" ރޭޓިން ދިން ކެންޑިޑޭޓެއް ނެތް ނަމަ ދެން ބަލާނީ "ދޭއް" ރޭޓިންއަށް؛ "ދޭއް ރޭޓިން ގުނަން ފަށާނީ "އެކެއް" ރޭޓިން މަދުން ލިބުނު ކެންޑިޑޭޓު ނުވަތަ އޭގެ ތެރެއިން ވަކި އަދަދެއްގެ ކެންޑިޑޭޓު ނުލާ
-
"ދޭއް" ރޭޓިންއަށް ފަހު ވެސް %50 ކެންޑިޑޭޓަކަށް ހަމަ ނުވާ ނަމަ، ކުރިން މި ފާހަގަ ކުރި އުސޫލުން ކުރިއަށް ދާނެ
އިތުރަށް ކިޔާލަން -
ފާހަގަކޮށްލެވޭ ކަމެއް - ރިޔާސީ އިންތިހާބުގެ ދެ ބުރު ބާއްވައިގެން ރައީސް ހޮވާ ގޮތަށް މިހާރު އޮންނަ ނިޒާމު ބަދަލުކުރަން ތާއިދު ކުރައްވާކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފަ އެވެ. ނަޝީދު ވިދާޅުވެފައި ވަނީ ޕްރެފަރަންޝަލް ވޯޓިން ނިޒާމެއްގެ ދަށުން ރިޔާސީ އިންތިހާބުގެ އެއްބުރު ބާއްވައިގެން ވެރިއަކު ހޮވަން ތާއީދު ކުރައްވާ ކަމަށެވެ.
ނަމަވެސް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ އެގޮތަށް ބަދަލުކުރަން ދެކޮޅުކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އިންތިހާބީ އިސްލާހެއް ގެނައުމުގެ ބަހާނާގައި ސަރުކާރުން އުޅެނީ ރައްޔިތުންގެ އަޑު ހަނިކުރަން ކަމަށެވެ.
ކޮމެންޓް (4)
ތެފައާސާ.
ހޮޅިރާޖާ
ގަސްރު
ތެފައާސާ.