ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް. (ފައިލް ފޮޓޯ/އެމްއެމްޕީއާރުސީ)

ޓޫރިޒަމް މިނިސްޓަރު ފައިސަލް މަގާމުން ވަކިކުރައްވައިފި

ޓޫރިޒަމް މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ އިކޮނޮމިކް މިނިސްޓަރު ސައީދުއާ

ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ފައިސަލް، ރައީސް މުހައްމަދު މުއިއްޒު މިއަދު މަގާމުން ވަކިކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އެއާ އެކު، ޓޫރިޒަމް މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ އެވެ.

މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު މަގާމުން ވަކި ކުރެއްވީ ކީއްވެ ކަމެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ. ފައިސަލް ޓޫރިޒަމް މިނިސްޓަރަކަށް އައްޔަންކުރެއްވީ، ރައީސް މުއިއްޒު ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު 17 ނޮވެމްބަރު 2023ގަ އެވެ.

ތަފްސީލް - ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ފައިސަލް މިއަދު ވަކި ކުރެއްވި އިރު، އޭނާ ރަސްމީ ދަތުރުތައް ކުރުން ހުއްޓާލަން ރައީސް އޮފީހުން އެންގި ކަމަށް ބުނެ ވާހަކަ ދެކެވިފައިވެ އެވެ.

ފައިސަލް އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަން ކުރާ ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުންނެވެ.

ފާހަގަ ކުރެވޭ - ފައިސަލް މަގާމާ ހަވާލުވެވަޑައިގަތްތާ ކުރީކޮޅު އޭނާ ރަސްމިއްޔާތެއްގައި ދިން ތަގުރީރެއްގެ 'ފެންވަރާ މެދު' ސުވާލު އުފައްދައި އާންމުންގެ ފާޑުކިޔުން އަމާޒުވި އެވެ.

މީގެ އިތުރުން، ރާއްޖޭގެ އިގްތިސާދުގެ މައި ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ، އޭގެ ކުރިން މާ ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައި ނުވާ ފައިސަލްއާ ހަވާލުކުރުމުން ވެސް ފާޑުކިޔުން އަމާޒުވި އެވެ.

ކޮމެންޓް (5)

ފިނރުޓޭ

28 ޖެނުއަރީ 2025
މީ ފިނިފެންމާ ސައީދުގެ ރޭވުމެއް ކަމަށް ބެލެވެނީ! އެއީ މީނަ ފިސާރި ފައިސާދެކެ ލޯބިވާ މީހެއް! މީނާ އުޅެނީ ފިސާރި ފޯރި ނަގައިގެން އިނގޭ!
2 0

ހަސަން

28 ޖެނުއަރީ 2025
ތިޔަ ތަންވެސް ޒަމީރު އާއި ހަވާލުކޮށްލާ
3 0

ޓަޕްޕް

28 ޖެނުއަރީ 2025
އަބްދުއްލާ ގިޔާސް ލަާބަ ޕްލީސް
0 3

ސިކުނޑި

28 ޖެނުއަރީ 2025
ދެންވެސް ގާބިލު މީހަކު ތި މަގާމަށް އައްޔަން ކުރައްވާނެކަމަށް އުންމީދުކުރަން! ރައިސް އޮފީހުން މިވަރުގެ ކަންކަން ކުރައްވާއިރު ކުއްލިކުއްލިއަށް ކުރައްވާތީ ވަރަށްބޮޑަށް ކަންބޮޑުވޭ! ވަރަށް ބޮޑަށް ފާހަގަވޭ ހުރިހާ ސަރުކާރުތަކުންވެސް ކަންކަން ކުރަނީ ވައްކަމެއް ކުރާގޮތަށް! މިސަރުކާރުގެ ވަކީން އެބައި ބޮޑު!
4 0

ތެފައާސާ.

28 ޖެނުއަރީ 2025
އިނގިރޭސި ޓިއުޝަން ނަންގަވައި، މަގާމަށް ގާބިލްވެލެއްވި ހިސާބުން މިހެން ހެއްދެވީމާ ވަރަށް ދެރަ.
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް