22 މެއި 2024: މަޖިލީހުގެ ރައީސް ކަމަށް ރައީސް މުއިއްޒު ހުށަހެޅުއްވީ އަބްދުއްރަހީމް ރައީސަކަށް ނާއިބަކަށް ނާޒިމް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫދް ޖުނައިދް)

މަޖިލީހުގެ ރައީސްކަމަށް އަބްދުއްރަހީމް އަދި ނައިބަކަށް ނާޒިމްގެ ނަން ހުށަހަޅަން ނިންމައިފި

އެ މަގާމުތަކަށް އެ ބޭފުޅުން ހަމަޖައްސަން ޕީޖީ ބައްދަލުވުމަށް ހުށަހެޅުއްވީ ރައީސް މުހައްމަދު މުއިއްޒު

އަންނަ އަންގާރަ ދުވަހު ހުވާކުރާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވެރިކަން ކުރާ އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕާޓީ، ޕީއެންސީގެ ފަރާތުން ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަދި ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ނާޒިމްގެ ނަން ހުށަހަޅަން ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު ހަވީރު މުލިއާގޭގައި ބޭއްވި ރައީސް މުހައްމަދު މުއިއްޒު ރިޔާސަތު ބެލެހެއްޓެއްވި ޕީއެންސީގެ އިންތިހާބީ ޕާލިމަންޓްރީ ގްރޫޕުގެ ބައްދަލުވުމަށް ފަހު އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް މީޑިއާތަކަށް ވިދާޅުވި ގޮތުގައި މިއަދުގެ ބައްދަލުވުމުން ނިންމީ: 

  • މަޖިލީހުގެ ރައީސްކަމަށް އަބްދުއްރަހީމްގެ ނަން ހުށަހަޅަން 

  • ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު ނާޒިމްގެ ނަން ހުށަހަޅަން 

ތަފްސީލް - މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި ނިންމާފައި ވަނީ: 

  • ޕީޖީ ލީޑަރު ކަމަށް އިނގުރައިދޫ ދާއިރާގެ އިންތިހާބީ މެންބަރު އިބްރާހިމް ފަލާހު ހަމަޖެއްސުމަށް

ޕީއެންސީގެ ޕީޖީ ލީޑަރަކަށް ހަމަޖެއްސި އިނގުރައިދޫ ދާއިރާގެ އިންތިހާބީ މެންބަރު ފަލާހު

ޕީޖީ ގްރޫޕްގެ ހަތަރު ނައިބު ލީޑަރުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ: 

  • 1-

    ހުޅުދޫ ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު ޝާހިދު (ޝާޑު)

  • 2-

    ވިލިމާލެ ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު އިސްމާއިލް 

  • 3-

    މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް)

  • 4-

    ބާރަށު ދާއިރާގެ އިންތިހާބީ މެންބަރު އިބްރާހިމް ޝުޖާއު 

ޕީއެންސީގެ ޕީޖީގެ ނައިބު ލީޑަރުންގެ ގޮތުގައި ހަމަޖެއްސެވި ބޭފުޅުން (ކ-ވ)، ޝާހިދު، މުހައްމަދު އިސްމާއިލް، ތޯރިގު އަދި ޝުޖާއު

މިއަދުގެ ބައްދަލުވުމުގައި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީގެ މުގައްރިރުގެ ގޮތުގައި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ހަމަޖެއްސުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.

ފާހަގަކޮށްލެވޭ - އެ ހުރިހާ ނަންތަކެއް ވެސް ޕީޖީ ބައްދަލުވުމަށް ހުށަހެޅުއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ. 

އެނގުން މުހިންމު - މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ހޮވުން އޮންނާނީ އަންނަ އަންގާރަ ދުވަހު އާ މަޖިލިސް ހުވާކުރުމަށް ބާއްވާ ޖަލްސާއަށް ފަހު ހަމަ އެ ދުވަހު އެވެ. 

ކޮމެންޓް (1)

ފަރު

22 މޭ 2024
ގާބިލް މެމްބަރުން ތިއްބާ އަދުރޭ ޚިޔާރުކުރުމަކީ ވަރަށް ދެރަކަމެއް
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް