މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތުގައި: ރައީސް މުއިއްޒު އާއި އަބްދުއްރަހީމްގެ ގުޅުން މިހާރު ވަނީ ގޯސްވެފައި (ފޮޓޯ/ މަޖިލިސް)

ފައިސަލް ވަކިކުރަން ޖެހޭ ސަބަބެއް ނެތް؛ ގުޅުން ރަނގަޅު ނަމަ މިކަމެއް ނުކުރާނެ: އަބްދުއްރަހީމް

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މިވެރިކަން ފެށުނުއިރު ރައީސް މުއިއްޒުއާ އޮތް ގާތްގުޅުމާއި އިތުބާރު އޮތް ނަމަ ފައިސަލް މަގާމުން ވަތްކެއް ނުކުރާނެ
28 ޖެނުއަރީ 2025
23

ޓޫރިޒަމް މިނިސްޓަރުކަމުން އިބްރާހިމް ފައިސަލް ވަކިކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ރައީސް މުހައްމަދު މުއިއްޒުއާ ގުޅުން ރަނގަޅު ނަމަ އެފަދަ ފިޔަވަޅެއް ރައީސް ނާޅުއްވާނޭ ކަމަށް ފައިސަލްގެ ބައްޕަ އަދި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

ތަފްސީލް - ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރެެއްވުމާ ގުޅިގެން 'ދައުރު'އިން މިއަދު ކުރި ސުވާލުތަކަކާ ގުޅިގެން މެލޭޝިޔާގައި ހުންނަވައި ފޯނުން ދެއްވި އިންޓަވިއުގައި އަބްދުއްރަހީމް ވިދާޅުވީ ފައިސަލް ވަޒީރު ކަމުގައި މިވީ ދުވަސްތަކުގައި ހިޔާނާތުގެ އެއްވެސް ކަމެއް އޭނާ ހިންގަވާފައި ނުވާ ކަމަށެވެ. އަދި ފައިސަލް ހާސިލްކުރަން ރައީސް ކަނޑައެޅުއްވި ލަނޑުދަނޑިތައް ވެސް ހާސިލްކުރައްވާފައިވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. 

ރައީސް މުއިއްޒުއާ ދެކޮޅަށް ފައިސަލް އެއްވެސް ކަމެއް ނުކުރައްވާނޭ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. 

"މިއީ ފައިސަލްގެ ވެސް ވަރަށް ބުރަ މަސައްކަތާއި ވަރަށް ބޮޑު ބައިވެރިވުމަކާ އެކު ގެނައި ވެރިކަމެއް މިއީ. އަނެއްކާ އޭނާއާ ގުޅޭ ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް [ގޯސް] ކަމެއް ފާހަގަވެފައެއް ނެތް. އެހެން ވީމާ ފައިސަލް ވަކިކުރަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ. 

މިވެރިކަން ފެށުނުއިރު [އަޅުގަނޑާއި ރައީސް މުއިއްޒުއާ އެކު] އޮތް ގާތްގުޅުމާއި އިތުބާރު އޮތް ނަމަ މިކަން މިގޮތަށް ނުހިނގާނެ.

އަބްދުއްރަހީމް އަބްދުﷲ / މަޖިލީހުގެ ރައީސް

ފައިސަލް ވަކިކުރުމަކީ "ވަރަށް ދެރަވަރުކޮށް" ކުރެއްވި ކަމެއްކަން ފާހަގަ ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އޭނާގެ ފަރާތުން ވެސް އަދި ފައިސަލްގެ ފަރާތުން ވެސް މި ސަރުކާރަށް އަދި ރައީސްއަށް ވެސް ދެރަވާނޭ އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ ކަމަށެވެ. އަދި ރައީސް ވިދާޅުވެ ކޮންމެ ކަމެއް ހަމަ އެގޮތަށް ކުރައްވަމުން ގެންދެވި ކަމަށް ވެސް އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ. 

"ވަރަށް ދެރަވަރުކޮށް މި ދިޔައީ. މިކަން މިގޮތަށް ބަދަލުވާން ޖެހޭ ސަބަބެއް ނޭނގޭ. އަޅުގަނޑުގެ ފަރާތަކުން ހަމަ ގައިމު ވެސް ނޯންނާނެ ރައީސުލްޖުމްހޫރިއްޔާއަށް ސަރުކާރަށް ދެރަވާނޭ، އަބުރަށް ހުތުރުވާނެ މިކަހަލަ އެއްވެސް ކަމެއް ހިނގާފައެއް ނޯންނާނެ. [ރައީސް] އެދިވަޑައިގެންނެވި ހުރިހާ ކަމެއް އެދިވަޑައިގެންނެވި ގޮތަކަށް އަޅުގަނޑު ވެސް ފައިސަލް ވެސް ކުރަމުން މި ދަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ. 

ރައީސް މުހައްމަދު މުއިއްޒު އެސްޓޯނިއާއިން މާލެ ވަޑައިގަތް ދުވަހު، މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެމަނިކުފާނާ ސަލާމް ކުރައްވަނީ - (ފޮޓޯ: ރައީސް އޮފީސް)

ފައިސަލް ސަރުކާރާ އެކު ހުންނަވާނެތޯ ސުވާލުކުރުމުން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގެ ވަޒީރުކަމުގައި ހުއްޓާ ކުއްލިއަކަށް އެގޮތަށް ވަކިކުރުމުން، "ފައިސަލްއެއް ދެން ސަރުކާރާ އެކު ނުހުންނަވާނޭ ނޫންތޯ" އެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ފައިސަލް ވަޒީރުކަމުން ވަކިކުރެއްވިކަން އަންގައި ރައީސް އޮފީހުން ސިޓީ ފޮނުވީ މިއަދު އޮފީހަށް ފައިސަލް ވަޑައިގަތް ފަހުންނެވެ. 

"އަޅުގަނޑަކަށް ވެސް މިވީ ގޮތެއް އެއްގޮތަކަށް ވެސް ނޭނގޭ. ފައިސަލް ގުޅުއްވާފައި ވިދާޅުވި ވަކިކުރައްވައިފިޔޭ ތިމަންނާ އޮފީހަށް އައިތަނުން،" ފައިސަލްއަށް ސަރުކާރުގެ އިތުރު މަގާމެއް ރައީސް ހުށަހެޅުއްވި ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވައި އަބްދުއްރަހީމް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އޭނާގެ ބައްޕަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމްއާ އެކު (ފޮޓޯ/ޓުވިޓާ)

ފައިސަލް ވަކިކުރި ސީދާ ސަބަބެއް އެނގިވަޑައި ނުގަންނަވާކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އޭގެ އެއް ސަބަބަކީ ސަރުކާރުގެ ތެރޭގައި ތިއްބެވި ބައެއް ބޭފުޅުން ރައީސް އަރިހު ފައިސަލްއާ މެދު ކުރައްވާ ޝަކުވާތަކަށް ވެދާނެ ކަމަށެވެ. ނަމަވެސް، އޭގެ އެއްވެސް ޝަކުވާއެއްގައި ހަގީގަތެއް ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އޭގެ ތަފްސީލަކަށް އޭނާ ވަޑައެއް ނުގެންނެވި އެވެ. 

ރައީސް މުއިއްޒާއި އަބްދުއްރަހީމްގެ ގުޅުމާ މެދު ސުވާލުކުރުމުން އޭނާ ވިދާޅުވީ، "އަޅުގަނޑާ ރައީސްއާ ދޭތެރޭ ގުޅުން ރަނގަޅު ނަަމަ މިކަން ނުހިނގާނެ" ކަމަށެވެ.

"މި ވެރިކަން ފެށުނުއިރު [ރައީސް މުއިއްޒުއާ އެކު] އޮތް ގާތްގުޅުމާއި އިތުބާރު އޮތް ނަމަ މިކަން މިގޮތަކަށް ނުހިނގާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ކޮމެންޓް (23)

ކޮބާ ހީވޭ.

29 ޖެނުއަރީ 2025
ނޭނގި ނަމަވެސް ތި ބުނެވެނީ ފައިސަލށް ވަޒީރު ކަން ލިބުނީ އަދުރޭއާ ރައީސްއާ އޮތް ގާތް ކަމަކުންނޭ.
3 1

ފަހުދު

28 ޖެނުއަރީ 2025
ދުނިޔެއަކީ މިކަހަލަ އެއްޗެކެވެ. މަގާމަކާ ނުލާ ފައިސަލަކީ އެއްވެސް މީހެއްނޫންކަން އޭނާއަށް މިއަދު މިހަފުތާ ތެރޭގައި އިހުސާސް ކުރެވޭނެއެވެ. ކުރިން ސަނާކިޔަމުން ފަހަތުން އުޅުނު މީހުން އެމީހުން ދަންނަ މީހަކަށްވެސް ނަހަދާނެވެއެވެ. އެޕޮއިންޓްމަންޓު ހޯދާށާއި ކޮފީތަކަށް ދާން މީހުން މިއަދަކު ނުގުޅާނެއެވެ. އެހެންކަމުން މަގާމެއް ލިބުމުން އެއްވެސް މީހަކު ގަދަބަސް ބުނެ ކުރިން އުޅުނު ނިކަމެތިގޮތް ހަނދާން ނައްތާ ނުލާށެވެ. އަބަދުވެސް ﷲ އަށް ޝުކުރުވެރިވާށެވެ. ﷲ ހަނދާން ކުރުމަތީ ދެމިހުންނާށެވެ.
4 1

އަހަންމާ

28 ޖެނުއަރީ 2025
ރައީސް ބުނި ކޮންމެމަކެއް އެބުނި ގޮތަކަށް ކުރުމުގެ ނަތީޖާ ތިޔަފެނުނީ. މީހެއްގެ ގޮތެއް ވެސް ހުންނަންވާނެ.
3 0

ހަސަންތަކުރުބެ

28 ޖެނުއަރީ 2025
އަހަރެން ހަމަ ދެބަފައިންނަށްވެސް ޢިޙްތިރާމް ކުރަން މުސްލިމުންނަށްވާތީ އާއި ދިވެހީންނަކީ އަޚްވަތްތެރިބަޔަކަށްވާތީ. ޢަދުރޭ ސިޔާސީ މައިދާނަށް ގެންނެވީ ރައީސް ޔާމީން. އެހެން ނަމަވެސް ރ.ޔާމީން ދޫކޮށް ރައީސް ޑރ. މުއިއްޒު އާއިގުޅި އެއްޕާޓީއެއްގެ ގޮތުގައި އޮތް ދެޕާޓީގޮވައިގެން ނިކުތީ އަދުރޭގެ ވަރަށް ރަގަޅު މަސައްކަތެއް. އެހެންނަމަވެސް ޕީޕީއެމްގެ މެމްބަރުންކޮޅު އޮފީހެއްހަދައި ސަރުކާރުގެ ހިޔަލެއްގައި ކަހާލުމަކީ ވަރަށް ލަދުހުތުރުކަމެއް. ދެބަފައިންނަކީވެސް ޢިލްމީގޮތުން ތިއްބެވި މަޤާމަށް ކުފޫހަމަވާ ބައެއްނޫން. ޓޫރިޒަމް މިނިސްޓަރީގެ ހިސްޓަރީ ގަޑުތައް ފަހަރަކު ސޮފްޙާއަކުން ބަލަމުން ދިޔައިމަ ފެންނާނެ އެންމެ ބަލިކަށީ ބޭފުޅަކީ ފައިސަލް. އިނގިރޭސިބަހުން އެއްޗެއްބުނަން ރަގަޅަށް ނޭގޭކަން އަމިއްލަފުޅަށް ދެނެވަޑައިގަންނަވަން ޖެހޭނެ! މަޖްލީހުގެ ރިޔާސަތުބަލަހައްޓަނީ ވޯޓަކުންހޮވޭ މީހަކަށްވާތީ ޢަބްދުއްރަހީމް ހުންނެވީ. ވަނަވަރުބަލައިގެން އަންނަނަމަ ނާދެވޭނެ.
5 2

ސިކުނޑި

28 ޖެނުއަރީ 2025
ފައިސަލްއަކީ އިޚްލާސްތެރި ރަނގަޅު މީހަކަށްވެދާނެ! އެކަމަކު ހަގީގަތުގައި ޓޫރިޒަމް މިނިސްޓަރަކަށް ކަމަކުނުދޭ! ހުރިހާވެސް މައްސަލައަކީ ތައުލީމާއި ތަޖުރިބާ! އަދުރޭއަށް އެކަން ބަލައި ނުގަނެވެނީ، އަމިއްލަ ދަރިއަކަށްވުމާއި އަދި ޚުދު އަދުރޭގެވެސް އެފެންވަރު ނެތުމުން! ތެދަށް ދަންނަވާނަމަ ދެބަފައިންނަކީވެސް ޒިންމާދާރު ވަޒީފާއެއް ދެވޭވަރުގެ ބައެއްނޫން! މައުމޫނުމެން ޔާމީނުމެން އަދުރޭމެން އެހެން ގެންގުޅުނީ ކަމެއްވެގެން! އެއްވެސް ހާލެއްގައި ޒާތީ ވެގެނެއްނޫން! ސިޔާސީގޮތުން ކިތަންމެ ހަންބޯވިޔަސް މި ހަގީގަތް ގަބޫލުކުރައްވަންވާނެ!!
12 1

ހިމާރުލްގައުމު

28 ޖެނުއަރީ 2025
މަޖާވާނީ މިރޭ އަދުރޭ ޕާޓީން ވަކި ކޮށްފިއްޔާ. އޭރުން ހުންނާނެ ހަތްގަޑިއިރުން ބަދަލުކުރި ގާނޫނުގެ ރަހަ ނިކަން ރަނގަޅަށް އަރުތެރޭ ލާފަ. ޕަކާސް.
7 1

އަހުމަދު

28 ޖެނުއަރީ 2025
އަދުރޭ އަށް ފެންނަގޮތުގަ ސަރުކާރަށް ގެއްލުން ނުވާނޭ ކަންކަމާ، ރައީސަށް ފެނިވަޑައިގަންނަވާގޮތުގައި ގެއްލުން ނުވާނޭ ކަންކަމުގަ ފަރަގެއް އުޅެނީ ކަންނޭނގެދޯ؟
6 0

ސަނައްޓޭ

28 ޖެނުއަރީ 2025
އަދި ޕާޓީންވެސް ވަކިކޮށްލާ ގޮނޑިވެސް ގެއްލުވާލާނެ. ހަނދާންވޭތަ އެންމެ ހަތަރު ގަޑިއިރުތެރޭ ބޮޑު ސިންގާ ގާނޫނު އަސާސީ އަކަށް އެ އިސްލާހު ގެނައިކަން. އަމިއްލައަށް ފޭހުނު އިލޮށިގަނޑު އަމިއްލަ ލޮލަށް ހެރޭކަށް މާ ގިނަ ދުވަހެއް އޮތްހެން ހިއެއް ނުވޭ
2 1

ބާބޫ

28 ޖެނުއަރީ 2025
ކުރިން އަދުރޭއަކީ ރޯލް މޮޑެލް. މިއަދު ތިޔަ އެރީ އަދުރޭގެ ކަރަށް ފައިން. ސަރުކާރުގެ އެންމެ ފެންހިފޭ، ހީވާގި. މުރާލި ނަތީޖާ ނެރެދެއްވި ވަޒީރު ނަގާ ހުރާލީއެވެ. ރައީސްގެ ތިހިރަ ވިސްނުމަށް ސާބަހެވެ. ތިޔަ ކެވޭނީ ބައިކުޅިއެވެ.
5 7

އަދުރޭ ފޭން

28 ޖެނުއަރީ 2025
ނަގޫ ގޮއްޖެހި، އަމިއްލައަށް ފައިން އަރާ ހިސާބަށް ކަންކަން ދަނީއެ. ދައްކަވަން ހުރިތަނެއް ދައްކަވާނެއެވެ. ކުޅިމަޖާ ފެށެނީއެވެ. ކުރިން ރައީސް ޑރ.މުޢިއްޒަށް ގަޅިއުކަމުން އައީ ބޭރުންނެވެ. ދެން އެތެރެއިން ވެސް ގަޅިގަނޑު ގަނޑު އަންނާނެކަން ދަންނަންވާނެއެވެ. އަދުރޭ ފަދަ ސިޔާސީ މުކައްރަބެއްގެ އިންފާރަށް އަރާ ތިޔަ ކުޅެވުނީ ނުބައިކުޅިއެކޭ ހާދަ ހީވެއެވެ...
6 3

ސުހާ

28 ޖެނުއަރީ 2025
@އަދުރޭ ފޭން "މުކައްރަބު" އަކީ ކޮން އެއްޗެއް، ކޮއްކޯ؟ އެހެން މީހުން ކިޔާއުޅޭ އަޑު އިވެނީ "މުރައްކަބު".
1 0

އަނެކާ

28 ޖެނުއަރީ 2025
ތިޔަ އަނެއްކާ ނިމުމެއްގެ ފެށުންބާ؟ "ކޮންމެ ވިދުވަރަކަށް ގުގުރި އެއް"
4 0

ފިނރުޓޭ

28 ޖެނުއަރީ 2025
އަދުރޭ 2028 ގަ ނުކުންނަން އުޅޭތީ ކުރި ކަމެއް ކަމަށް ބެލެވެނީ އިނގޭ!
9 1

އަހްމަދު

28 ޖެނުއަރީ 2025
އަބްދުއްރަހީމު އެހެލާފަ ހުރިތާ އެތައް ދުވަހެއް ވެއްޖެ. ބުނަން ބޭނުން ނުވިޔަސް މިކަން މިހެން ހިނގާނެކަން އަބދުއްރަހީމަށް މާކުރިން އެނގޭނެ.
22 0

ވެއްޖެ

28 ޖެނުއަރީ 2025
ޔާމީން އެދޭގޮތައް ގައުމު ހިންގަން ފެށުމުގެ ކުލަވަރު ތިފެނުނީ
8 2

ހިމާރުލްގައުމު

28 ޖެނުއަރީ 2025
އަދުއްކޯ، ޅެންބަހުން އެއްޗެއް ބުރުވޭލެބަލަ މުއިއްޒަށް
15 1

ފުދިއްޖެ ފުނޑިއްޖެ

28 ޖެނުއަރީ 2025
31 ގެ ކުރީން މާލެ ވަޑައިގެން ޖަޑިބު ހެއްދެވިގެން ދިދަ ހިއްޕަވައިގެން ކުރީ ސަފުގައި ނިކުންނަވާ!!!!
10 2

ތެފައާސާ.

28 ޖެނުއަރީ 2025
މި ރާއްޖޭގެ ވެރިކަމަށް އަންނަ މީހުންގެ ވަފާތެރިކަމާއި އަރިސްކަން އަބަދުވެސް އޮންނަނީ ވެރިކަމަށާއި އާރާއި ބާރާއި ނުފޫޒާއި ފައިސާއަށް. ރައްޔިތުންނަކީވެސް އަދި ވަށައިގެން ތިބޭ އަރިސް ބޭކަލުންނަކީވެސް ތިމާ ބޭނުންވާ ހަރުފަތާއި ހަމައަށް އަންނަން ބޭނުންކުރާ ގާބުރިއަކަށް އޮންނަނީ ވެފައި. މީގެ ކުރީގެ ވެރިކަންތަކުގައިވެސް ފެންނައޮތީ މި ތަން. މި ވެރިކަމުގައިވެސް ފެންނަމުންމިދަނީ ހަމަ މި ތަން. މުއިއްޒު ވަކި ތަފާތެއް ވާނޭކަމަށް، މާ މާތް މީހަކަށް ހަދައިގެން އުޅުނު މީހުންނަށް މި މަންޒަރު މިއަދު ސާފު ވާނޭކަމަށް ހީކުރަން.
19 3

ރައްޔިތުމީހާ

28 ޖެނުއަރީ 2025
އެތެރެކޯލު ތޮޅިލައިފި. ވެރިކަން ހިންގުމުގެ ބާރު އޮތީ ކަރުތާފެނުގައިކަން ޔަޤީން. މުޢިޒު އެދެން ދާނީ ޔާމީނު ގާތައް. އެމަންޒަރު ވަރަށް ސާފުކޮށް އެބަ ފެނޭ!!!
14 2

އިސްކުރު

28 ޖެނުއަރީ 2025
@ރައްޔިތުމީހާ ޔާމީނު ގާތައްދަނީ ހުރިހާ ވަޒީރުން ކޮށާމަށާފައިތަ؟ ގަބޫލު ނުކުރިޔަސް ކުރި ތުރާތަކުގެ ތެރެއިންވެސް ރައްޔިތުން އެންމެ ފުދިގެންތިބީ ޔާމީނުގެ ވެރިކަމުގައެވެ. ޑޮލަރުގެ ކަޅުބާޒާރު 19 ރ އަށްހުރި ޑޮލަރު 61.15 އަށް ތިރިކުރި މިޙަޤީގަތް ބޮޑުފޮއްޓަށްލާ ތަޅުލިޔަސް ނުފޮރުވޭ ނެއެވެ. ނުކާވެރިޔަކު ނިކަން ދައްކަބަލަ. ވެރިކަންކުރި މީހުންގެ ތެރެއިން.
6 1

ސުހާނާ

29 ޖެނުއަރީ 2025
@އިސްކުރު 19 ރުފިޔާއަށް ހުރި ޑޮލަރު 61.15 ރުފިޔާއަށް އެރީމައި އަގު އެ ތިރިވީޔޭ؟ 61.15 ރުފިޔާ (ފަސްދޮޅަސް އެއް ރުފިޔާ ފަނަރަ ލާރި) އަށް ޑޮލަރުގެ އަގު ރާއްޖޭގައި އެރީ ކޮން އިރަކު؟
1 0

ހުސެން ހިތަދޫ

28 ޖެނުއަރީ 2025
ވައްކަން ނުކުރުމަކީ ބޮޑު ކުށެއް. އެހެންވެ ހެން ހީވަނީ ތި އެއްލާލީ
11 3

ހސޖސޖަ

28 ޖެނުއަރީ 2025
ޔާމީނަށް އޭރުވެސް ނުބެވިނަމަ މުއިއްޒު ރުއްސަން! މިހާރު ދެމީދާ ފެހި ބުޅަލަށް ތިޔަ ވެވުނީ!
20 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް