ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)
އަބްދުއްރަހީމް މަޖިލީހުގެ ރައީސްކަމުން ދުރުކުރުމުގެ މަޝްވަރާތަކެއް ފަށައިފި
މަޖިލީހުގެ ރައީސްކަމުގެ މަގާމުން އަބްދުއްރަހީމް އަބްދުﷲ ވަކިކުރުމުގެ މަޝްވަރާތަކެއް، ވެރިކަން ކުރާ އަދި މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް އޮތް ޕީއެންސީގެ އިސްބޭފުޅުންގެ މެދުގައި ފަށާފައިވާކަން 'ދައުރު'އަށް އެނގިއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒާއި އަބްދުއްރަހީމްއާ ގުޅުން ގޯސްވެގެން އަޑުތަކެއް ފެތުރިފައިވާތާ ދުވަސްކޮޅެއް ވަނީ ވެފަ އެވެ. އެ ކަމަށް ބާރު ލިބެނީ، ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ކުއްލި ގޮތަކަށް މިއަދު ވަކިކުރެއްވުމާ ގުޅިގެންނެވެ. އަދި އެ ނިންމުމަށް ފަހު، އަބްދުއްރަހީމް ވެސް ވަނީ ދެ ބޭފުޅުންގެ ގުޅުން ގޯސްވެފައިވާކަން، މިއަދު 'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގައި އެއްބަސްވެވަޑައިގެންފަ އެވެ.
ތަފްސީލު - ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި، އަބްދުއްރަހީމް މަޖިލީހުގެ ރައީސް ކަމުން ވަކިކުރަން އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން އަދި ރަސްމީކޮށް ނިންމާފައެއް ނުވެ އެވެ. ނަމަވެސް އެފަދަ މަޝްވަރާތަކެއް މިހާރު ފަށާފައިވާކަން ބައެއް މެންބަރުން ކަށަވަރުކޮށްދެ އެވެ.
"އަދި ރަސްމީކޮށް ރައީސް ވެސް އަންގާފައެއް ނެތް ވަކި ގޮތަކަށް. އެކަމަކު އަބްދުއްރަހީމްއަށް ރައީސް އިތުބާރެއް މިހާރު ނެތް. އެކަން ވަރަށް ސާފު. މިހާރު ކަންކަން ގޮސްފައިވާ ހުރި ހިސާބުން ހިއެއް ނުވޭ މަގާމުގައި ބަހައްޓާނެހެން،" ޕީއެންސީގެ މެންބަރަކު ވިދާޅުވި އެވެ.
ޕީއެންސީގެ އެހެން މެންބަރަކު ވިދާޅުވި ގޮތުގައި، އަބްދުއްރަހީމް މަޖިލިސް ރައީސްކަމަށް ވަޑައިގެންނެވީ ވެސް ރައީސްގެ ނިންމެވުމަކުން އެ މަނިކުފާނުގެ ފުރިހަމަ އިތުބާރާ އެކު އެވެ. އެހެންކަމުން، އެ އިތުބާރު މިހާރު ގެއްލިފައިވުމުން، މާ ގިނަ ދުވަހެއް ނުވެ ފެންނާނީ މަގާމުން ވަކިކުރާ ތަން ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސްގެ އިތުބާރު އޮތް މީހަކަށް މަޖިލިސް ރައީސް ކަމުގައި ހުރެވޭނީ. އެއީ އެކަން އޮންނަން ޖެހޭނެ ގޮތަކީ ވެސް، އެކަން އޮންނާނެ ގޮތަކީ ވެސް. އެހެންވީމަ، އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވާ ނަމަ، އަބްދުއްރަހީމް ވަކިކުރާނެ،" އޭނާ ވިދާޅުވި އެވެ.
ފާހަގަކޮަށްލެވޭ ކަމެއް - މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ އިޖުރާއަތްތައް ބަޔާން ކުރަނީ މަޖިލީހުގެ ގަވައިދުގެ 227 ވަނަ މާއްދާގަ އެވެ. އެގޮތުން:
-
މަޖިލީހުގެ ރައީސް މަގާމުން ވަކިކުރަން މައްސަލަ ހުށަހަޅަން ޖެހެނީ މަދުވެގެން 24 މެންބަރުން ސޮއިކޮށް ގަރާރެއް ހުށަހަޅައިގެން
-
އެ ގަރާރު މަޖިލީހަށް ލިބޭތޭ ގިނަވެގެން ރަސްމީ ތިން ދުވަސް ތެރޭ 14 ދުވަހުގެ ނޯޓިސް އަމީންއާންމު މެންބަރުންނަށާއި މަޖިލީހުގެ ރައީސަށް ދޭން ޖެހޭ
-
އެ 14 ދުވަސް ދިނުމަށް ފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަކަށް އެ ގަރާރު ހުށަހަޅަން ޖެހޭ
މަޖިލިސް މިހާރު އޮތީ ޗުއްޓީގަ އެވެ. ޗުއްޓީއަށް ފަހު، މިއަހަރަށް މަޖިލިސް ހުޅުވާ ޖަލްސާ އޮތީ އަންނަ މަހު 6ގަ އެވެ. އެ ޖަލްސާގައި ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވާނެ އެވެ.
މަޖިލީހުގެ ގަވައިދު މިހާރު އޮތް ގޮތުން މިއަދު މަޖިލީހަށް މައްސަލަ ހުށަހެޅިއަސް، އެންމެ އަވަހަށް ވެސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ތާވަލު ކުރެވޭނީ އަންނަ މަހު ފަހުކޮޅަށެވެ.
ކޮމެންޓް (5)
ޓިނު ގަނޑެއް
ޚސކސކ
ސިކުނޑި
އަހުމަދު
ތެފައާސާ.